ހާލަތު ގޯހުން ގޯހަށް: އިތުރު 2137 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2137 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1219 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 547 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 89 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކަނޑު އުޅަނދު ފަހަރުން ހަތަރު މީހުން އިއްޔެ މި ބައްޔަށް ފައްސިވެފައި ވެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 278 މީހުން އިއްޔެ ފައްސިވެފައިވެއެވެ.

މިއީ ޓެސްޓުކުރި 7171 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އެހެންކަމުން އިއްޔެ ފައްސިވެފައި ވަނީ ޓެސްޓުކުރި މީހުންގެ ތެރެއިން 29.80 އިންސައްތަ މީހުންނެވެ.

ކަންމިހެން އޮތުމާއެކު، މިއަދަކީ މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ އިންސައްތަ އެންމެ މައްޗަށް ދިޔަ ދުވަހެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 108،732 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 98،880 މީހުންނެވެ. ބަލި ޖެހިފައިވާ 43 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދެއެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 265 މީހުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، މި މަސް ނިމިގެންދާއިރު ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ބެލެވޭކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ އިބްރާހީމް އަފްޒަލް ވެސް ވަނީ ވިދާޅުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް