ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް އިފްތިތާޙުކޮށްފި

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި މި ޕްރޮޖެކްޓް ނައިބު ރައީސް ފައިސަލް ނަސީމު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެންމެ ފުރަތަމަ މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ރަށެއްގައެވެ. އެއީ ހދ. ކުރިނބީ، ނ.ކުޑަފަރި، ވ.ކެޔޮދޫ އަދި ވ.ފެލިދޫއެވެ. އެގޮތުން މި 4 ރަށުގެ ކައުންސިލްގެ ފަރާތުންވެސް ރޭ ވަނީ މި ޕްރޮޖެކްޓުގެ ކޮމިޓްމެންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެވަޑައިގެންނެވި މި […]

ނ.މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީއިން ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުނަފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަމީން މުޙައްމަދެވެ. މިނިސްޓްރީއިން ބުނި ގޮތުގައި 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ، 365 ދުވަހުގެ ތެރޭގައި އެއް ފަންގިފިލާއަށް ޢިމާރާތް ކުރާގޮތަށް ހަމަޖެހިފައިވާ މިސްކިތެކެވެ. ދިވެހި ދައުލަތުން 15.7 މިލިއަން […]

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދާ ރާޖަޕަކްޝާ ދުރުކުރުން ގާތް!

މާލަސްތެކެއް ނުވެ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖާޕަކްސާ މަޤާމާއި ދުރަށް ޖެހިވަޑައިގަތުން މަޖުބޫރުވެއްޖެ ކަމުގައި އެ ގައުމުގެ ”ޑެއިލީ މިރާރ“ ބުނެފިއެވެ. މިގޮތަށް ނިންމުމުގެ ފުރުސަތު ބޮޑުވެފައިވަނީ، ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އުފެއްދުމަށް ގައުމުގައި ކުރަމުން ގެންދާ މުޒާހަރާތައް ނިމުމަކަށް ގެނެވެން އޮތީ އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ގޮޓަބަޔާ ރާޖާޕަކްސާ މަގާމުން ދުރުވެގެން ކަމުގައި ވާތީއެވެ. އެގޮތުގެމަތިން ކުރެވުނު މަޝްވަރާތަކުގައި އެދެބޭފުޅުންވެސް އެކަމަށް މަގުފަހަކޮށްދެއްވާނެ ކަމަށް ކޯލިޝަން އޮޕަޒިޝަނުން ބުނެއެވެ. މި […]

ޔޫކްރޭން މައްސަލަ: ޗައިނާއިން އަޅަމުން ދަނީ މިނިވަން ފިޔަވަޅުތަކެއް

ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ބެއިޖިންއިން އަޅަމުން ދަނީ ”މިނިވަން“ ފިޔަވަޅުތަކެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު ޒަހައޯ ލިޖިއަން ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު ދެއްވި އިންޒާރުތަކަކާ ގުޅިގެންނެވެ. ޔޫކްރެއިންގެ މައްސަލައިގައި ޗައިނާއިން އަބަދުވެސް ގޮތް ނިންމާފައި ވާނީ ވަރަށް ވިސްނުންތެރި ކަމާއެކު ލިބޭނެ ފައިދާއަށް ރިޢާޔަތް ކޮށްފައި ކަމަށާއި އަދި ހުށަހަޅާފައި ވާނީ މިނިވަން ޚިޔާލުތަކެއް […]

ޤާސިމްގެ މަރުގެ މައްސަލަ: އަދަބު ލުއިކޮށްދެވޭކަށް ނެތް

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑުރައިވަރު ޤާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަދުހަމް މުޙައްމަދު (ފޮޓޯ) ޝަރީއަތުގައި އިއުތިރާފުވީ ނަމަވެސް އަދަބު ލުއި ކޮށްދެވެން ނެތް ކަމަށް ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމެވީ މައްސަލައާ އަލަށް ހަވާލުވެލެއްވި ގާޒީ އަލީ ނަދީމެވެ. ޓެކްސީ ދަތުރެއް ކޮށްދެނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހަމަލާ ދިނުމަށްފަހު ޤާސިމް މަރަލާފައި ވަނީ ހުޅުމަލޭގައެވެ. މި މައްސަލައާ ގުޅިގެން އޭގެ 15 ދުވަސް […]

ރަޝިޔާ އާއި ޔޫކްރޭން އާ ދެމެދު އިތުރު ބައްދަލުވުމެއް!

ރަޝިޔާއިން ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ގަބޫލުކޮށް ޢަސްކަރީ ސިފައިން ޔޫކުރޭނަށް ފޮނުވުމާއެކު، އެ ސަރަހައްދުގެ މަސްރަހު ހޫނުވެ ފެށިފައިވާ ހަނގުރާމަ އާއި ގުޅިގެން ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރު މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް އުޅުއްވާ ޑޭވިޑް އަރާހަމިޔާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭ ރަޝިއާ އާއި ޔޫކްރެއިންއާ […]

ޔޫކްރެއިންގައި ތިބި ދިވެހިން އެ ގައުމުގެ ބޯޑަރު ހުރަސްކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއެކު ޔޫކްރޭންގައި ވަނީ ނުރައްކާތެރި ހަނގުރާމައެއް ފެށިފައެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޔޫކްރޭނުގައި ތާށިވެފައި ތިބި ނުވަ ދިވެހިން މިހާރު ވަނީ ހަންގޭރީގެ ބޯޑަރު ހުރަސްކޮށް ރައްކާތެރި ހިސާބުތަކަށް ގެނެވިފައެވެ. އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ޚާރްކީވްގައި ތިބި އަށް ދިވެހިންނާއި ނީޕްރޯގައި ހުރި ދިވެއްސެއް ވަނީ މިއަދު ހަންގަރީގެ ބޯޑަރު […]

ކޮވިޑް 19: އަދަދުތައް މަޑުމަޑުން ދަށަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 463 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 29 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 382 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 21 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 31 މީހުން އިއްޔެ ފައްސިވެފައިވެއެވެ. މިއީ ޓެސްޓުކުރި 2804 މީހުންގެ ތެރެއިން […]

ރަޝިޔާ އިން ޔޫކްރެއިންއަށް އެރުން: ގެއްލުން ބޮޑު ހަނގުރާމައަކަށް ވެގެންދާނެ

ރަޝިޔާއިން ޔޫކްރެއިން އަށް އަމާޒުކޮށް ހަމަލާދޭން މިދިޔަ ބުދަ ދުވަހު ތައްޔާރުވެފައި ވުމާ ގުޅިގެން، ޔޫކްރެއިންގެ ރައިސް ވޮލޮޑިމީރް ޒެލެންސްކީ ގައުމާ މުޚާޠަބު ކުރައްވާފައިވެއެވެ. ”ރަޝިއަން ފެޑަރޭޝަންގެ ރައީސާއި އަހަރެން މިއަދު ފޯނުން ގުޅައިގެން ވާހަކަ ދެއްކިން. ޖަވާބަކަށް ވީ ހަނުހުރުން. އެހެންނަމަވެސް އަސްލު ހަނު ހުންނަން ޖެހޭނީ ޑޮންބަސް. އެހެންވެ، އަހަރެން މިއަދު ރަޝިއާގެ ރައްޔިތުންނާ މުޚާޠަބު ކުރަން ބޭނުންވަނީ. ރައީސެއްގެ ހައިސިއްޔަތަކުން ނޫން. ނަމަވެސް ޔޫކުރެއިންގެ ރައްޔިތެއްގެ ހައިސިއްޔަތުން. ސަރަހައްދުގެ 2000 ކިލޯމީޓަރަށް ވުރެ […]

އަފުޣާނިސްތާނުގައި ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ މަރުވެއްޖެ

އަފްޣާނިސްތާނުގެ ޒާބުލް ޕްރޮވިންސްގެ އަވަށެއްގައި ހުރި ފުން ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ ހައިދަރު މަރުވެއްޖެއެވެ. އަލްޖަޒީރާއިން މިއަދު ޚަބަރުދިން ގޮތުގައި އުމުރުން 5 އަހަރުގެ ހައިދަރު ސަލާމަތް ކުރުމަށް ކުރި ބުރަ މަސައްކަތް ތަކުން އެނގުނު ގޮތުގައި މިއަދު ހެނދުނުވެސް އެ ކުއްޖާގެ ފުރާނަ ހުއްޓެވެ. ނަމަވެސް އޭގެ ފަހުން ޠާލިބާނުން ހިންގާ ދާހިލީ ވުޒާރާގެ ސީނިއާ އެޑްވައިޒަރު އަނަސް ހަކްނީ ކުރެއްވި ޓްވީޓެއްގައި ވަނީ ކުއްޖާގެ މަރުގެ ޚަބަރު ހިއްސާކޮށްފައެވެ. ރެސްކިއު އޮފިޝަލުން ބުނިގޮތުގައި ހައިދަރު […]