ޔޫކްރެއިންގައި ތިބި ދިވެހިން އެ ގައުމުގެ ބޯޑަރު ހުރަސްކޮށްފި

Facebook
Twitter
WhatsApp
TOPSHOT-UKRAINE-RUSSIA-CONFLICT

މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއެކު ޔޫކްރޭންގައި ވަނީ ނުރައްކާތެރި ހަނގުރާމައެއް ފެށިފައެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޔޫކްރޭނުގައި ތާށިވެފައި ތިބި ނުވަ ދިވެހިން މިހާރު ވަނީ ހަންގޭރީގެ ބޯޑަރު ހުރަސްކޮށް ރައްކާތެރި ހިސާބުތަކަށް ގެނެވިފައެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ޚާރްކީވްގައި ތިބި އަށް ދިވެހިންނާއި ނީޕްރޯގައި ހުރި ދިވެއްސެއް ވަނީ މިއަދު ހަންގަރީގެ ބޯޑަރު ހުރަސްކޮށްފައެވެ.

އަދި އެ ދިވެހިން ރައްކާތެރި ކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ހަނގުރާމަ ފެށުނުއިރު، ޔޫކްރެއިންގައި 50 ދިވެހިން ތިބި ނަމަވެސް މިއަދު ހަންގަރީ އަށް ގެންދެވުނު ނުވަ ދިވެހިން ފިޔަވައި ބާކީ ތިބި މީހުން ރާއްޖެ ވަނީ ގެނެސްފައެވެ.

ޔޫކްރޭނަށް ރަޝިޔާއިން ދެމުން ގެންދާ ހަމަލާތަކުގައި އިންޑިއާގެ ދަރިވަރަކު ވަނީ މަރުވެފައެވެ. ހަނގުރާމައިގެ ނުރައްކާ ބޮޑުވަމުންދާތީ ޔޫކްރޭނުގައި ތިބި ބޭރު ގައުމުތަކުގެ ހުރިހާ ކިޔަވާ ކުދީން ޔޫކްރޭނުން ބޭލުމަށް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް