ރަޝިޔާ އާއި ޔޫކްރޭން އާ ދެމެދު އިތުރު ބައްދަލުވުމެއް!

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ގަބޫލުކޮށް ޢަސްކަރީ ސިފައިން ޔޫކުރޭނަށް ފޮނުވުމާއެކު، އެ ސަރަހައްދުގެ މަސްރަހު ހޫނުވެ ފެށިފައިވާ ހަނގުރާމަ އާއި ގުޅިގެން ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރު މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް އުޅުއްވާ ޑޭވިޑް އަރާހަމިޔާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭ

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފެށިފައިވާ ހަނގުރާމައިގައި ޔޫކްރެއިންއަށް ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ރަޝިޔާއިން ޔޫކްރެއިނުގެ އެކި ތަންތަނަށް ރޮކެޓް ހަމަލާ އާއި ކްރޫޒް މަސައިލްތައް ފުލުފުލުގައި ފޮނުވަމުންދާއިރު، އެ ހަމަލާ ތަކުގައި އަނިޔާވެ، މަރުވަމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ.

މަޝްވަރާ ބައްދަލުވުމުގައި ޔޫކްރެއިން އިން ހުށަހަޅަނީ ރަޝިޔާގެ ސިފައިން އެގައުމުން ފައިބައި، ހަނގުރާމަ ހުއްޓާލުމަށެވެ.

ނަމަވެސް ރަޝިޔާއިން ތިން ޝަރުޠެއް ކުރެއެވެ. އެ ގޮތުން އެމީހުން ވަނީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ދެކުނު ސަރަހައްދު، ކްރީމިއާއަކީ ރަޝިޔާގެ ބިމެއް ކަމަށް ޔޫކްރޭނުން އިއުތިރާފުވާން ޝަރުޠު ކޮށްފައެވެ. އަދި ރަޝިޔާގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޔޫކްރޭނުގައި ހިންގާ ހަރަކާތްތައް ހުއްޓާލައި، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޔޫކްރޭނުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް ރަޝިޔާއިން ޝަރުޠު ކޮށްފައިވެއެވެ.

މީގެ ކުރިން ރަޝިޔާއާއި ޔޫކްރޭންއާ ދެމެދު އިތުރު ދެ ބައްދަލުމުން ބޭއްވި ނަމަވެސް ދެ ބައްދަލުވުންވެސް ނިމިފައިވަނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް