ނ.މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

Loading

Facebook
Twitter
WhatsApp

މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީއިން ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުނަފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަމީން މުޙައްމަދެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ، 365 ދުވަހުގެ ތެރޭގައި އެއް ފަންގިފިލާއަށް ޢިމާރާތް ކުރާގޮތަށް ހަމަޖެހިފައިވާ މިސްކިތެކެވެ.

ދިވެހި ދައުލަތުން 15.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތުގައި ފާޚާނާ، ވުޟޫކުރާ ބައި އަދި މުންނާރެއް ހުންނާނެއެވެ. ހަމަ އެހެނެމެ، އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުގައި ހަމަޖެހިފައި ވާނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނި ގޮތުގައި މި މިސްކިތް ޢިމާރާތްކުރަން ނިންމީ މިވަގުތު ނ. މަނަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުންނެވެ.

މިއީ 2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް