ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދާ ރާޖަޕަކްޝާ ދުރުކުރުން ގާތް!

Loading

Facebook
Twitter
WhatsApp

މާލަސްތެކެއް ނުވެ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖާޕަކްސާ މަޤާމާއި ދުރަށް ޖެހިވަޑައިގަތުން މަޖުބޫރުވެއްޖެ ކަމުގައި އެ ގައުމުގެ ”ޑެއިލީ މިރާރ“ ބުނެފިއެވެ. މިގޮތަށް ނިންމުމުގެ ފުރުސަތު ބޮޑުވެފައިވަނީ، ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އުފެއްދުމަށް ގައުމުގައި ކުރަމުން ގެންދާ މުޒާހަރާތައް ނިމުމަކަށް ގެނެވެން އޮތީ އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ގޮޓަބަޔާ ރާޖާޕަކްސާ މަގާމުން ދުރުވެގެން ކަމުގައި ވާތީއެވެ. އެގޮތުގެމަތިން ކުރެވުނު މަޝްވަރާތަކުގައި އެދެބޭފުޅުންވެސް އެކަމަށް މަގުފަހަކޮށްދެއްވާނެ ކަމަށް ކޯލިޝަން އޮޕަޒިޝަނުން ބުނެއެވެ.

މި ގޮތުން 11 ޕާޓީއެއްގެ މެމްބަރުން ހިމެނޭ ބައްދަލުވުމެއް ބާއްވާފައި ވާއިރު، މި ބައްދަލުވުމުގައި، ޤައުމުގައި ސިޔާސީ ހަމަޖެހުން ނިމުމަކަށް ގެނައުމަށް މިހާރުން މިހާރަށް ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އުފައްދައި އާ ބޮޑުވަޒީރެއް އައްޔަނު ކުރަން ޖެހޭކަމަށް ބަޔާކޮށް މެމްބަރުންވަނީ ޕްރޮޕޯޒަލެއް ހުށަހަޅާފައެވެ.

މިކަމާއި ގުޅިގެން މަހިންދާއާއި ގޮޓަބަޔާގެ ފަރާތުންވެސް ލިބިގެންދިޔައީ އެދެވޭ ޖަވާބުތަކެއްކަމަށްވެސް ޚަބަރުލިބެއެވެ.

ކޮލޮމްބޯއިން ޚަބަރުތައް ބުނާގޮތުގައި އާ ބޮޑު ވަޒީރަކަށް ހޮވުމަށް ދިނެޝް ގުނަވަރދަނާގެ ނަން ހުށަހަޅާފައިވެއެވެ. ނަމަވެސް މިކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

އަދި އިދިކޮޅުގެ މައި (އެސްޖޭބީ) ފަޅިން، މިހާރު ހުންނެވި ފިނޭންސް މިނިސްޓަރު ރާޖަޕަކްޝާގެ އަނެއް ކޮއްކޯފުޅުބާސިލް ރާޖާޕަކްސާގެ ބަދަލުގައި ހަރްޝާ ދޭ ސިލްވާ އައްޔަނުކުރުމަށް ގެނަން ހުށަހަޅާފައިވެއެވެ. ލަންކާގައި ކާބޯތަކެތި އިމްޕޯޓް ނުކުރެވި ކައްކާގޭސް އާއި ފިއުލް ތެލުގެ ދަތިކަންޖެހި ގައުމުގެ ދަރަނިބޮޑުވެ ރައްޔަތުން މަގުމަތިވެފައިވާތާ އެތައްދުވަހަކަށްފަހު އެގައުމުގެ ރައްޔަތުން ކުރަންފެށި މުޒާހަރާ ދިގުލައި މިއަދު މިވަނީ ކާރިއުވެސް ހިންގާފައެވެ. ކާފިއު ހިންގިނަމަވެސް މިޒާހަރާގެ ބައިވެރިން މަގުތައްހުސްކޮށް އަމާންދީފައެއް ނުވެއެވެ.

ކައްކާ ގޭސް އާއި ތެލުގެ ދަތިކަމާއި ކާޑުގެ ބާވަތްތައް ހުސްވެ ލަންކާގެ މީހުންވަނީ ވަރަށް ޙަލުގައިޖެހިފައެވެ. އެގޮތުން މިހާރު ދުވާލަކު 15 ގަޑިއިރު ކަރަންޓުވެސް ކަޑާލާކަމަށް ޚަބަރުލިބެއެވެ.

 

Loading

3 Responses

  1. ތިޔައިން އެއްވެސް ރާޖަޕަކްސައެއް މަޤާމުން އިސްތިޢުފާއެއް ނުދޭނެ.
    ވެރިކަމަށް ބޫތުކައިފަތިބި ޢާއިލާއެއްތީ.
    މަހިންދަ
    ގޮތަބަޔާ
    ބާސިލް
    ނަމަލް
    ޗަމަލް
    ޝަޝީންދްރާ

  2. ޕާޓީ ސިސްޓަމެއްގެ ތެރެއިން މުޅި ފެމިލީ ވެރިކަމަށް ސަވާރުވެ ބައިއަޅައި ކޮވިޑްގެ ބަލިހާލަތުންވެސް ވައްކަންކޮށް ގައުމު ފުޑާލީއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. ސިންގަޕޯރަށްވުރެ 100 ބައި ރަނގަޅު ގައުމެއް ކަރަޕްޝަނާއި ފަސާދަޔާއި ހުރެ ޑިވެލޮޕްނުވެވި ފުނޑުނީއެވެ. ދިވެހިންގެ ނަސީބަކީ 5 ލައްކަވަރަކަށް މީހުން އުޅޭތީއެވެ. އެނޫންނަމަ ލަންކާއަށްވުރެ ޙާލަތު ގޯސްވީހެވެ. އިރާދަފުޅުން ދިވެހިގައުމު އެފަދަގޮތަކަށް ނުދާހުށްޓެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް