ޔޫކްރޭން މައްސަލަ: ޗައިނާއިން އަޅަމުން ދަނީ މިނިވަން ފިޔަވަޅުތަކެއް

Facebook
Twitter
WhatsApp
Xi Jinping, Vladimir Putin

ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ބެއިޖިންއިން އަޅަމުން ދަނީ “މިނިވަން” ފިޔަވަޅުތަކެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު ޒަހައޯ ލިޖިއަން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު ދެއްވި އިންޒާރުތަކަކާ ގުޅިގެންނެވެ.

ޔޫކްރެއިންގެ މައްސަލައިގައި ޗައިނާއިން އަބަދުވެސް ގޮތް ނިންމާފައި ވާނީ ވަރަށް ވިސްނުންތެރި ކަމާއެކު ލިބޭނެ ފައިދާއަށް ރިޢާޔަތް ކޮށްފައި ކަމަށާއި އަދި ހުށަހަޅާފައި ވާނީ މިނިވަން ޚިޔާލުތަކެއް ކަމުގައި ލިޖިއަން ވިދާޅުވިއެވެ. މީގެ އިތުރުން ވޮޝިންޓަނުން ދެމުންދާ އިންޒާރުތަކާއި ކުރިމަތިކުރުވަމުންދާ ފިއްތުންތަކާއި ގުޅިގެން ބެއިޖިންއިން ގޮތް ދޫ ނުކުރާނެ ކަމުގައިވެސް ޗައިނާގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޗައިނާއިން ތިބި ހިސާބާމެދު އެމެރިކާގެ ބައެއް އޮފިޝަލުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި އޭނާ ފާހަގަކުރައްވާފައި ވެއެވެ.

ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއަށް ވަނީ ޔުކްރެއިންގެ ހާލަތާ ގުޅޭގޮތުން އެމެރިކާގެ ރޯލަކީ ކޮބައިކަން ބަލަންޖެހިފައެވެ. އެގޮތުން، ލިޖިއަން ވަނީ އިތުރަށް މައްސަލަ ގޯސް ކުރުމުގެ ބަދަލުގައި މިހާލަތުން އަރައިގަތުމަށްޓަކައި ނެގެން ހުރި ފިޔަވަޅުތައް ނަގައި މައްސަލަ ހައްލުކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ.

 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް