ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް އިފްތިތާޙުކޮށްފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި މި ޕްރޮޖެކްޓް ނައިބު ރައީސް ފައިސަލް ނަސީމު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

އެންމެ ފުރަތަމަ މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ރަށެއްގައެވެ. އެއީ ހދ. ކުރިނބީ، ނ.ކުޑަފަރި، ވ.ކެޔޮދޫ އަދި ވ.ފެލިދޫއެވެ. އެގޮތުން މި 4 ރަށުގެ ކައުންސިލްގެ ފަރާތުންވެސް ރޭ ވަނީ މި ޕްރޮޖެކްޓުގެ ކޮމިޓްމެންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވަނީ ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީ އިފްތިތާޙު ކޮށްދެއްވާފައެވެ. އަދި ހަމައެއާއެކު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތި ޢަލީ ވަނީ އިންޓަރ ސްކޫލް އާޓް އަދި ކުރުވާހަކަ ލިޔުމުގެ މުބާރާތް އިފްތިތާޙު ކޮށްދެއްވާފައެވެ.

މި ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކޮށް ،ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވެ، ހަށި ހެޔޮ، ދުޅަ ހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް