އަފުޣާނިސްތާނުގައި ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ ޒާބުލް ޕްރޮވިންސްގެ އަވަށެއްގައި ހުރި ފުން ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ ހައިދަރު މަރުވެއްޖެއެވެ.

އަލްޖަޒީރާއިން މިއަދު ޚަބަރުދިން ގޮތުގައި އުމުރުން 5 އަހަރުގެ ހައިދަރު ސަލާމަތް ކުރުމަށް ކުރި ބުރަ މަސައްކަތް ތަކުން އެނގުނު ގޮތުގައި މިއަދު ހެނދުނުވެސް އެ ކުއްޖާގެ ފުރާނަ ހުއްޓެވެ. ނަމަވެސް އޭގެ ފަހުން ޠާލިބާނުން ހިންގާ ދާހިލީ ވުޒާރާގެ ސީނިއާ އެޑްވައިޒަރު އަނަސް ހަކްނީ ކުރެއްވި ޓްވީޓެއްގައި ވަނީ ކުއްޖާގެ މަރުގެ ޚަބަރު ހިއްސާކޮށްފައެވެ.

ރެސްކިއު އޮފިޝަލުން ބުނިގޮތުގައި ހައިދަރު ވެއްޓިފައިވަނީ 25 މީޓަރު (80 ފޫޓު) ގެ ވަޅަކަށެވެ. ނަމަވެސް ތާށިވެފައި ހުރުމުން 10 ވަރަކަށް މީޓަރަށް އެ ކުއްޖާ ދަމައިގަތް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ހައިދަރުގެ ކާފަ އާއި ހަވާލާދީ ބޭރުގެ މީޑިޔާތަކުން މަޢުލޫމާތު ދިން ގޮތުގައި ހައިދަރު ވަޅަށް ވެއްޓުނީ އެ އަވަށުގައި ބަޔަކު ވަޅެއް ކޮންނަން ”އެހީތެރިވާން“ އުޅެނިކޮށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް