މާފިލާ ފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެންގޮސް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން މިއަދު ބުނީ މާފިލާފުށިން، މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ، މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް، މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ކޯސް – 2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން، މާލެއަށް ދަތުރުކުރި އެއް ލޯންޗު، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
މިގޮތުން އެ ލޯންޗު ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައިކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
![]()
