ރާއްޖޭގައި އިތުރު ކޮމަރޝަލް ބޭންކިންގެ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސާއި އޮޕަރޭޝަނަލް އެޕްރޫވަލް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފިއެވެ.
އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނުގައިވާ ބުނެފައިވަނީ، ރާއްޖޭގައި އިތުރު ބޭންކެއް އޮޕަރޭޓް ކުރުމަށް ޕްރިމިއަރ ބޭންކްގެ ނަމުގައި ލައިސަންސް ދީފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން ކަނޑައެޅި ޝަރުތުތައް އެ ފަރާތުން ފުރިހަމަވެފައިވާ ކަމަށެވެ. ދެވުނު ހުއްދައިގެ ދަށުން ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަސް އަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތައް ގެނެސް މިއަދު، ލައިސަންސް ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.އެމްއެމްއޭއިން ބުނެފާވަނީ ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ބޭންކިން ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ މަގުސަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށެވެ.
![]()
