ކޮވިޑް-19: އަދަދުތައް ނުރައްކާތެރި ދަރަޖައަކަށް މައްޗަށް!

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2349 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1325 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 681 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 54 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 289 މީހުން އިއްޔެ ފައްސިވެފައިވެއެވެ.

މިއީ ޓެސްޓުކުރި 7574 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އެހެންކަމުން ދިވެހިރާއްޖެއިން ކޮވިޑު ބަލި ފެނުނު ފަހުން ވެސް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އިއްޔެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 114،977 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 101،660 މީހުންނެވެ. ބަލި ޖެހިފައިވާ 48 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދެއެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 269 މީހުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، މި މަސް ނިމިގެންދާއިރު ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ބެލެވޭކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވެސް ވަނީ ވިދާޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް