އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައަޅަނީ

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުނެގުން ބާއްވާނެ ތާރީޚެއް ނިންމަން އެމްޑީޕީން ތާވަލު ކޮށްފިއެވެ. ތާރީޚު ކަނޑައަޅަން ނިންމާފައިވަނީ މިރޭ އޮންނަ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ގައުމީ މަޖިލީހުގެ މެމްބަރުންނަށް ފޮނުވާފައިވާ އެޖެންޑާގައި ވާގޮތުން ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އިސްކަންދަރު ސްކޫލުގައެވެ. މި ޖަލްސާގައި ފަސް އިންތިޚާބެއް ބޭއްވުމާ މެދު މަޝްވަރާކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ރިޔާސީ ޕްރައިމަރީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބު، ޗެއާޕާސަންގެ އިންތިޚާބު،އަންހެނުންގެ ރޫހުގެ އިންތިޚާބުގެ އިތުރަށް ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ތާރީޚު ކަނޑައެޅުމަށް ހަމަޖެހިފައި ވެއެވެ.

މިއީ މިދިޔަ އަހަރު ގައުމީ މަޖިލިސް އަލުން އިންތިޚާބު ކުރި ފަހުން ބާއްވާ، އެންމެ މުހިއްމު ކަންތައްތައް އެޖެންޑާ ކޮށްފައިވާ ޖަލްސާއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް