ކޮވިޑުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑުވެއްޖެ: އިތުރު 1420 މީހުން ބައްޔަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 1420 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 826 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 346 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 84 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އިއްޔެގެ ނަތީޖާތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 105،001 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 97،730 މީހުންނެވެ. ބަލި ޖެހިފައިވާ 32 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާއިރު، މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 6993 މީހުންނެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 265 މީހުންނެވެ.

މިއީ ޓެސްޓުކުރި 6456 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އޭގެ ތެރެއިން މާލެއިން ނަގާފައިވަނީ 3439 ސުންކެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ މިންވަރު މިހާރު ހުރީ 24 އިންސައްތައިގައެވެ.

ނުރައްކާތެރި ދަރަޖައަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، އިތުރު ރާޅެއް އަރާފާނެކަމުގެ ނުރައްކާތެރި ރަނގަބީލުތައް ރާއްޖޭގެ ހުރިހާ ދިމާއަކުން ދަނީ ޖެހެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކުރޮން އެވެ. މި ވޭރިއަންޓުގައި ވޭދަނަތައް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ކޮވިޑުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް