ކޮވިޑް-19 އިން ދިފާއުވުމަށް މެލޭޝިޔާ އާއި ބުރުނާއީން އިތުރު ފިޔަވަޅުތަކެއް!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިނުވާނަމަ، މެލޭޝިޔާއާއި ބުރުނާއީއާ ދެމެދު ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި މި އެއްބަސް ވުމަކީ އިސްތަނާ ނޫރުލް އީމާންގައި، ބުރުނާއީގެ ސުލްޠާން، ޙަސަނަލް ބުލްޤިއާއާ ދެމެދު ކުރެވުނު މަޝްވަރާ ތަކުގެ ނަތީޖާއެވެ.

ބޮޑުވަޒީރު އިސްމާޢީލް ސަބްރީ ނެރުއްވި ބަޔާނެއްގައި ވާގޮތުން، ކޮންމެ ހަފްތާއަކުވެސް ކުއަލާ ލަމްޕޫރް އާއި ބަންޑަރ ސެރީ ބެގަވާންއާ ދެމެދު ދަތުރުކުރާ ހަތަރު ފްލައިޓެއްގެ އޮޕަރޭޝަންތައް ބަލައި ޗެކުކުރުމަށް ވަނީ ނިންމާފައެވެ. އަދި މިކަންކަން ބަލަހައްޓާނީ ވެކްސިނޭޓެޑް ޓްރަވަލް ލޭން (ވީޓީއެލް) އިން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ބުރުނާއީއިން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި ވުމާއެކު، މިވަގުތު ކުއަލާ ލަމްޕޫރް އާއި ބަންޑަރ ސެރީ ބެގަވާންއާ ދެމެދު އޮންނަނީ ހަފުތާއަކު ދެ ފްލައިޓެވެ. އެގޮތުން މި ދަތުރުތައް އޮންނަނީ ބުދަ އަދި ހުކުރު ދުވަހުއެވެ.

މެލޭޝިޔާ އާއި ސިންގަޕޯރާ ދެމެދުވެސް ވަނީ މިފަދަ އިންތިޒާމުތަކެއް ހަމަޖެހިފައެވެ.

ވީޓީއެލް އިން މި މަސައްކަތް ފަށާނެ ވަކި ތާރީޚެއް ހާމަކޮށްފައި ނުވާއިރު، މިކަމުގެ ތަފްސީލުތައް އަދި ދަނީ މުރާޖާ ކުރެވެމުން ކަމުގައި ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

ކަންމިހެން އޮތްއިރު، ދެ ޤައުމުގެ ސަރުކާރުންވެސް ވަނީ ކޮވިޑް-19 ގެ ކޮންޓެކްޓު ޓްރޭސިންގ އާއި މިކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށް ދިނުމުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެ، ކޮވިޑް-19ގެ ވެކްސިން އުފައްދައި ފުރިހަމަ ކުރުމުގައި އެއްބާރުލުން ދިނުމަށް ނިންމާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް