ކޮވިޑް 19: ރާއްޖެއިން އިތުރު 2707 މީހުން ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2707 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1420 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 761 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 94 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 429 މީހުން އިއްޔެ ފައްސިވެފައިވެއެވެ.

މިއީ ޓެސްޓުކުރި 7681 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އެހެންކަމުން އިއްޔެ ފައްސިވެފައި ވަނީ ބައްޔަށް ޓެސްޓުކުރި މީހުންގެ ތެރެއިން 35.24 އިންސައްތަ މީހުންނެވެ. އޭގެތެރެއިން 4273 މީހުން ޓެސްޓުކޮށްފައިވަނީ މާލެއިންނެވެ. އެހެން ކަމުން މާލެއިން ފައްސިވެފައިނީ 33 އިންސައްތަ މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 120،168 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 104،164 މީހުންނެވެ. ބަލި ޖެހިފައިވާ 52 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދެއެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 270 މީހުންނެވެ. މި ބަލި ފެނުނު ފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިއްޔެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް