ކޮވިޑްގެ ހާލަތު ވަރަށް ގޯސް: އިތުރު 1594 މީހުން ބައްޔަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 1594 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 857 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 438 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 118 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކަނޑު އުޅަނދު ފަހަރުން ދެމީހުން މި ބައްޔަށް އިއްޔެ ފައްސިވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 106،595 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 98،238 މީހުންނެވެ. ބަލި ޖެހިފައިވާ 40 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދެއެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 265 މީހުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، މި މަސް ނިމިގެންދާއިރު ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މަތިވެގެން ދާނެކަމަށް ބެލެވޭކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކުރޮން އެވެ. މި ވޭރިއަންޓުގައި ވޭދަނަތައް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ކޮވިޑުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް