އިތުރު 816 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

އިތުރު 816 މީހުން ފައްސިވެ، ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވް ކޭސް ތަކުގެ އަދަދު 100،000 އަށް ވުރެ މައްޗަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 816 މީހުން ވަނީ އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 413 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 249 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 92 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން […]

އިތުރު 593 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 593 މީހުން ވަނީ އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 199 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 197 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 124 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިއާއެކު ރާއްޖޭއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 99،099 އަކަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހުންނަކީ […]

ދެން ލައިސަންސް ލިބޭނީ ޑްރައިވިން ސްކޫލަކަށް ދިއުމުން: ޓްރާންސްޕޯޓް މިނިސްޓްރީ

ޑްރައިވިން ސްކޫލަކަށް ގޮސްގެން ނޫނީ ލައިސެންސް ނުލިބޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ނަގާ ތިއަރީ ޓެސްޓާއި، ޑްރައިވިންގ ޓެސްޓު ފުރިހަމަ ކުރުމުން މީގެ ކުރިން، ލައިސަންސް ލިބުނު ނަމަވެސް ޑްރައިވިންގ ސްކޫލުގެ ޤަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކު ލައިސެންސް ނެގުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޑްރައިވިން ސްކޫލު ހިންގުމާއި އެ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޤަވާއިދަށް ބަދަލުގެނެސް ޓްރާސްޕޯޓު މިނިސްޓްރީއިން ނެރުނު ބަޔާނުގައިވާ ގޮތުން ރާއްޖޭގައި އެއްގަމު އުޅަނދެއް […]

ނަރުސް މީހާ މަރާލި، މާވިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

އައިޖީއެމްއެޗްގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ. ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން މާވިންގެ ބަންދާމެދު ގޮތެއް ނިންމަން ދެން ހާޒިރުކުރަން ޖެހޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ކުރައްވާ ގާޒީއެއްގެ ކުރިމައްޗަށެވެ. އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި […]

ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދު  ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، މޫސާ ފަތުޙީގެ ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހުއެވެ. އެމްޑީޕީއިން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗު ކުރުމަށް އެޕާޓީއިން ބާއްވާ ޖަލްސާގައި […]

މާވިން އާއި ލަމްހާގެ މައްޗަށް ދަޢުވާ އުފުލައި މައްސަލަ ކުރިމިނަލް ކޯޓަށް!

އައިޖީއެމްއެޗް ގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ޕީޖީއިން މާވިން އާއި ލަމްހާގެ މައްޗަށް ދަޢުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މާވިން އާއި ލަމްހާގެ މައްޗަށް ޕީޖީއިން ދަޢުވާކޮށްފައި ވަނީ ދުރާލައި ރާވައިގެން އޮކްޓޯބަރު 21، 2021 ގައި މޭރީ ދިރިއުޅެމުންދިޔަ މއ. އުދުހޭ ކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައެވެ. އޮކްޓޯބަރު […]

ނަރުސް ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި!

އައިޖީއެމް އެޗް ގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެސް ލަމްހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ. އެހެންކަމުން މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. ޅ.ހިންނަވަރަށް […]

‏ކޮވިޑްގެ ބަލިމަޑުކަން އިތުރަށް ގޯސްވަމުން ދަނީ ‏

ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވެ،  ބައްޔަށް ފައްސިވެގެން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރާ އަދަދު އެއް މިލިޔަނަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ މި ބަލި ފެނުނު ފަހުން ފައްސިވާ އަދަދު އެންމެ މައްޗަށް ދިޔަ ފަހަރު ކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ. އަލަށް ފެނުނު އޮމިކްރޯން ވޭރިއަންޓް ހިމެނޭ ގޮތުން މިހާރު އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހެއް […]

‏ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދަ އިޒްރޭލުން ދީފި‏

ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކޮވިޑް ނަވާރައިގެ ދެވަނަ ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދަ އިޒްރޭލުގެ އިސް ސިއްހީ އޮފިޝަލުން ދީފިއެވެ. ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒަކުން އޮމިކޮރޯން ވޭރިއަންޓުގެ އަސަރު ކުޑަކުރެވޭތޯ ޓެސްޓުކުރުމަށް ޓަކައި މިދިޔަ ހޯމަ ދުވަހު އިޒުރޭލުގެ ހޮސްޕިޓަލެއްގެ ހެލްތު ވޯކަރުން ހިމެނޭ ގުރޫޕަކަށް ވަނީ ވެކްސިން ޖަހާފައެވެ. ކޮވިޑް ނަވާރައިގެ ބަލިމަޑުކަން އިތުރަށް ގޯސްވެ، ބައްޔަށް ފައްސިވެގެން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރާ އަދަދު އެއް މިލިޔަނަށްވުރެ މައްޗަށް […]

ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ޚާއްޞަކޮށް އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށް އެޅި ވަގުތީ މިސްކިތް ހުޅުވައިފިއެވެ. މަސްޖިދުލް އަބޫ ބަކްރިއްސިއްދީޤް ނަމަކަށް ކިޔާ މި މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ މި މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވައިދެއްވާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު އަލީއެވެ. މިނިސްޓްރީއިން ބުނި ގޮތުގައި މި މިސްކިތުގައި އަންހެނުންނަށް […]