‏ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދަ އިޒްރޭލުން ދީފި‏

Loading

Facebook
Twitter
WhatsApp

ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކޮވިޑް ނަވާރައިގެ ދެވަނަ ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދަ އިޒްރޭލުގެ އިސް ސިއްހީ އޮފިޝަލުން ދީފިއެވެ.

ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒަކުން އޮމިކޮރޯން ވޭރިއަންޓުގެ އަސަރު ކުޑަކުރެވޭތޯ ޓެސްޓުކުރުމަށް ޓަކައި މިދިޔަ ހޯމަ ދުވަހު އިޒުރޭލުގެ ހޮސްޕިޓަލެއްގެ ހެލްތު ވޯކަރުން ހިމެނޭ ގުރޫޕަކަށް ވަނީ ވެކްސިން ޖަހާފައެވެ.

ކޮވިޑް ނަވާރައިގެ ބަލިމަޑުކަން އިތުރަށް ގޯސްވެ، ބައްޔަށް ފައްސިވެގެން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރާ އަދަދު އެއް މިލިޔަނަށްވުރެ މައްޗަށް އަރާފައި ވާއިރު، މިއީ 2020 ވަނަ އަހަރުގެ މާރޗް މަހު މި ބަލި ފެނުނު ފަހުން ފައްސިވާ އަދަދު އެންމެ މައްޗަށް ދިޔަ ފަހަރު ކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.

އަލަށް ފެނުނު އޮމިކްރޯން ވޭރިއަންޓް ހިމެނޭ ގޮތުން މިހާރު އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ކޮންޓެކްޓް ޓްރޭސިން އާއި ކޮވިޑް ނަވާރައިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުޔެއް ދިންފަހުން އޮސްޓްރޭލިޔާއިން ވެސް ފައްސިވާ އަދަދު ރެކޯޑް އަދަދަކަށް އިތުރު ވެފައި ވާކަމުގައި މިދިޔަ ބުރާސްފަތި ދުވަހު މަޢުލޫމާތު ލިބިފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް