ހުރްމުޒް ކަނޑުއޮޅި ސަރަހައްދަށް މިހާރު ބޮން އެޅުމުގެ ބޭނުމެއް ނެތް

Loading

Facebook
Twitter
WhatsApp

ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަށް އެމެރިކާއިން ބޮން އެޅުން ހުއްޓާލަން މެދުއިރުމަތީގައި ހުންނަ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ މަޝްވަރާދީފިއެވެ.

ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަށް އެމެރިކާއިން ބޮން އެޅުމުގެ ބޭނުމެއް މިހާރު ނެތްކަމަށާއި ބޭނުންވީ ލަނޑުދަނޑިއަށް ވާސިލު ވެވިއްޖެކަން ދޭހަވާ މޭރުމަކުން މެދުއިރުމަތީގައި ހުންނަ އެމެރިކާ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ހާމަކޮށްފައިވާކަން ނިއެސް މެކްސް އިން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުން އީރާނުގެ ހަމަލާތައް މީގެފަހުން އައުމުގެ ފުރުސަތު ނޯންނާނެކަމަށްވެސް އެޑްމިލަރްގެ ބަޔާނުގައި ބުނެފައިވެއެވެ. އެޑްމިރަލް ކޫޕަރގެ މި މަޝްވަރާގެ ސަބަބުން އީރާނަށް އިތުރު ހަމަލާ ދިނުން ވަގުތީގޮތުން ހުއްޓާލުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށްވެސް މަގުފަހިވެގެން ހިނގައްޖެ ކަމަށް އެކްސިއޯސްގެ ޚަބަރުގައި ބުނެފައިވެއެވެ. 28 ފެބްރުއަރީގައި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި އެޕިކް ފިއުރީ ހަނގުރާމައިގެ އަމާޒުކަމަށް ކަނޑައަޅާފައިވާ އީރާނުގެ މިލިޓްރީ ބާރުގެ %20 ނައްތާލުމަށް ހަނގުރާމަ ފަށަންވީ ވަގުތު ޖެހިއްޖެކަމަށްވެސްއެޑްމިރަލްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުޑަގޮތަކަށް ބޮންއަޅައިގެން ދިގުދަންމާލުމުގެ ބޭނުމެއް މިހާރު ނެތްކަމަށްވެސް ބުނެފައިވެއެވެ. އެޑްމިރަލް ކޫޕަރގެ ބަޔާނާދޭތެރޭ ސުވާލުކުރުމުން ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ކެޕްޓަން ޓިމް ހައުކިންސް އިޚްތިޔާރު ކޮށްފައިވަނީ އަނގަބަންދުކޮށްގެން ހުރުމަށެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދަށް ހަމަލާދިނުން ވަގުތީ ގޮތުން ހުއްޓާލަން ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ނިންމަވާފައި ވަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި އަދި މިލިޓްރީ އިސް ވެރިންނާއެކު މަޝްވަރާކުރުމަށްފަހުގައެވެ.
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު އަނެއްކާވެސް ސިޔާސީގޮތުން މަގެއް ފެނޭތޯ ބެއްލެވުމުގެ ވިސްނުންފުޅެއް ރައީސް ޓްރަމްޕް ގެންގުޅުއްވާތާ ހަފުތާއެއްހާ ދުވަސް ވެއްޖެކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ކިޔާދީފައިވެއެވެ. ހަމަލާތައް މެދުކަނޑާލަން ނިންމި ސަބަބުތަކުގެ ތެރޭގައި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުން އެމެރިކާގެ މިލިޓްރީގައި ހަތިޔާރު މަދުވުމުން ނިކުމެދާނެ ނުރަނގަޅު ނަތީޖާއަށްވެސް ވަނީ ރިއާޔަތްކޮށްފައެވެ. ބޭނުންކުރެވެންހުރި އެއާރ ޑިފެންސް އިންޓަރސެޕްޓަރތައް މަދުވުމުގެ ސަބަބުން މިލިޓްރީއަށް ލިބިފައިވާ ގާބިލުކަން ކުޑަވެގެންދިއުމާއި އަދި އީރާނުގެ ހަމަލާތައް އެމެރިކާގެ ބައިވެރިންގެ މައްޗަށް އިތުރުވެގެންދާ މި ވަގުތުގައި ވަރަށް ދެރަގޮތްތަކެއްވެސް ދިމާވެދާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް އަށާއި އަދި ދިޕާއީ ވަޒީރު ޕީޓް ހެގްސެތުއަށް ޖޮއިންޓް ޗީފްސް އޮފް ސްޓާފް އަދި އެއާރފޯސްގެ ޖެނެރަލް ޑެން ކެއިން ދީފައިކަންވެސް ވަނީ ހާމަވެފައެވެ. ޗެއާރމަންގެ މި އިންޒާރާބެހޭގޮތުން މައުލޫމާތު ސާފުކުރަން އެދުމުން މައްސަލައިގެ ހައްސާސް ކަމާހުރެ އަދި ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށާއި ސިޔާސީ ގޮތުން އަނެއްކާވެސް މަގެއް ފެނޭތޯ ބަލން މަސައްކަތްކުރެވެމުންދާތީ ވާހަކަދައްކަން އިންކާރުކޮށްފާކަން އެކްސިއޯސް އިން ބުނެފައިވެއެވެ.
ހަނގުރާމައިގާ އެމެރިކާ ސިފައިންނަށް ލިބުނު ގެއްލުންތަކުގެ އަޕްޑޭޓް ޕެންޓަގަނުން މިދިޔަ ހޮނިހިރު ދުވަހު އާންމު ކޮށްފައިވާއިރު އީރާނުގެ ހަމަލާގައި ދާދިފަހުން މަރުވި ހަތަރު ސިފައިންގެ އިތުރުން 140 ސިފައިން ޒަޚަމް ވެފައިވާކަން ހާމަކޮށްފިއެވެ. ޑިފެންސް ކެސުއަލްޓީ އެނަލަސިސް ސިސްޓަމް ( ޑީކާސް ) އިން ހާމަކޮށްފައިވާގޮތުގައި ފެބޮރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެޕިކް ފިއުރީގައި މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެ 624 މީހުންވަނީ ޒަޚަމް ވެފައެވެ. މިދިޔަ ހަފުތާގައި ސީ އެން އެން އިން ހާމަކޮށްފައިވަނީ 482 ސިފައިން ޒަޚަމް ވެފައިވާކަމަށެވެ. މި ބަދަލުތައް އިއުލާންކޮށްފައިވަނީ ސެނޭޓުގެ އާރމްޑް ސަރވިސްގައި ހިމެނޭ ޑިމޮކްރެޓުންގެ 12 ގާނޫނީ ބޭފުޅުން ދިފާއީ ވަޒީރު ޕީޓް ހެގްސެތު އަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީއަކާ ގުޅިގެންކަމަށް ބެލެވެއެވެ. ކުރިން ހާމަކުރި އަދަދުގައި ޒަޚަމްވީ ސިފައިންގެ އަދަދު މަދުވެފައިވަނީ އެހާތަނަށް ލިބިފައިވަނީ އެ އަދަދުކަމަށް ވީތީއެވެ. ދިފާއީ ވުޒާރާގެ ވަގުތީ ތަރުޖަމާނު ޖޯއެލް ވަލްޑޭޒް ބުނެފައިވެއެވެ.
ޖުލައި މަހުގެ 7 ވަނަ ދުވަހުންފެށިގެން ހަމަލާތައް ވަރުގަދަ ވެފައިވާއިރު ކަމާބެހޭ އެއްވެސް ޑޭޓާއެއް ޑީކާސްގެ ސައިޓުން ފެންނާކަށް ނެތެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް