އެދެމީހުންގެ ވާހަކަ ހީވަނީ ބޮލީވުޑްގެ ފިލްމެއް ހެންނެވެ.
މީނާ އަދި މިނާލް އަކީ މިއަދު އުމުރުން ސާޅީހުގެއަހަރުތައް ގުނަމުންދާ ދެއަންހެނުންނެވެ. އެދެމީހުންނަކީ އިންޑިޔާގެ މުމްބާއީގެ ދެއޯފަނޭޖަކުން ނަގައިގެން ނެދަލަންޑްސްގެ ތަފާތު ދެއާއިލާ އަކުން އެޑޮޕްޓް ކުރި ދެކުދިންނެވެ. ދެމީހުންވެސް އެޑޮޕްޓް ކުރީ އުމުރުން ދެތިން ހަތަރު މަހުގައި ކަމަށް ވެއެވެ.
ދެމީހުން ފުރަތަމަ ބައްދަލް ވީ އެޑޮޕްޝަން އޭޖެންސީގެ ފަރާތުން އެޑޮޕްޓް ކުރެވުނު ކުދިންނަށް ބޭއްވި ބައްދަލް ވުމަކުންނެވެ.އޭރު ދެމީހުންގެ އުމުން ތޭރަ ސާދަ އެވަރެވެ. މިހާރު އުމުރުން 43 އަހަރުގެ މީނާ ބުނި ގޮތުގައި އެދުވަސް އޭނާ ރީތިކޮން ހަންދާން ހުރެއެވެ.އެޑޮޕްޓް ކުރެވުނު ހުރިހާކުދިންގެ މެދުގައި އެކުވެރި ރަހުމަތްތެރި ކަމެއް އުފެއްދުމަށް ހިއްވަރު ދިނުމަށް ބޭއްވި ބައްދަލް ވުމުގައި މީނާ އާއި މިނާލްގެ ސިފަ އާއި އުޅޭ ގޮތް ގޮތްތައް އެއްގޮތް ކަމުން އެންމެންނަށް އެކަން ފާހަގަވެގެން އެވާހަކަ ދެއްކި ކަމަށް މީނާ ބުންޏެވެ.
ދެމީހުން އެއްގޮތްކަން އޭނާއަށްވެސް ފާހަގަ ވުމަށްފަހު އަބަދު މިނާލް އަށް ބެލުނު ކަމަށް މީނާ ކިޔާދިނެވެ.މޫނުމަތީގެ ސިފަ އާއި ހޭނ ގޮތާއި މިފަދަ ކަންކަންވެސް އެއްގޮތްކަމުންނެވެ. އެތަނުން ބައްދަލް ވުމަށްފަހު ދެމީހުން ފޯނު ނަމްބަރާ އެޑްރެސް ބަދަލު ކޮށް ރައްޓެހިކަން ކުރިޔަށް ގެންދިއުމަށް އެއްބަސްވިކަމަށް ވެއެވެ.އޭރު ދެމީހުން އެކަކު އަނެކަކަށް ސިޓީ ލިޔާއިރު ”ސިސް“ ޖަހަމުން އައީ އަސްލު ”ސިސްޓަރސް“ ކަން އެނގިގެން ނޫނެވެ.މިގޮތުގައި ރައްޓެހިކަން ކުރިޔަށް ގޮސް ބެސްޓް ފްރެންޑްސް އަށް ތިބީ ވެފައެވެ.
އެގޮތުގައި ކުރިޔަށް ދަނިކޮށް މީގެ15 އަހަރު ކުރިން އެކަކު އަނެކަކާ ގުޅުން ކެނޑުނެވެ. މިނާލް ފްރާންސަށް ދިރިއުޅުން ބަދަލު ކުރުމުންނާއި މީނާ އަށް ފުރަތަމަ ދަރިފުޅު ލިބިގެން މާ ބިޒީ ވުމުގެ ސަބަބަބުންނެވެ.
2017 ވަނަ އަހަރު މީނާ އަނެއްކާވެސް އިންޑިޔާއިން އެޑޮޕްޓް ކުރެވުނު ކުދިންނާއި މީހުންނަށް ބޭއްވި ބައްދަލް މުވެއްގައި ބައިވެރިވިއެވެ. އަދި އެތަނުގައި ޑީއެންއޭ ޓެސްޓް ހަދާދޭތީ މީނާ ޑީއެންއޭ ޓެސްޓް ހެދިއެވެ.ނަމަވެސް އޭނައާއި މެޗްވާ އެއްވެސް މީހަކާ ދިމާނުވުމުން ފޯނުގެ ސްޓޯރޭޖް ފުރޭތީ އެޕް އޭރު ޑިލީޓް ކޮށްލީ ކަމަށް ވެއެވެ.
މިހެން ހުއްޓާ ”އަހަރެންގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟“ މިހެން ބުނެ މިއަހަރުގެ މޭމަހު މިނާލްގެ މެސެޖެއް ފޭސްބުކުން މީނާ އަށް ލިބުނު ކަމަށް ވެއެވެ.
މިނާލް އެޕްރިލްމަހު އޭނާބަލާބޮޑުކުރި މައިންބަފައިން ކައިރިޔަށް ނެދަލަންޑްސް އަށް ކުރި ދަތުރެއްގައި ޑީއެންއޭ ޓެސްޓެއް ހެދީކަމަށް ބުންޏެވެ.އަދި ނަތީޖާގެ ސްކްރީން ކޮޕީއެއް މީނާ އަށް ފޮނުވިއެވެ.މީނާ އަވަސް އަވަހަށް އެޕް ރި-އިންސްޓޯޅްކޮށް ބެލިއިރު ދެމީހުން 100 އިންސައްތަ މެޗްވާ ކަމަށް ވެއެވެ.މާނައަކީ ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެމީހުންނެވެ.މިނަތީޖާ ފެނުމުން ދެމީހުން ނަށް އުފަލުންގޮސް ތިބެވުނު ތަނެއް ނޭގުނު ކަމަށާ އުފަލުންގޮސް ރޮވުނު ކަމަށް ބުނެފައި ވެއެވެ. ދެމީހުން ނަށްވެސް އިހުސާސް ކުރެވެމުން އައި ކަމެއް،ޑީއެންއޭ ޓެސްޓުން ޔަގީން ކުރެވުނީ ކަމަށް ދެމީހުންބުނެފައި ވެއެވެ.
ދެމީހުން އެއީ ”ސިސްޓަރސް“ ކަން އެނގުނު ފަހުން ފުރަތަމަ ފަހަރަށް ބައްދަލް ކުރީ މިދިޔަ އޮގަސްޓް މަހުއެވެ.ދެމީހުންވެސް ބުނި ގޮތުގައި ހީވީ އަމިއްލަ ގެޔަށް ދެވުނު ހެންނެވެ.ދެމީހުންގެ ހިތުގައިވެސް އެހާހަމަޔަށް ހުސް ބާގަނޑެއް އޮތް ކަމަށާ ނަމަވެސް ދެމީހުން ބައްދަލް ވުމުން ބާގނޑު ފުރި،ހިތް ފުރިހަމަ ވެފައިވާ ކަމަށް ދެމީހުން ބުނެފައި ވެއެވެ.
މީނާ އަކީ މިއަދު ތިން ކުދިންގެ މަންމަ އަކަށް ވާއިރު، އުމުރުން 44 އަހަރުގެ މިނާލް ދިރިއުޅެމުން ގެންދަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ އާއި ދެފިރިހެން ދަރިންނާއެކު ފްރާންސްގައެވެ.
މިނާލް ބުނިގޮތުގައި އޭނާގެ ޑީއެންއޭ ޓެސްޓް މީހަކާ މެޗް ވުމުން އެއީ މީގެ 30 އަހަރު ކުރިން ބައްދަލްވެ ރަހުމަތްތެރިކަމެއް އުފެއްދި ”ޓީނޭޖް“ ކުއްޖާކަމެއް ނޭނގެއެވެ.އެކަން އެނގުނީ ސޯޝަލް މީޑިޔާ އަށް ގޮސް ފޮޓޯތައް ބެލުމުން ކަމަށް އޭނާ ބުނެފައި ވެއެވެ.
”އަހަރުމެންނަކީ ސިސްޓަރސް އަށް ވުމުގެ ކުރިން ރަހުމަތްތެރިންދޯއެވެ“ އެކަކު ބުންޏެވެ. ”ނޫނެކެވެ.އެހުރިހާއިރުވެސް އަހަރުމެންނަކީ ސިސްޓަރސް އެވެ.ނަމަވެސް އެކަން އޭރު ނޭނގި އޮތީއެވެ“ އަނެކަކު ބުންޏެވެ.
މީނާ އާއި މިނާލް އެޑޮޕްޓް ކުރީ މުމްބާއީގެ ތަފާތު ދެއޯފަނޭޖަކުން ނެދަލަންޑްގެ ތަފާތު ދެފެމިލީ އަކުންނެވެ. ނަމަވެސް ދެމީހުން ގުޅެން ގުދްރަތުން ނިންމަވާފައި ވުމުން އެވަނީ ގުޅިފައެވެ. މިހާރު ދެމީހުން ފޯނުން ވާހަކަ ދައްކަން ފަށާގޮތަށް ދެގަޑިއިރުވަންދެންވެސް ތިބެވޭ ކަމަށް ވެއެވެ.
މިހާރު ދެމީހުންވެސް ބޭނުންވަނީ އިންޑިޔާއަށް ގޮސް އެމީހުންގެ އަސްލު މައިންބަފައިން ހޯދުމަށް ކަމަށް ވެއެވެ.
![]()
