މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ވަނީ ފެނިފަައި

Loading

Facebook
Twitter
WhatsApp

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން އެކަނިވެސް ހިމަބިހީގެ 20 ކޭސް ވަނީ ފެނިފައެވެ.
މިއާއެކު މިއަހަރުގެ މިހާތަނަށް ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 186 އަށް އުފުލިފައެވެ.
ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ހިމަބިހި ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.
އެހެންކަމުން ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެޗްޕީއޭ އިން ވަނީ ފަށާފައެވެ.
އެޗްޕީއޭއިން ވަނީ މިހާތަނަށް 12000 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހި ފެތުރޭ ގޮތަކީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިއުމުންނާއި
ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް