އިތުރު 816 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

އިތުރު 816 މީހުން ފައްސިވެ، ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވް ކޭސް ތަކުގެ އަދަދު 100،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 816 މީހުން ވަނީ އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 413 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 249 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 92 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހުންނަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް 19 އަށް ޓެސްޓުކުރި 7005 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އެގޮތުން އިއްޔެ ފައްސިވެފައި ވަނީ ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން 11.65 އިންސައްތަ މީހުންނެވެ.

މިއީ ފާއިތުވި 7 މަހާއި އަޅާބަލާއިރު އެންމެ ގިނައިން މީހުން ކޮވިޑް 19 އަށް ފައްސިވި ދުވަހެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، އިތުރު ރާޅެއް އަރާފާނެކަމުގެ ނުރައްކާތެރި ރަނގަބީލުތައް މި ދަނީ ޖެހެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން އެވެ. މި ވޭރިއަންޓުގައި ވޭދަނަތައް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ކޮވިޑުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް