ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދު  ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، މޫސާ ފަތުޙީގެ ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހުއެވެ. އެމްޑީޕީއިން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗު ކުރުމަށް އެޕާޓީއިން ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރި ވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި އެމްޑީޕީ (މުޙައްމަދު ރާޝިދު) ޕީޕީއެމް (މޫސާ ފަތުޙީ) އަދި އެމްއެންޕީ (ޢަބްދުލް ޙަންނާން އިދުރީސް) ހިމެނެއެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ހިމެނޭ ގޮތުން 3316 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެން ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް