ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ޚާއްޞަކޮށް އެޅި ވަގުތީ މިސްކިތް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށް އެޅި ވަގުތީ މިސްކިތް ހުޅުވައިފިއެވެ.

މަސްޖިދުލް އަބޫ ބަކްރިއްސިއްދީޤް ނަމަކަށް ކިޔާ މި މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ މި މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވައިދެއްވާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު އަލީއެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކޮށް ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ އެވެ.

މީގެ ކުރިންވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ހުޅުވާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް