”ކޮތަރުކޮށި“ ޖަލްސާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާގޮތަށް ހަމަޖައްސައިފި

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމި ”ކޮތަރު ކޮށި“ ޖަލްސާ މާލޭގައި ބާއްވާ ގޮތަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހަމަޖައްސައިފިއެވެ. ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައި ވީ ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދިފައި ނުވާކަމަށް ބުނެ އެޗްޑީސީން ޖަލްސާއަށް ހުރަސް އެޅުމުން މާދަމާ ރޭގެ ޖަލްސާ މިހާރު ވަނީ މާލޭގެ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބާއްވަން ނިންމުމާ ގުޅިގެން އިއްޔެއިން ފެށިގެން ފުލުހުން ދިޔައީ އެ […]

ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ފުލުހުން ހަރަކާތްތެރި ވަމުން ދަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، އެޗްޑީސީގެ ހުއްދައާ ނުލައި ޖަލްސާއެއް ބާއްވަން ނިންމާފައި ވާތީ، އެކަމަށް ފިޔަވަޅު އަޅައިދޭން އެ ކޯޕަރޭޝަނުން އެދިފައި ވުމުންނެވެ. މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހުރަސް އަޅަމުން އެދަނީ ކައުންސިލުން ހުއްދަ ދީފައިވާ ސިޔާސީ […]

ޕާކިސްތާނުގެ ދަރިވަރަކު ”ޕާކިންސަންސް“ ބައްޔަށް ފަރުވާއެއް ހޯދައިފި

ޕާކިސްތާނުގެ ދަރިވަރަކު ”ޕާކިންސަންސް“ ބައްޔަށް ފަރުވާއެއް ހޯދައިފިއެވެ. ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ދަރިވަރު ނެހާ ޗައުދަރީ ވަނީ ސިކުނޑީގެ ނާރުތަކަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ”ޕާކިންސަންސް ޑިޒީސް“ އަށް ފަރުވާއެއް ހޯދާފައެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގައި ވާ މަސްތަކުގެ މަސައްކަތްތައް ކުރުމަށް ހުރަސް އެޅިގެން ދެއެވެ. އަދި ތުރުތުރު އެޅުމާއި، މަސައްކަތް ކުރުމުގެ ހަލުއިމިނަށް ބަދަލު އައުން ފަދަ ކަންކަމާ ކުރިމަތިވެއެވެ. މިހާތަނަށް އައި އިރު މި ބައްޔަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާއިރު، […]

މަކަރުވެރި ރޭވުމެއްގެ ތެރެއިން ދިވެހީންގެ މިނިވަންކަން މިވަނީ ގެއްލުވާލައިފާ: ލަންދޫ އިބުރާހިމް

މަކަރުވެރި ރޭވުމެއްގެ ތެރެއިން އަޅުގަނޑުމެންގެ މިނިވަން ކަމާއި އިސްތިޤުލާލު މިވަނީ ގެއްލިފައިފައެވެ. މިއަދާއި ހަމައަށްވެސް އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި މިތިބީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައެވެ. އަދި އަޅުގަނޑުމެން މިތިބީ އެއްބަހަކުން ވާހަކަ ދައްކާ އެއް މިއްލަތެއްގެ ދިވެހި ރައްޔިތަކަށް ވީތީ ފަޚުރުވެރިވާ ދިވެހި އައިޑީކާޑާއި ޕާސްޕޯޓު ގެންގުޅޭ ދިވެހިންގެ ގޮތުގައިކަމުގައި އެމްޑީޕީގެ ހާޑްކޯ އެއްބޭފުޅެއްކަމުގައިވާ ލަންދޫ އިބުރާހިމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ (އެޖެންޑާ19 ދަފާތުވާނެ) މި ސްލޯގަންގެ ދަށުން 2018ގައި އިންޑިއާގެ އެނހީގައި ކާމިޔާބުކުރި […]

އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނުދެން: އަންވަރު

ކުރިއަށް އޮތް އިންތިހާބުގައި ޖޯހޮރުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާނެކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް މެލޭޝިޔާގެ މަޝްހޫރު ސިޔާސީ ލީޑަރެއްކަމުގައިވާ ޑަޓުކް ސެރީ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ނެގްރީ ސެމްބިލަންގެ ޕޯޓް ޑިކްސަން ތަމްސީލު ކުރައްވަމުން ގެންދަވާ އަންވަރު ވިދާޅުވީ ޖޯހޮރްގައި އޮންނަ އިންތިހާބުގައި ވާދަކުރައްވަން އިންކާރު ނުކުރެއްވި ނަމަވެސް އެ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަދި ނުދެއްވާކަމަށެވެ. ”ކުރިއެކޭ ވެސް އެއްގޮތަށް އަދި ޔަގީންކަން ދޭން މާ އަވަސް“ މަޗަފްގެ ޖެވަން […]

2022 ވަނަ އަހަރުގެ އޯއައިސީ ބައްދަލުވުން ޕާކިސްތާނުގައި:

އޯއައިސީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގައި ބޭއްވުމަށް ނިންމާފައި ވާކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާސިމް އިފްތިޚާރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 23-22 އަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އާދައިގެ މަތިން ކޮންމެ ހަފްތާއަކުވެސް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާ ތަކުން ކުރި ސުވާލަތަކަށް ޖަވާބު ދެއްވަމުންނެވެ. ”އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން“ އަކީ ޔުނައިޓެޑް ނޭޝަންސް ފިޔަވައި ދުނިޔޭގައި އުފެދިފައިވާ […]

ލީބިޔާގެ ފޮރިން މިނިސްޓަރު ނަޖްލާ ސަސްޕެންޑް ކޮށްފި

ލީބިޔާގެ ރިޔާސީ ކައުންސިލުން އެގައުމުގެ ފޮރިން މިނިސްޓަރު ނަޖްލާ މަންޖޫޝް ސަސްޕެންޑްކޮށް އެހެން ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. ކައުންސިލުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތިން މެންބަރުން ހިމެނޭ ބޯޑަކުން މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު ނަޖްލާ ސަސްޕެންޑު ކޮށްފައިވަނީ، ކައުންސިލުގެ މަޝްވަރާ އަކާ ނުލައި ފޮރިން ޕޮލިސީ ކުރިއަށް ގެންދިއުމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކައުންސިލުގެ ތަރުޖަމާނު ދެއްވާފައެއް ނުވެއެވެ. މި މައްސަލައާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރުގެ ބަހެއް […]

އެމެރިކާގައި ގަސް މަދުވުމުގެ ނުރައްކާ!

    އެމެރިކާގެ ފޮރެސްޓް ސާވިސްއިން މިދިޔަ އަހަރު ނެރުނު ދިރާސާއެއްގައި ވާގޮތުން އެ ޤައުމުގެ އެކި ސަރަހައްދުތަކުން ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް 36 މިލިޔަން ގަސް މަދުވެފައި ވެއެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް އެކެއް އިންސައްތަ ދަށް ޢަދަދެކެވެ. ޔޫއެސް ފޮރެސްޓް ސާރވިސްގެ އިސް ސައިންޓިސްޓު އަދި މި ދިރާސާގެ ކޯ އޯތަރ ޑޭވިޑް ނޮވަކް ވިދާޅުވި ގޮތުގައި މިހާރެކޭ އެއްގޮތަށް ކަންކަން […]

މިހާރު ދުނިޔެ ހޫނުވަމުން ދަނީ ސައިންސްވެރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ހަލުއި މިނެއްގައި

މިދިޔަ އޮގަސްޓުމަހު އދ. އިން ނެރުނު ސްޓޭޓް އޮފް ދަ ސައެންސް ރިޕޯޓުގައި ވާގޮތުން މިހާރު ދުނިޔެ ހޫނުވަމުން މި ދަނީ ސައިންސްވެރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ހަލުއި މިނެއްގައެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާތަކާއި، އަލިފާނުގެ ކާރިސާތަކުގެ ސަބަބުން މޫސުމަށް އައަންނާނެކަމަށް ސައިންސްވެރިން ލަފާ ކޮށްފައިވާ ބަދަލުތަކާ ކުރިމަތިލާން ޖެހުނީ ކަމުގައިވެސް ހީވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިދިޔަ އަންގާރަ ދުވަހު ވަނީ […]

ކޮވިޑް-19ގެ ސަބަބުން ނައިޖީރިއާގެ ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ނައިޖީރިއާގެ 20 އިންސައްތަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލިފައިވާކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އޮފީހުން މިދިޔަ އަންގާރަ ދުވަހު ބުނެފިއެވެ. ނައިޖީރިއާގެ ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގުރާމުން ވަނީ ރަސްމީ އަދި ނުރަސްމީ ދާއިރާތައް ހިމެނޭ ގޮތުން ނައިޖީރިޔާގެ 3000 ވިޔަފާރިއެއް ހިމަނައި ސާރވޭއެއް ކޮށްފައެވެ. އެންބީއެސް އިން މިދިޔަ މާރޗް މަހު ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި […]