މަކަރުވެރި ރޭވުމެއްގެ ތެރެއިން ދިވެހީންގެ މިނިވަންކަން މިވަނީ ގެއްލުވާލައިފާ: ލަންދޫ އިބުރާހިމް

Loading

Facebook
Twitter
WhatsApp

މަކަރުވެރި ރޭވުމެއްގެ ތެރެއިން އަޅުގަނޑުމެންގެ މިނިވަން ކަމާއި އިސްތިޤުލާލު މިވަނީ ގެއްލިފައިފައެވެ. މިއަދާއި ހަމައަށްވެސް އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި މިތިބީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައެވެ. އަދި އަޅުގަނޑުމެން މިތިބީ އެއްބަހަކުން ވާހަކަ ދައްކާ އެއް މިއްލަތެއްގެ ދިވެހި ރައްޔިތަކަށް ވީތީ ފަޚުރުވެރިވާ ދިވެހި އައިޑީކާޑާއި ޕާސްޕޯޓު ގެންގުޅޭ ދިވެހިންގެ ގޮތުގައިކަމުގައި އެމްޑީޕީގެ ހާޑްކޯ އެއްބޭފުޅެއްކަމުގައިވާ ލަންދޫ އިބުރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ (އެޖެންޑާ19 ދަފާތުވާނެ) މި ސްލޯގަންގެ ދަށުން 2018ގައި އިންޑިއާގެ އެނހީގައި ކާމިޔާބުކުރި އިލެކްޝަނަށްފަހު އެމްޑީޕީގެ ރައީސް ނަޝީދު އާއި ގައުމުގެ ރައީސްކަމަށް އިސްކުރެވުނު ސޯލިޙު ރައީސް ވަޢުދާއި ބޮޑުތަނުން ޚިލާފުވެ ހިންގަވަމުންދަވެމުން ދާ ދިއުމާއި އެ ޚިޔާނާތް ތަކަށް އެމްޑީޕީގެ ގިނަ މެމްބަރުގެ ނުރުހުން ފާޅުކުރަމުންދާ ދިއުމަށްވެސް ބީރުކަންފަތެއްދީ އިންޑިއާގެ އަޅުވެތިކަމަށް ދިވެހި ދައުލަތް ގެންދަމުންދާ ދިއުމާއިގުޅިގެން، ދެން މަޑުން ނުތިބެވޭނެކަމަށް ވިދާޅުވެ ހިންގާ އިންޑިއާ އައުޓް ޙަރަކާތަށް ތާއިދުކޮށް ކަންބޮޑުވުންތައް ދަނީ ފާޅުކޮށް ހަރު އަޑުން ގޮވަމުންނެވެ.

އެގޮތުން އިބުރާހިމް ވިދާޅުވީ އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ ސަމާލުކަމަށް މި ކަންބޮޑުވުންތައް ގެންނަން ޖެހޭކަމަށެވެ. އެހެނީ ރައީސް ޔާމީނުގެ ސަރުކާރުން ބޮޑެތި ވައްކަން ކޮށް ގައުމު ދަރުވާލައިފިކަމުގައި ބުނެ ދެއްކި ވާހަކަތަކާއި ވެދިޔަ ވަޢުދުތަކުގެ ބައިވެރީންކަމުގައި އަޅުގަނޑުމެން އެކަމުގެ ހިއްސާދާރުން ކަމުގައި ވާތީކަމާއި، ވީމާ ކަނުލައި އަޑު އައްސަވާށެވެ. ވަރަށް ކުރުކޮށް ބުނެލާނަމޭ ވިދާޅުވެ ކުރި ގެންދަމުން ކުލަބުހައުސް ޕްރޮގްރާމުގެ ވިދާޅުވީ:

އަޅުގަނޑުމެން ފާހަގަ ކުރާ މިނިވަންކަން، މިނިވަން ދުވަސް އެއީ ޖުލައި މަހުގެ 26 ވަނަ ދުވަސް. އެއީ ވެލާނާގޭ އިބްރާހީމް ނާސިރު އަޅުގަނޑުމެންނަށް ހޯދައިދިން މިނިވަންކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ މިކުރާ ދުވަސް އެއީ ކިހިނެއް ވެފަ އޮތް ކަމެއް ތޯ؟ އާދެ! އިނގެރޭސި ވިލާތާއި ދިވެހި ސަރުކާރާއި ދެމެދު ކުރީގައި ހަމަ މިގޮތަށް (އިންޑިއާ އާއި ދިވެހި ދައުލަތާއި ދެމެދު މިސަރުކާރުން ވެފައިވާ އެގްރީމެންޓް ތަކަށް އިޝާރާތްކޮށް) ކޮށްފަ އޮތް އެގްރީމެންޓެއް ބާޠިލުކުރި ދުވަސް އެދުވަހަކީ. ދަންނަވަން މި ވެގެން އުޅޭއެއްޗަކީ އަޅުގަނޑުމެންނަށް މި މަޅި ނޫނީ ވިއްޔާ މި ދަންތުރަ ޖައްސަން މަސައްކަތް ކުރި ދެފަހަރެއް އަޅުގަނޑުމެން ތާރީޚުން ފެންނަށް އޮންނާނެ.

އެކަން ރަނގަޅަށް ތިޔަ ބޭފުޅުން ދިރާސާ ކުރައްވާ. އަޅުގަނޑު އަބަދުވެސް ވާހަކަ ދެއްކޭތޯ ބަލަނީ ދިރާސާ ކޮށްގެން ލިބިފައި އޮންނަ ޢިލްމީ އަލީގެ މައްޗަށް. ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ވާހަކަ ދޮގެއް ނުކުރެވޭނެ. ދުވާލު ދުވާލަށް ރޭގަނޑު ރޭގަނޑަށް އަޅުގަނޑުގެ ވާހަކަ ފެންނަން އޮންނާނެ. ފޯރަމްގެ އެންމެހާ އަޅުގަނޑުގެ އަޚުންނާއި އުޚުތުން. ތިޔަ ބޭފުޅުންގެ ސަމާލުކަމަށް ނިކަން ރަނގަޅަށް މިކަން ގެންނެސް ވިސްނައި ވަޑައިގެންދެއްވުމަށް އަޅުގަނޑު އިންތިހާ އަށް އެދި ދަންނަވަން. ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ކެނެރީގޭ މުޙައްމަދު ނަޝީދަށް އޭރު ފެންނަންއޮތް ހަމަތަކުގެ ތެރެއިން އަޅުގަނޑުމެން ހަވާލުކުރީ 2008 ވަނަ އަހަރު ނޮވެމްބަރުގައި.

މައުމޫނުގެ ސަރުކާރު ބަދަލުވެ އެމްޑީޕީ ކޯލިޝަންގެ ސަރުކާރެއް އުފެދުނު. އެފަހަރު ކިހިނެއް ތޯ ވީ؟ އެ ވެރިކަމުގެ ބާރު ލިބުމާއި އެކުގައި ދިވެހިރާއްޖެއާއި އިންޑިޔާ ސަރުކާރާއި ދެމެދުގައި ހެދި އެގުރިމެންޓެއް ނޫނަސް އޭރު އެގުރިމެންޓު އެ ހެދުނީ ސީދާ އިންޑިޔާ ސަރުކާރާ ކަމުގައި އަޅުގަނޑު ދެކެން. އިންޑިއާގެ ޖީއެމްއާރ އަށް ދިވެހިރާއްޖޭގެ މައި ދޮރޯށި އެ ޙަވާލުކުރީ. އެއީ ކޮންބައެއްކަން ނަޝީދަށް ވަރަށް ރަނގަޅަށް އެގޭނެ. އެ ޑީލް ފަޔަށް ހިނިއަރައިގެން އަވަސްވެގަނެ ނިންމާލިގޮތާއި މިހާރު އިންޑިއާގެ މިލިޓަރީއާއި ރާއްޖެ ޙަވާލުކުރަމުންދާ ގޮތާއި މާބޮޑުތަފާތެއް ނެތް. ޓީއެފް އާރުގެ އެގުރިމެންޓުގެ ވާހަކަ އާއި އެފަދަ އެހެނިހެން އެގްރީމެންޓް ތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. މިހިސާބުން ވެސް އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިގެން އެ ދިޔައީ.

އެ ފަހަރު އިންޑިޔާ ސަރުކާރުން މަސައްކަތްކުރީ މިތަނުގެ މައި ދޮރޯށި އެއީ އިންޑިޔާ ސަރުކާރުން ރާއްޖޭގެ އިންޓަރ ނޭޝަނަލް އެއަރޕޯޓު އެމީހުންގެ ބާރުގެ ދަށަށް ގެންނަން. 30 އަހަރުގެ މަކަރުވެރި ރޭވުމެއްގެ އެގުރީމެންޓެއްގެ ދަށުން. އެކަންތައް ނިމިގެން އަދި އަޅުގަނޑުމެންނަށް އަތް ދޮވެލައި ހަމަ ނޭވާ ނުލެވިގެން އުޅެނިކޮށް އަޅުގަނޑުމެންނާ އަނެއްކާ މި ދިމާވެ ކުރިމަތި ވަނީ މިތަނުގެ ބިމުގެ ބަޔަކާއި މުޅި ކަނޑުގެ ސަރަހައްދު ގެއްލިގެން ދާ ގޮތަށް ހެދި ވަރުގަދަ އެގުރިމެންޓެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް އެބައިމީހުންގެ އަމިއްލަވަންތަ ކަމަށް ފަޚުރުވެރިވާ ބައެއް. އަޅުގަނޑުމެން މި ޤައުމުގައި އެބަ ތިބި ދީނަށް ޓަކައި، މި ޤައުމަށްޓަކައި، މި ވަޠަނަށްޓަކައި، މިނިވަންކަމުގެ ދިފާޢުގައި މި ބިމަށް ލޭ އޮހޮރުވާލާފައި ތިބި އަޅުގަނޑުމެންގެ އަބުޠާލުން. އެބޭފުޅުންގެ އެ ޒިކުރާ އާކުރަމުން އަޅުގަނޑުގެ ވާހަކާ އާއިގެން ކުރިއަށް ދާނީ އެބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވަމުން.

އާދެ! އަޅުގަނޑު ތި އެންމެ ބޭފުޅުންނަށް ދަންނަވަން ބޭނުން. މިއީ ވަރަށް ހުޝޫޢަތްތެރި ވަޤުތުކޮޅެއް. މި ވަގުތު އަޅުގަނޑުމެންނާއި މި ބައްދަލު ކުރީ އަޅުގަނޑު އަތުން ފޭހުނު އިލޮށިގަނޑު އަޅުގަނޑުމެންގެ ލޮލަށް ގަންނަވާލެވުނީތީ. އާދެ އަޅުގަނޑުމެންނަށް ހެދުނު ހާވެސް އެއްޗަކީ ޑިމޮކްރެޓިކު ނިޒާމެއްގެ ހަމަތަކުގެ ތެރެއިން އަބަދުވެސް އަޅުގަނޑުމެން ރައްޔިތުން މަސައްކަތް ކުރަމުން ދިޔައީ މިއަދާއި މާދަމާގެ ދަރިންގެ މުސްތަޤުބަލެއް ކަނޑައެޅުމަށް. ރައްޔިތުންގެ ޙައްޤު މިންވަރު ހޯދުމަށް. އަޅުގަނޑުމެންނަކީ ފަހަރެއްގައިވެސް ފަހަތަށް ޖެހުނު ބައެއް ނޫން. މާޒީން ޢިބުރަތް ލިބިގެން އަޅުގަނޑުމެން ބެލީ އަބަދުވެސް ކުރިއަށް ދެވޭތޯ. އެގޮތުގެ މަތީން ވެރިކަމުގެ ބާރުތައް ނަގައި ޙަވާލުކުރެވޭ ކޮންމެ މީހަކުމެ އަޅުގަނޑުމެންގެ ކުރިމަތީގައި ޤާނޫނު އަސާސީގައި ވާގޮތުގެ މަތީން ހުވާ ކުރަމުން ދިޔައީ ރައްޔިތުންގެ އަމާނާތް ރައްޔިތުންނަށް ހަވާލުކުރުމަށް. އެއީ އަޅުގަނޑުމެން އައްޔަން ކުރާ ޚާދިމުން ތަކެއް 5 އަހަރު ހަމަވީމާ އޭނާގެ މުސާރަ ނަގައިގެން އޭނާގެ ގެއަށް ވަންނަން ޖެހޭ މީހެއް. އަޅުގަނޑުގެ މިލްކިއްޔާތުން، އަޅުގަނޑުމެން ރައްޔިތުންގެ މިލްކިއްޔާތުން އޭނާއަށް ނުވަތަ ޚާދިމުންތަކަށް ދެނީ މުސާރަ.

އޭނާއަށް ކޮން ޖާހަތަކާއި ޢިއްޒަތަކާއި ޝަރަފެއްތޯ ލިބޭނީ ރައްޔަތުން ނުދޭ އެއްޗެއް. ޤާނޫނު އަސާސީން ކަނޑައަޅާފައި ދިން އެއްޗެއް އޭނާއާއި ޙަވާލިކުރީ. މާތްﷲ ގަންދީ އޭނާ އެކުރި ހުވާގެ މައްޗަށް އޭނާ އަށް އިތުބާރުކޮށް އަޅުގަނޑުމެންވެސް ތިބީ މަޑުން. ކިހިނެއްތޯ މި ވީ؟ ނިކަން ރަނގަޅަށް ވިސްނާ ވަޑައިގަންނަވާ. ދިވެހި ތާރީޚުގެ މާޒީއިން އަޅުގަނޑުމެން ޢިބުރަތް ޙާސިލުކުރާ އިރު ފެންނަން އޮތީ ވެރިކަމުގެ ބާރު ލިބޭ ކޮންމެ ވަގުތެއްގައި މުޅިންވެސް އޮތީ އެމީހުންގެ ޖާހަތާއި ޢިއްޒަތާއި ޝަރަފު މަތިވެރި ކުރުމަށްޓަކައި ބާރުތަކުގެ ފަގުޑި ބެއްދުމަށްޓަކައި މަސައްކަތް ކޮށްފަ. ޅިޔަނުންނާއި ފަހަރިންނާއި އެއްބަނޑާއި ތިމާގެ މީހުންނާއި ގާތް އައުވާނުންނަށް ނޫނިއްޔާއި މަޤާމުގަނޑެއް ޙަވާލު ކޮށްފައެއް ނެތް. މުޅި ރައްޔިތުންގެ މިލްކިއްޔާތު ބަހާ ހުސްކުރީ.

ދެރަމީހާ ދެރަ ވެދާ ގޮތަށް “ މޮޅު“ މީހާ މޮޅު ވެދާ ގޮތަށް ހުރިހާ ކަމެއް ތަން މިނަށް ފުޅާކުރަމުން ގެންދިޔައީ އަދި ގެންދަނީ. ކާކުތޯ ހުރީ 5 އަހަރުގެ ދައުރެއް ހަމަކޮށްފައި ރައްޔިތުންނަށްޓަކައި ތިމަން މަނިކުފާނު ހުންނާނީ މިކަން ކޮށްދީފައޭ. ﷲ ތިމަންނައާއި ޙަވާލުކުރި އަމާނާތް ރައްޔިތުންނަށް މި ޙަވާލުކުރީއޭ ކިޔާފަ. އަޅުގަނޑު މިރޭ ތިއެންމެ ބޭފުޅުންނަށް ހާމަކުރަން ބޭނުން. ނޫރާނީގޭ އިބްރާހިމް މުޙައްމަދު ސާލިޙު ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވެފައި ކުޑަ އިރުކޮޅެއް ނުވެ ފުރަތަމަ އައްޔަނުކުރީ ޕޮލިސް ކޮމިޝަނަރ. އެއީ ކާކުތޯ؟ ހަމީދު. ދެން ބައްލަވާ ކާކުތޯ ހައުސިންގ މިނިސްޓަރަކަށް ހުރީ. ދެން އަދި އެހިސާބަކުން ނިމުނީއެއްނޫން. ދެވަނަ ބާރު. ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑުމެންގެ އެކީ ”ހިތް ތަކުގެ ރައީސް“ އަޅުގަނޑުމެން އެމީހަކަށްޓަކައި އިރަކު ފަޚުރުވެރިވި މުޙައްމަދު ނަޝީދު. އެމަނިކުފާނަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބުމާއިއެކު ދެން އެބާރު ޙަވާލުކުރީ ނާއިބު ރައީސްއަށް ކާކުތޯ. ކޮއްކޯފުޅު އީވާ އަބްދުﷲ އާއި. މި ޙާލަތަށް ވެއްޓިފަ އޮތް ޤައުމެކޭ ދެން ކޮށްފަ ނުކުރާނީ ކޮން ކަމެއްތޯ. މިތަނުގައި ދެމިތިބުމަށްޓަކައި މިތާނގައި ރަސްކަމެއް ޤާއިމު ކުރުމަށްޓަކައި އެމީހުން މަސައްކަތް ކުރަމުން އެދަނީ.

އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިގެން ދާނެކަމެއް ނެތް. ރައީސް އިބޫއާއި ނަޝީދުގެ ބާރުވެރިކަމުގައިވާ ރައްޔަތުންގެ މަޖިލީހުން އެ ޙަރާމް އެގްރީމެންޓްތައް ޙަލާލު ކަމުގައި ސިއްކަޖެއްސަސް އެއީ ފެށުމުގައިވެސް ނުޙަލާލު އެގްރީމެންތަކެއް. އެފަދަ އެގްރީމެންޓް ހެދޭނޭގޮތް ގާނޫނު އަސާސީގައި ބަޔާންކުރެވިފައި އެބައޮތް. ގާނޫނު އަސާސީއާއި ޚިލާފަށް ހެދޭނީ މިބުނާފަދަ ޙަރާމް އެގްރީމެންޓް. މިސާލަކަށް ނަޙަލާލަށް ވިހާފަ ދަރިބޮޑުވަން ފެށީމާ އަވަށްޓެރިން އެއީ ނަޙަލާލު ދަރިއެކޭ ގޮވަންފެށީމާ ބޮލުގައި ރިއްސީމަ ރައީސްމީހާގެ ބާރުގައި އުފަންދުވަހުގެ ސެޓިފިކެޓެއް ހައްދާ އޭގައި ބައްޕަޔަކުވެސް ޖަހައިފަ ތައްގަޑެއް ޖެއްސިއެއްކަމަކު އެ ދަރި ވާނީ ނަހަލާލު ދަރިއަކަށް:

މި ވަގުތަކީ ކުޑަކޮށް މާޔޫސްވެ ދެރަފުޅުވެދާނެ ވަގުތެއް. އެހެން ނަމަވެސް ﷲގެ ރަޙުމަތާއިއެކު އަޅުގަނޑުމެންނަކީ ބަލިވާނެ ބައެއް. ތި އެންމެ ބޭފުޅުންނަށް އަޅުގަނޑު އެދެނީ މިރޭގެ ފަހުބައި ބައްޖަވެރި ގޮތުގައި ލިބުން. އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ ތިޔަ އެންމެ ބޭފުޅުންނަށް ފަށް ފަށުން ޝުކުރުދަންނަވަން. ވައްސަލާމު ޢަލައިކުމް.

 

Loading

4 Responses

  1. އެމްޑީޕީ އަކީ ކައްޗަށް އެޅި ބިންގަލެކެވެ. އެހެންވީމާ ކެއްޗާ ހަމަޔަށް އުފުލުނަސް އެމްޑީޕީ ސީދާވާނެ ގޮތެއް ނެތެވެ. އަންނި އާއި ސޫލިޙު އެއްފަރާތް ވިޔަސް އެ ޕާޓީ އަކުން ރައްޔިތުންނަށާ ދިވެހިރާއްޖެ އަށާ އިސްލާމް ދީނަށް ވާނެ ފައިދާއެއް ލާބައެއް މަންފާއެއް ނޯންނާނެއެވެ. އެހެނީ ”ހިކި ކެޔޮދަޅިއަކުން ފެލޭނެ ދިޔައެއް“ ނުހުންނާނެ އެވެ.

  2. މައުމޫނު ގަނޑުވަރުން ނޫންކަމެއް ނުވި. މަގުމަތީ ސަކަރާތް ޖަހަން އުޅުނު ސޮރަކަށް ވެރިކަން ލިބިދިނީމާ އެސޮރަށް ހީވީ މަވަރެއް ނެތޭ. ދެން ހަމަ އަނގަ އެރުވުން ނޫންކަމެއް ނެތެވެ. މާ ބައިނަލް އަގުވާމީ މައްސަލަތަށް މުހިންމުވެގެން ދަނޑިދިގު އުނދުޅިހެން ބޭނިގަނެގެން ދިވެހިންނަށް ބޮޑު ޚަރަދު ގަނޑަކާއި ގެއްލުމެވެ. މީނާ ފާޓްފުޅާކޮށްފައި އުދުހެނީއެވެ. ދިވެހި ރާއްޖެ އަޑިއަށް ދަނިއްޔޯ ކިޔާފަ ކޮންމެ ޖަލްސާއެއްގައި އަޑުހަރުކޮށްގޮވާ އިރު ސަރުކާރުން އިންވެސްޓަރުންނަށް ސަލާމް ޖަހަނީއެވެ. ގެންބިގެންދާން 30 އަހަރުވެސް ނެތް ގައުމަކަށް އިންވެސްޓް ކުރަން ލޯންވެސް ދޭނީކާކުތޯއެވެ. އަދި އަމުދުން ސޭވްކޮށްފައި އޮތް ފައިސާފޮށްޗެއް އެތަނަކަށް އިންވެސްޓްކުރާނީ މީނާކަހަލަ ބޯ ބުރާންޗެއްނޫންތޯއެވެ. ދެން މިއީ ދެރަވަރު. ލަންދޫމެނަށެ މީނަ އެނގުން ލަސްވީއެވެ. އަދިވެސް އެ އުޅޭ ބައުންޓީ ހީވަނީ ބިޑިބޮވިގެން އުޅޭހެނެވެ. ފުރަތަމަ ގައުމު.

  3. އަސްލުވެސް މީ ފޭކެއް. ކުރެވުނު ކަމެއް ހަތްހަރާމުން ޙަރާމެވެ. އެމީހުން މުއްސަދިވުން ފިޔަވާ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް