ކޮވިޑް-19ގެ ސަބަބުން ނައިޖީރިއާގެ ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp
Traffic and street market in Ikorodu district just before sunset.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ނައިޖީރިއާގެ 20 އިންސައްތަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލިފައިވާކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އޮފީހުން މިދިޔަ އަންގާރަ ދުވަހު ބުނެފިއެވެ.

ނައިޖީރިއާގެ ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގުރާމުން ވަނީ ރަސްމީ އަދި ނުރަސްމީ ދާއިރާތައް ހިމެނޭ ގޮތުން ނައިޖީރިޔާގެ 3000 ވިޔަފާރިއެއް ހިމަނައި ސާރވޭއެއް ކޮށްފައެވެ.

އެންބީއެސް އިން މިދިޔަ މާރޗް މަހު ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި ވަޒީފާ ހޯދުމުގެ ކަންތައްކަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

ބައްރުގެ އެންމެ ބޮޑު އެކޮނޮމީ، ހުޅަނގު އެފްރިކާގެ ގައުމުތަކުގެ އިގުތިސާދަށް ވެސް ވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ތެލުގެ އަގުތައް ދަށަށް ގޮސް ގިނަގުނަ ދަތި ތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެން ވާން ޖެހުނީ ތެލުގެ އަގު ދަށްވުމުގެ ސަބަބުންނެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ކޮވިޑް-19 އަށްފަހު ނައިޖީރިއާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. ނަމަވެސް އެފްރިކާގެ އެހެން ހިސާބުތަކުގައި އަދިވެސް ކާބޯތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަމާ ވަނީ ކުރިމަތި ލާން ޖެހިފައެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން 2022 ވަނަ އަހަރަށް ވާއިރު ނައިޖީރިއާ އާބާދީގެ ގާތްގަނޑަކަށް 11 މިލިއަން މީހުން ފަގީރުކަމާ ކުރިމަތި ލާން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް