ދެން ލައިސަންސް ލިބޭނީ ޑްރައިވިން ސްކޫލަކަށް ދިއުމުން: ޓްރާންސްޕޯޓް މިނިސްޓްރީ

Loading

Facebook
Twitter
WhatsApp
Rear view of mid adult teacher pointing while woman parking car

ޑްރައިވިން ސްކޫލަކަށް ގޮސްގެން ނޫނީ ލައިސެންސް ނުލިބޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނަގާ ތިއަރީ ޓެސްޓާއި، ޑްރައިވިންގ ޓެސްޓު ފުރިހަމަ ކުރުމުން މީގެ ކުރިން، ލައިސަންސް ލިބުނު ނަމަވެސް ޑްރައިވިންގ ސްކޫލުގެ ޤަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކު ލައިސެންސް ނެގުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ޑްރައިވިން ސްކޫލު ހިންގުމާއި އެ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޤަވާއިދަށް ބަދަލުގެނެސް ޓްރާސްޕޯޓު މިނިސްޓްރީއިން ނެރުނު ބަޔާނުގައިވާ ގޮތުން ރާއްޖޭގައި އެއްގަމު އުޅަނދެއް ދުވަން ދަސްކުރަންވާނީ އެ ޤަވާއިދުގެ ދަށުން އެފަދަ ސްކޫލެއް ހިންގުމުގެ ފުރުސަތު ލިބިފައިވާ ޑްރައިވިންގ ސްކޫލުތަކުން ނުވަތަ ލައިސަންސް ލިބިފައިވާ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

އަދި ހަމައެއާއެކު، އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް އުޅަނދު ދުއްވުމުގެ ޢަމަލީ ތަމްރީނުގައި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއް ހަމަކޮށް، އެ މުއްދަތުގައި ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި، ޓްރެއިނިންގ ލޮގު، އެ ސްކޫލަކުން ނުވަތަ ޑްރައިވިންގް އިންސްޓަރަކްޓަރު ބަލަހައްޓަން ވާނެ ކަމަށް އެބަޔާނުގައި ވެއެވެ.

ލައިސެންސް ނެގުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ސޮއިކޮށްފައި އެ ލޮގު ހުށަހަޅަން ވާނެ ކަމަށް ވެއެވެ.

އެ ބަޔާނުގައި ވާގޮތުން އުމުރުން 16 ފުރިއްޖެނަމަ އެއްގަމު އުޅަނދު ދުއްވަން ދަސްކުރެވޭނެއެވެ.

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް