ނަރުސް ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި!

Loading

Facebook
Twitter
WhatsApp

އައިޖީއެމް އެޗް ގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެސް ލަމްހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ. އެހެންކަމުން މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ޅ.ހިންނަވަރަށް އުފަން، 24 އަހަރުގެ ހަލީމަތު ލަމްހާ އަކީ މޭރީ ގްރޭސްގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާއެވެ. މާވިން އާއި ލަމްހާ އަކީވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ދެ ނަރުހުންނެވެ. އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީގެ ގްރޭސްގެ މަރުގެ މައްސަލައިގައި މާވިންވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ދަންޖެހިގެން މަރުވީކަމަށް ރިޕޯޓު ކުރި ނަމަވެސް އޭނާގެ މަރުގެ މައްސަލައިގައި ޝައްކުތަކެއް ހުރުމުން ފުލުހުން ވަނީ މޭރީގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވައި ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓް މޯޓަމް ރިޕޯޓް ތަކުން، މޭރީ މަރުވެފައިވަނީ ”ބްލަންޓް އިންޖަރީސް“ގެ ސަބަބުން ކަމާއި ދަންޖެހިގެން ނޫން ކަމަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި ދެ މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ މައްސަލައާމެދު ޖެނުއަރީ 4 ވަނަ ދުވަހު ގޮތެއް ނިންމާނެކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

 

Loading

One Response

  1. ވަރުގަދަ ލޯތްބެއްތާދޯ. މީހަކު މަރާލަން ކެރޭނީ ހާދަ ހާދަ ލޯބިކަނުވީމައޭ ހިތައް އަރަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް