އިތުރު 593 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 593 މީހުން ވަނީ އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 199 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 197 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 124 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިއާއެކު ރާއްޖޭއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 99،099 އަކަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހުންނަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް 19 އަށް ޓެސްޓުކުރި 5818 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އޭގެ ތެރެއިން މާލެއިން ނަގާފައި ވަނީ 2761 ސުންކެވެ.

މި އަހަރު ފެށުނު ފަހުންވެސް އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ފައްސިވެފައިވަނީ އިއްޔެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، އިތުރު ރާޅެއް އަރާފާނެކަމުގެ ނުރައްކާތެރި ރަނގަބީލުތައް މި ދަނީ ޖެހެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކުރޮން އެވެ. މި ވޭރިއަންޓުގައި ވޭދަނަތައް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ކޮވިޑުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް