ނަރުސް މީހާ މަރާލި، މާވިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

Loading

Facebook
Twitter
WhatsApp

އައިޖީއެމްއެޗްގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.

ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން މާވިންގެ ބަންދާމެދު ގޮތެއް ނިންމަން ދެން ހާޒިރުކުރަން ޖެހޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ކުރައްވާ ގާޒީއެއްގެ ކުރިމައްޗަށެވެ.

އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ޕީޖީ އިން މާވިންއަށް އެނގިހުރެ މީހަކު މެރުމުގެ ދަޢުވާ ކޮށްފައިވާއިރު، މާވިންގެ ލޯބިވެރިޔާ ލަމްހާއަށް ވަނީ އެކަމުގައި ބައިވެރިވި ކަމުގެ ދަޢުވާއާއި އަދި އިތުރު ދެ ދަޢުވާއެއް ވެސް ކޮށްފައެވެ.

އެގޮތުން ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަ ނޫން ގޮތެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދަޢުވާ އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަޢުވާ ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލި ކަމުގެ ދަޢުވާކޮށްފައިވަނީ، 19 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މާވިން ދިރިއުޅޭ ގޭގެ ފުރަތަމަ ފަންގިފިލާގައި އޭނާގެ އަނބިމީހާ، މޭރީގެ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލާފައި ވުމުންނެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް