ކޮވިޑް-19: ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 967 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 475 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 290 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 87 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކަނޑު އުޅަނދުފަހަރުން ވެސް 2 މީހަކު ވަނީ އިއްޔެ ފައްސިވެފައެވެ. އަދި ވަކި ރަށެއް ފާހަގަ ކޮށްފައި ނުވާ 113 މީހުން ފައްސިވެފައި ވެއެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހަށްފަހު އެންމެ ގިނައިން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 101،418 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 95،259 މީހުންނެވެ. ބަލި ޖެހިފައިވާ 22 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާއިރު، ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 203 މީހަކު ވަނީ އިއްޔެ މިބަލިން ރަނގަޅުވެފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 265 މީހުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، އިތުރު ރާޅެއް އަރާފާނެ ކަމުގެ ނުރައްކާތެރި ރަނގަބީލުތައް މި ދަނީ ޖެހެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކުރޮން އެވެ. މި ވޭރިއަންޓުގައި ވޭދަނަތައް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ކޮވިޑުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް