ބޮޑު ތަފާތަކުން ރިިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބުކޮށްފި
ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ. ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނުނު ފޮށިތަކުން މުއިއްޒަށް ވަނީ 54 ޕަސަންޓު ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 45 […]
އިންތިޚާބާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ. “ އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި“ ރިޔާސީ އިންތިޚާބުގެ ފުރަތަމަ […]
ވީހާވެސް އަވަހަށް ނުކުމެ ގާނޫނީ ހައްގުގެ ބޭނުން ކުރައްވާ: މުޢިއްޒު
ވީހާވެސް އަވަހަށް ނުކުމެ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި ވޯޓުލުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. މުޢިއްޒު މި ގޮތަށް އިލްތިމާސް ކުރެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މުޢިއްޒު ވަނީ ފުރަތަމަ ބުރަށްވުރެ ގިނަ މީހުން ނުކުމެ ވޯޓުލުމަށް އިލްތިމާސް ކުރައްވައިފައެވެ. “އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި ވޯޓު ލައި […]
“ވެރިޔަކު އިންތިޚާބުކުރުން ސިޔާސީ ކަމަކަށް ނުހަދާ, މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނޭ“
ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށާއި މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ. ޑރ.ޒާހިރު މިހެން ވިދާޅުވީ މިއަދު މެންދުރު ކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ އެދިވަޑައިގެންފައިވަނީ ގައުމަށް ވެރިއަކު އިންތިޚާބު ކުރުމަށް ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށެވެ. މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. “ބޮޑު ތަފާތަކުން ދީނީ ގިނަ އިލްމުވެރިން ވަކި އަތަކަށް ބުރަވެފަ [ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް […]
މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން ބުނީ “ދިވެހިންގެ ރާއްޖެ“ ނަމުގައި ބާއްވާ މި ހިނގާލުން ފަށާނީ ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ. މާލޭގައި މި ހިނގާލުން ކުރިއަށްދާއިރު މިއަދު ހަވީރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ސައިކަލު ބުރު ކުރިއަށް ގެންދަން ވެސް ނިންމައިފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް […]
އަންނަ އާދީއްތަ ދުވަސް ބަންދު
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙާއްމަދު ޞާލިހު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށްވާތީއާއި އިންތިޚާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި ޢާންމުން އިންތިޚާބުގެ ކަންތައް ތަކުގައި ބައިވެރިވާތީި އިލެކްޝަން ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ. ރިޔާސީ އިންތިޚާބާއި […]
ވަގަށް އެތެރެކުރި ރަންތައް ނެގުމުން އަހަރެއްގެތެރޭގައި ދައުލަތަށް 10 މިލިއަން ރުފިޔާ
ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހު 10މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ ދަޢުވާކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން ވަގަށް ރަން އެތެރެ ކުރާ މީހުންގެ މައްޗަށްޖިނާއީ ދަޢުވާކޮށް ރަންތައް ދައުލަތަށް ނަގަން ނިންމި ކަމަށެވެ. އެހެން ކަމާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަގަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ރަން ދައުލަތަށް ނަގާފައިވާ ކަމަށް އެއޮފީހުން ބުންޏެވެ. ޕީޖީ […]
އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ: ފައްޔާޒު
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރި ތާއީދު އެމްޑީއޭއިން އަނބުރާ ގެންދިއުމާއި ގުޅިގެން ރޭ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލު ދެއްވީ ހިއްވަރުގެ މެސެޖެކެވެ. ރައީސާއި އެމްޑީޕީ ދޫކޮށްލިކަން އެމްޑީއޭއިން އިއުލާނު ކުރިތާ މާގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރިހޯދާ ޕާޓީއެއް ކަމަށެވެ. “ ބަލިކޮށް ނުލެވުނު ހިއްވަރު ގުޑާނުލެވުނު އަޒުމް ބާރަށް ކުރިއަށް “ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު […]
މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަށް 50,000 ރ. ދޭން ރައީސް ނިންމަވައިިފި
ލ.މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަށް 50,000 ރ. ދޭން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރިޔާސީ އިންތިޚާބު ފެށެން އެއް ދުވަހަށްވެފައި ވަނިކޮށް ގަމު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން […]
އަޅުގަނޑަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނަން: މުޢިއްޒު
ރިޔާަސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން އޭނާއަށް އިތުބާރުކުރައްވާ ވެރިކަމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވަނީ މި ގައުމުގެ މިނިވަންކަން އޮތް ހިސާބުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު މި ގައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަދި ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ވެސް މިއަދަކު […]