ދުވަހަކު ވެސް މީހަކަށް އަނިޔާއެއް, ދެރައެއް ދީފައެއް, މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ: މުޢިއްޒު

ދުވަހަކު ވެސް އެއްވެސް މީހަކަށް އަނިޔާއެއް ދީފައެއް, އެއްވެސް މީހަކަށް ދެރައެއް ދީފައެއް, އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް މިރޭ ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒުގެ ބައްޕާފުޅު އަވަހާރަވިއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ ލަންކާގެ ރައްޔިތެއްކަމަށްވާ ޖީ ސްކީލާން އާއެވެ. އަދަދު ނޫހުން މިއަދު ވަނީ ސްކީލާން އާ ބެހޭ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ބައްޕާފުޅު އަވަހާރަވުމުން ޑރ.މުޢިއްޒު ސްކީލާން އާމެދު އަމަލުކުރެއްވީ ވަރަށް އިހާނެތިކޮށެވެ. އެގޮތުން […]

ތުރުކީގެ ރައީސް އަޒަރބާޖާނަށް ވަޑައިގެންފި

ރޮއިޓާރސް ޚަބަރު ދޭގޮތުގައި ދެކުނު ކޯކަސްގެ ނަގޯރްނޯ ކަރަބާހުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންގެންދިޔަ އަރްމޭނިޔާ ނަސްލުގެ މީހުންނާދެކޮޅަށް އަޒަރްބާޖާނުގެ ބިޔަ ލަޝްކަރުންޙަމަލާދޭން ފެށުމުން އެހެންގޮތެއް ނެތިގެން ހަތިޔާރު ބެހެއްޓުމަށްފަހު އެ ސަރަޙައްދު ދޫކޮށް ދިއުން މަޖްބޫރުވުމުން އަރްމޭނިޔާ ނަސްލުގެ މީހުން އެ ސަރަޙައްދުން ފައިބަމުންދާ މިދަނޑިވަޅުގައި ތުރުކީގެ ރައީސް އުރުދުޣާން މިދިޔަ ހޯމަދުވަހު އަޒަރްބާޖާންގެ ރައީސް އިލްހާމް އަލިޔޭވް އާއި ބައްދަލު ކުރެއްވުމަށްޓަކައި އަޒަރްބާއިޖާނަށް ވަޑައިގެންފިއެވެ. ނަގޯރްނޯ ކަރަބާހަކީ ބައިނަލް އަގްވާމީގޮތުން އަޒަރްބާޖާނުގެ ސަރަހައްދެކެވެ. މިދަތުރުފުޅުގައި ނަގޯރްނޯ ކަރަބާހުގެ ކުރިމަގާއި ބެހޭގޮތުންނާއި ދެގައުމުގެ ގުޅުން އިތުރަށް ކުރިއެރުވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާ […]

ފައްޅީގެ ފާރުގައި ކުރެހި ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ހިންދޫއިންގެ އަތެއް: އޮސްޓްރޭލިއާ ފުލުހުން

އޮސްޓްރޭލިއާގެ ބްރިސްބޭން ސިޓީގައި ހުންނަ ފަށްޅިއެއްގެ ބޭރު ފާރުގައި ކުރަހާފައިވާ ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ”ހިންދޫއިންގެ އަތެއް“ ކަމަށް ކުއީންސްލޭންޑް ފުލުހުން ހިންގި ތަހުގީގު ރިޕޯޓުން ދައްކައިފިއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ރޭގައި، އިންޑިއާ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބޭއަދަބީ ކުރެހުންތަކެއް ނުވަތަ ”ގްރެފިޓީ“ ކުރެހުމުގެ ފަހަތުގައި ވަނީ އޮސްޓްރޭލިއާގެ ”އެންޓި-މޯދީ“ ސިޔާސީ އެކްޓިވިސްޓުންތަކެއްކަމަށް ބުނެ ވާހަކަ ފެތުރުނު ނަމަވެސް، އެ އަމަލުގެ ފަހަތުގައިވަނީ ހިންދޫ ބައެއްކަމަށް ގަބޫލުކުރެވޭކަމަށެވެ. […]

މި ސަރުކާރުން ރާވަމުންދަނީ ކުޑަކުދިންގެ ހިތްތަކުން ގައުމިއްޔަތު ފޮހެލުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ މިއަދު މި ފެންނަނީ ތުއްތު ކުދިންގެ ހިތްތަކުގެ ތެރޭގައި ދިވެހި ބަހަށް ދޭ އިސްކަން ކުޑަކުރުމަށްޓަކައި ސިސްޓަމެޓިކަލީ ކަންކަން ރޭވެމުން ދާތަން ކަމަށާއި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން މަސައްކަތްކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ. “އެއީ ކުޑަކުދިންގެ ހިތްތަކުން ޤައުމިއްޔަތު ފޮހެލުމަށް ހިންގޭ ބޮޑު މަސައްކަތެއް. ނަމަވެސް އަޅުގަނޑު މި ހުށަހަޅަނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނާއި ގައުމާއި ދިވެހި ބަހާއި ތާރީޚާއި ސަގާފަތާއި […]

“ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެ މީހަކަށް ފިޔަވަޅު އަޅާނީ އަޅުގަނޑު“

އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެ މީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.  “އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެއްޔާ އަޅުގަނޑު އިސްވެ އެމީހަކަށް ފިޔަވަޅު އަޅާނަން“ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު […]

އީރާނަކީ ހުޅަނގުގެ ގައުމުތަކަށް ހުރި ބޮޑު ބިރެއްކަމަށް ދެކޭ

މިދިޔަ އަންގާރަދުވަހު އ. ދ. ގެ އާންމު މަޖިލީހުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ތަގްރީރު ކުރައްވަން ފެއްޓެވުމާއެކު ތެހެރާނުގެ ގާތިލޭ ގޮވަމުން އިސްރާއީލުގެ ސަފީރު ޖަލްސާއިން ނިކުމެއްޖެއެވެ.                މިހާރުވެސް އީރާނުން ޖެނެރަލް އެސެމްބްލީގެ ވައިސް ޕްރެޒިޑެންސީގެ ގޮނޑިއެއްފުރުއްވަމުން ގެންދިއުމާއި އަދި މިއަހަރު ނޮވެމްބަރުގައި އ. ދ. ގެ އިންސާނީ ޙައްގުތަކާބެހޭ ކައުންސިލްގެ ސޯޝަލް ފޯރަމްގެ ރިޔާސަތުގެ ގޮނޑީގައިވެސް އިށީންދެ ވަޑައިގަންނަވާނީ އީރާނުގެ މަންދޫބުކަން ފާހަގަކޮށް އިސްރާއީލުން ގެންދަނީ އ. ދ. އަށް ރުޅިގަނޑު ބާލަމުންނެވެ.       […]

އ. ދ. ގެ އާންމު ޖަލްސާގައި ނަތަންޔާހޫއަށް ދޫ އޮޅިއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫއަކީ އީރާނަށް އެކި ފާޑު ފާޑުގެ އިންޒާރު ދިނުމަށް  އާންމު ގޮތެއްގައި އ. ދ. ގެ ޕްލެޓްފޯމް ތަކުގެ ބޭނުންކުރައްވާ ބޭފުޅެކެވެ. ސަބަބުތަކެއްވެސް އޮވެގެންނެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނަހަލާލު ދަރިއަކަށްވީތީއެވެ. ކޮންމެ ވާހައެއް ދެއްކެވިޔަސް ކުށްވެރި ނުވާނެކަން އެނގޭތީއެވެ.  މި ފަހަރު އ. ދ. ގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީރާނާއި ދެކޮޅަށް ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރައްވާފާނެ ކަމުގެ އިންޒާރުވެސް ދެއްވުނީއެވެ.  ކޮންތާކު ހުރި ނިއުކްލިއަރ ހަތިޔާރެއްކަން ވިދާޅުނުވެވެނީސް އެއީ ދޫފުޅު އޮޅިގެން ވިދާޅުވެވުނު […]

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހައިލަމްގެ ތާއީދު މުޢިއްޒަށް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިލަމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި, ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް; އިސްލާމްދީނަށް މި ގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަ ކުރުންތައް ހުއްޓުވަން ޖެހިފައިވާ ކަމަށެވެ. އަދި ދީނީ ވަހުދަތު ގާއިމުކޮށް, އިގުތިސާދީ […]

އަލަށް ވޯޓުލެވޭ 408 މީހުންނާއެކު ދެވަނަ ބުރުގެ ވޯޓާސް ލިސްޓް އާންމުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. ލިސްޓުގައިވާ ގޮތުން ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282,803 އެވެ. އޭގެތެރޭގައި ހިމެނެނީ 144,410 ފިރިހެނުންނާއި 138,394 އަންހެނުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންނަށްވުރެ އިތުރު 408 މީހުންނަށް ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. މި ލިސްޓަކީ ޝަކުވާއަށް ހުޅުވާލުމަށްފަހު ނެރުނު ދާއިމީ […]

ސަޢޫދީ އެރޭބިޔާގެ ބައެއް ގާނޫނުތަކާމެދު ވަލީއަހްދު ލަދުވެތިވެ ވަޑައިގަނޭ!

ސަޢޫދީ އެރޭބިޔާގައި މުސްކުޅިކުރައްވާފައިވާ ޓީޗަރަކު ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެ އެބޭފުޅާ ގެ ޓްވިޓަރ އެކައުން ބައްލަވާ ދިހަ ވަރަކަށް މީހުންނަށް އަމާޒުކޮށް މީގެ ދުވަސަކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގެ މައްސަލައިގާ ޝަރީއަތް ހިންގައި މަރަށް ޙުކުމްކުރުމާގުޅިގެން ބައިނަލް އަގްވާމީ މީޑިއާއިން ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް ސުވާލު ދެންނެވިއްޖެއެވެ. ޖަވާބުގައި ވިދާޅުވީ ސަޢޫދީ އެރޭބިޔާގެ ބައެއް ހަރުކަށި ގާނޫނާ ދެތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ.  ފޮކްސް ނިއުސް އިން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަލީއަޙްދު ވިދާޅުވެފައިވަނީ އެފަދަ ނިންމުންތަކަކީ އަހަރެން ގަބޫލުކުރާގޮތް ނޫންކަމަށާއި އެކަމާއި ދޭތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ. […]