ފައްޅީގެ ފާރުގައި ކުރެހި ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ހިންދޫއިންގެ އަތެއް: އޮސްޓްރޭލިއާ ފުލުހުން

Loading

Facebook
Twitter
WhatsApp

އޮސްޓްރޭލިއާގެ ބްރިސްބޭން ސިޓީގައި ހުންނަ ފަށްޅިއެއްގެ ބޭރު ފާރުގައި ކުރަހާފައިވާ ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ”ހިންދޫއިންގެ އަތެއް“ ކަމަށް ކުއީންސްލޭންޑް ފުލުހުން ހިންގި ތަހުގީގު ރިޕޯޓުން ދައްކައިފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ރޭގައި، އިންޑިއާ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބޭއަދަބީ ކުރެހުންތަކެއް ނުވަތަ ”ގްރެފިޓީ“ ކުރެހުމުގެ ފަހަތުގައި ވަނީ އޮސްޓްރޭލިއާގެ ”އެންޓި-މޯދީ“ ސިޔާސީ އެކްޓިވިސްޓުންތަކެއްކަމަށް ބުނެ ވާހަކަ ފެތުރުނު ނަމަވެސް، އެ އަމަލުގެ ފަހަތުގައިވަނީ ހިންދޫ ބައެއްކަމަށް ގަބޫލުކުރެވޭކަމަށެވެ.

ތަހުގީގީ ފުލުހުން ލަފާކޮށްފައިވަނީ، ހިންދޫއިންގެ ތެރެއިން ބަޔަކު ފައްޅީގެ ވަށައިގެން ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތައް ނިއްވާލުމަށްފަހު އަމިއްލަ ފައްޅީގެ ފާރުތަކުގައި ކުރެހީ ކަމަށެވެ. އަދި އެރޭ އެ އަމަލު ހިންގި ފަރާތުން މާރިޗު 4 ވަނަ ދުވަހު ވިކްޓޯރިއާގައި އޮތް ސިކުންގެ ހިނގާލުމުގައި ހަމަ މި ޒާތުގެ އަމަލުތަކެއް އެ ފަރާތުން ހިންގާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުން އޮސްޓްރޭލިއާގައި ހުންނަ ފައްޅިތަކަށް މިފަދަ ގެއްލުންތަކެއް ދިން ތިން މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާ ސަރުކާރުން ކެނެޑާގައި ތިބި އެންޓި-މޯދީ ސިޔާސީ އެކްޓިވިސްޓުން މަރަމުންދާކަމަށް ބުނެ ކެނެޑާ ސަރުކާރުން އިންޑިއާގެ މައްޗަށް ތުހުމަތުތަކެއް އުފުލާފައިވަނީ ދާދި ފަހުންނެވެ.

މިފަދަ ކަންކަމުން ހާމަވަނީ އިންޑިއާއަކީ އެހެން ގައުމުތަކުގެ ސިޔާދަތީ ބޯޑަރުތަކަށް އިޚްތިރާމްކުރާ ގައުމެއް ނޫންކަމެވެ. އަދި މިނިވަން ގައުމުތަކަށް އެ ގައުމުގެ ޖާސޫސުން ފޮނުވައިގެން ހިތުހުރިހައި ގޮތަކަށް ކަންކަން ކުރަމުންދާ އަޚްލާޤީ މިންގަނޑު ކުޑަ ގައުމެއްކަމެވެ.

މީގެ އިތުރުން، އިންޑީއާގެ މައްޗަށް ކުރެވޭ މިފަދަ ޝައްކުތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ހިތުގައި އުފެދޭ ބޮޑެތި ސުވާލުތައް ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއި ނުލައި އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔުމާއި، ދާޚިލީ މައްސަލަތަކާއި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް އިންޑިއާ ސަރުކާރުން ބާރާއި ނުފޫޒު ފޯރުވަމުން ދާކަމުގެ ވާހަކަތަކަށް ބާރުލިއްބައިދެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް