ކުރު ވާހަކަ: ސުއްޓާ ތައުމީނުކުރުން: (އިންޝުއަރކުރުން)

ވަރަށް ކުޅަދާނަ ވިޔަފާރިވެރިޔަކު އަގު ބޮޑު ސުއްޓާތަކެއް ގަތެވެ. އަދި އެ ސުއްޓާތައް ގެއްލިދާނެތީ ނޫނީ އެއަށް އެއްވެސް ގެއްލުމެއް ލިބިދާނެތީ އެ ސުއްޓާތައް ތައުމީނުކުރިއެވެ.  ތައުމީނުކުރުމުގެ އެއްބަސްވުމުގައި ސުއްޓާތައް އަނދައި ގޮއްސި ނަމަ ވެސް އޭގެ ބަދަލު ދޭނޭ ކަމަށް ތައުމީނުކުރި ކުންފުނިން އެއްބަސްވެފައި އޮތެވެ. އެ އަގުބޮޑު ސުއްޓާތައް ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި ވިޔަފާރިވެރިޔާ ސުއްޓާތައް ބޮއި ހުސްކުރިއެވެ. ދެން ސުއްޓާތައް އަނދައި ހިނގައްޖޭ ބުނެ، ތައުމީނު ކުންފުނީގެ ފަރާތުން ސުއްޓާތަކުގެ ބަދަލު […]

އިންޑިއާގެ މުސްލިމުންނަށް މޯދީގެ ސަރުކާރުން ހަދާލަނީ ޔަހޫދީން ނަތަންޔާހޫ ފަލަސްތީނުގެ ރައްޔަތުންނަށް ހަދާލާގޮތެވެ.

މިސްކިތްތަކުގައި ހުޅުޖެހުމާއި މިސްކިތަކައް ވަދެ ޚަތިމުތަކަށް ގޮރުހެނޑުމާއި ބަންގިގޮވާ ގަޑީގައި ހިންދޫ އެކްސްޓްރީމިސްޓުން މިސްކިތްދޮށަށް އެއްވެ ރާމްރާމް ގޮވާ ތާޅަފިލިން އަޑުގަދަކޮށް ޖެއްސުންކުރުން މިއީ އިންޑިޔާގައި މިހާރު ޢާންމުވެފައިވާ ބަލާވެރި ކަމެކެވެ. މިކަން ހިންގަނީ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެނިފެސްޓޯއިން ބާރުލިބިގެން ހިންދުތުވާ އެކްސްޓްރީމް ބައިގަނޑުންނެވެ. މިބައިގަނޑުގެ ވެރިޔަކީ މިހާރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު މޯދީޖީ އެވެ. އެމީހުންގެ ރުޅިގަނޑު މުސްލިމުންނަށް ބޭލުމުގައި މިހާރު އެވަނީ ހަދައުން ނައްޓާފައެވެ. މަދުރަސާތަށް ބަންދުކުރުމާއި މަގުމަތީން އަންހެނުންގެ ބުރުގާ ދަމައިގެން އޮރިޔާކުރުމާއި ރާމް […]

މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަނުޖެހޭ އިންސާނާ

އިންސާނުންގެ ދަހިވެތިކަމާއި އަމިއްލައެދުން ނިމުމަކަށް އަންނާނީ ކިހާވަރެއް ލިބި ކޮންފަދަ މަގާމުތަކެއް ލިބުނީމާ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުދޭކަށް ހަމަ އެކަކަށްވެސް ނޭންގޭނެއެވެ. އެކަމަކު ލޯމަތީގައި ހާމަވަމުންދާ މަންޒަރުތަކުން ކޮންމެވެސް މިންވަރަކަށް އިބްރަތް ލިބިގަތުމަކީ ރަނގަޅުކަމެވެ.  މައުލޫމާތަށް ޓަކައި މިގެނެސްދެނީ މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަ ނުޖެހޭނެކަން ހާމަކޮށްދޭ މިހާރުގެ އެންމެ ތާޒާ އެއް ޚަބަރެކެވެ.                                 […]

ވޯޓުލާ މީހުންގެ އަދަދު މަދުވުން: މަޖިލިސް އިންތިޚާބަށް އަސަރު ކުރާނެބާ؟

މާލެ ސިޓީގެ މޭޔަރު އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ކަންކަން ހިނގައި ގޮސްފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.  ސަރުކާރުން އިޢުލާނުކުރި ޕްރޮޖެކްޓުތަކާއިއެކު އިންތިޚާބު ދުވަހުގެ ކުރިން ސަރުކާރު އޮފިޝަލުންގެ އުންމީދުތައް ހުރީ އުޖާލާކޮށެވެ. އެހެނީ މިސަރުކާރު ގެނެވިފައިވަނީ ރައްޔަތުންގެ ގިނަބަޔަކު ހެޔޮބަދަލަކަށް ސަރޕޯޓްދީގެނެވެ. ނަމަވެސް ސަރުކާރަށް ދެމަސްނުވަނީސް ރައްޔަތުން ނޫނެކޭ ބުނަންޖެހުނު ސަބަބު ދެނެގަތުމަށް މިވަނީ ބޭނުންވެފައެވެ. ވޯޓުލާން ދިޔަ ރައްޔަތުންގެ 70% ސަރުކާރަށް ނޫނެކޭ މިހާއަވަހަށް ބުނުމަކީ ސަމާސައެއް ނޫނެވެ. އަދި އަމުދުން މާލޭސިޓީގެ ރައްޔަތުންގެ މިފަދަ ނިންމުމަކާއި ކުރިމަތިލާން […]

އިޒްރާޢީލުގެ އަނިޔާތަކަށް ރައްދު ޖަވާބުދޭނަން: ހިޒްބުއްލާ

އޮކްޓޯބަރު 7 ގެ ފަލަސްތީނުން އިޒްރާއީލަށް ޙަމަލާދިނުމުގެ ތިން މަސްދުވަސްކުރިން އިސްރާއީލާއި ލެބަނަން ގުޅޭ ސަރަޙައްދުން އިސްރާއީލުގެ އެތައްހާސް ރައްޔިތުންނެއް ދުރަށް ގެންދިޔައެވެ.  ނަމަވެސް އެ ސަރަޙައްދުގައި ހިޒްބު ﷲ ގެ މިލިޓްރީ ބާރު މާބޮޑަށް ގަދަކުރުމަކީ އިސްރާއީލުން ފުރުސަތުދޭން ބެނުންވާ ކަމެއް ނޫނެވެ. މިހާރުވެސް އިސްރާއީލުން ހިޒްބު ﷲ އަށް އިންޒާރު ދެމުންގެންދަނީ 2006 ގައި ފާސްކުރި އ. ދ. އެއްބަސްވުމާ ޚިލާފު ވަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެނަސް އިސްރާއީލުން ދައްކާ މިފަދަވާހަކަތައް އަޑުއަހާކަށް ބޭނުން ނުވާކަމަށް ހި​ޒްބު ﷲ ބެނެއެވެ. އެމެރިކާއިން އީރާނަށާއި […]

އިސްރާއީލު ތެރެއިން ޙަގީގަތް މިއޮއްގެން ފަޅާ އަރަނީ

ފަލަސްތީނު ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ވިދާޅުވެދެއްވާ ގޮތުގައި އިސްރާޢީލުން ރާވަމުން ގެންދިޔަ ވަރުގަދަ ޙަމަލާއެއް، ކުރިޔާލައި ޙަމާސް ޖަމާއަތަށް އިސްރާއީލު އެތެރެއިން ލީކްވެފައި ވާތީ، ޙަމާސް ޖަމާއަތުން އިސްވެ ކުއްލިއަކަށް ވަރުގަދަ ޙަމަލާއެއްދޭން ފެށީއެވެ. މިހާ ވަރުގަދަކޮށް ހަނގުރާމަ ފަލަސްތީނު މުޖާހިދުން ޖައްސަން ޖެހުނީ އިސްރާޢީލުގެ އަނިޔާވެރި އަޅުވެތި ކުރުމުގެ ރޭވުންތައް ޙަމާސަށް އެނގޭތީއެވެ. ހަމަ އެފަދައިން އިސްރާޢީލަށް ޙަމާސް އިން ޙަމަލާއެއް ރާވާކަން ކުރިޔާލައި އެނގުމާއި އެކު ޒައަނިސްޓުން ބޭނުންވީ ހަމާސް މުޖާހިދުންނަށް ޗާންސް ދީފައި ވަރުގަ ޙަމަލާއެއް ދީ ދެދުވަހު ތެރޭގައި އެމީހުން ބޭނުންވާ ގޮތަށް ޣައްޒާއެކުގައި ހިފާށެވެ. އެގޮތުން އަވަހަށް އަރަބި ގައުމުތައް އިބްރާހީމް […]

ކުރީގެ ރައީސް ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ!

އެމެރިކާގެ 45 ވަނަ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުން އުނިކުރަން ކޮލޮރާޑޯގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އެމެންޑްމެންޓުގެ 3 ވަނަ ސެކްޝަން އަށް ރިޢާޔަތްކޮށް އެމެރިކާގެ އެންމެމަތީ ކޯޓުން ނެރެފައިވާ މި އަމުރަކީ ވަރަށް ތާރީޚީ އަމުރެކެވެ.                  އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި ކޯޓުގެ 4 ފަނޑިޔާރުންގެ ތެރެއިން […]

ރައީސް ޔާމީނަށް ކުރި ހުކުމް “ހަލާލު“ ވީތަ؟

އެވެސް ދުވަހެކެވެ. މިވެސް ދުވަހެކެވެ. ދުނިޔޭގެ ހަގީގަތަކީ އެއްކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ ކަމެވެ. ތިމާ ކައިރީގައި ތިބޭ މީހުން ވެސް ކޮންމެވެސް ސަބަބަކާހުރެ ދޫކޮށްފައިދާނެ ކަމެވެ. ލޯބި ނަފުރަތަށް ބަދަލުވެ މިތުރުވެރިކަން ހަތުރުވެރިކަމަށް ބަދަލުވުމަކީ ދުނިޔޭގެ ގާނޫނެވެ. ދެ ރައީސެއްގެ ދެމެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި އޭގެފަހުން ހިނގައިދިޔަ ކަންތައްތަކަކީ ވެސް މީގެ އެއް ހެއްކެވެ. މިދިޔަ ފަސް އަހަރުގައި ޖަލްސާތަކާއި ޓީވީ ޕްރޮގްރާމުތަކާއި ސޯޝަލްމީޑިއާގެ ޕްލެޓްފޯމުތަކާއި މާލޭގެ މަގުތަކުން އެންމެ ގިނައިން އިވުނު އެއް އަޑަކީ […]

އިސްރާއީލާ ދެކޮޅަށް ބެލްޖިއަމުން ފިޔަވަޅުއެޅުމަށް ޑެޕިއުޓީ ބޮޑުވަޒީރު ގޮވާލައްވައިފި

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕުތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރި ކުރައްވައި, ބެލްޖިއަމުން އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ނިންމައި އެ މައްސަލަ ބަލަން ޖެހޭކަމަށް އެ ގައުމުގެ ޑެޕިއުޓީ ބޮޑުވަޒީރު ޕެޓްރާ ޑި ސަޓާ ވިދާޅުވެއްޖެއެވެ.  ”އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. ބޮން އެޅުމަކީ އިންސާނިއްޔަތާ މުޅިން ޚިލާފުކަމެއް. ހަމަލާތައް ހުއްޓާލުމަށް އެދި ބައިނަލްއަޤްވާމީ ގޮވުންތަކަށް އިސްރާއީލުގެ މާބޮޑު ފަރުވާލެއް ނެތްކަން ވަރަށް ސާފު.“ ޑި ސަޓާ ވިދާޅުވިއެވެ.  އިސްރާއީލުން ޣައްޒާއަށް ދެމުން […]

އިންސާނިއްޔަތަށްޓަކައި ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ބާރުއެޅުން : ބޮޑު ޖޯކެއް!

އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އިސްރާއީލާއި ފަލަސްތީން އާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓުވާލުމަށް ބާރު އެޅުމުގެ ގޮތުން ޚާރިޖީވަޒީރު ބްލިންކެން އިސްރާއީލަށް ވަޑައިގެންފި ކަމަށް ބުނެފިއެވެ. ފަލަސްތީނުން ބުނެފައިވަނީ މިއީ ބޮޑު ޖޯކެއްކަމަށެވެ! މިއީ ހަނގުރާމަ ފެށުނުފަހުން ބްލިންކެން އިސްރާއީލަށް ކުރެއްވި ތިންވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ގައްޒާއަށް އިންސާނީ އެހީ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް ރައީސް ބައިޑަން ކުރައްވަމުންގެންދަވާ މަސައްކަތުގެ ހިއްސާއެއްކަމަށް ވައިޓްހައުސް އިން ބުނެއެވެ.  އެހެންނަމަވެސް ހަނގުރާމަ ހުއްޓުވުމަކަށް ވައިޓްހައުސްއިން ބޭނުމެއްނުވެއެވެ.ރައީސް ބައިޑަން ތަކްރާރު ކުރައްވަމުން ގެންދަވާ ޢިބާރާތަކީ ރަހީނުން ނެރުމަށްޓަކައި ހަމަހިމޭން ހިނދުކޮޅެއް އެބަ ބޭނުން ވެއެވެ. އަދި […]