އިންޑިއާގެ މުސްލިމުންނަށް މޯދީގެ ސަރުކާރުން ހަދާލަނީ ޔަހޫދީން ނަތަންޔާހޫ ފަލަސްތީނުގެ ރައްޔަތުންނަށް ހަދާލާގޮތެވެ.

Loading

Facebook
Twitter
WhatsApp

މިސްކިތްތަކުގައި ހުޅުޖެހުމާއި މިސްކިތަކައް ވަދެ ޚަތިމުތަކަށް ގޮރުހެނޑުމާއި ބަންގިގޮވާ ގަޑީގައި ހިންދޫ އެކްސްޓްރީމިސްޓުން މިސްކިތްދޮށަށް އެއްވެ ރާމްރާމް ގޮވާ ތާޅަފިލިން އަޑުގަދަކޮށް ޖެއްސުންކުރުން މިއީ އިންޑިޔާގައި މިހާރު ޢާންމުވެފައިވާ ބަލާވެރި ކަމެކެވެ.

މިކަން ހިންގަނީ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެނިފެސްޓޯއިން ބާރުލިބިގެން ހިންދުތުވާ އެކްސްޓްރީމް ބައިގަނޑުންނެވެ. މިބައިގަނޑުގެ ވެރިޔަކީ މިހާރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު މޯދީޖީ އެވެ.

އެމީހުންގެ ރުޅިގަނޑު މުސްލިމުންނަށް ބޭލުމުގައި މިހާރު އެވަނީ ހަދައުން ނައްޓާފައެވެ. މަދުރަސާތަށް ބަންދުކުރުމާއި މަގުމަތީން އަންހެނުންގެ ބުރުގާ ދަމައިގެން އޮރިޔާކުރުމާއި ރާމް ރާމް ކިޔަން މަޖުބޫރުކުރުވައި އަނިޔާކުރުން ޢާންމު ކޮށްފިއެވެ.

މީގެ 15 ވަރަކަށް ކުރިން އިންޑިއާގެ އެއްވެސް ސަރުކާރެއްގެ ޕޮލިސީއެއް ތަންފީޒްކުރުމަށް އިންޑިއާގެ ބޮޑުވަޒީރަކު ނުވަތަ ސަރުކާރަކުން ޖުމްލަގޮތެއްގައި މުސްލިމުން ނުވަތަ އިންޑިއާގައި އުޅޭ އެހެން ދީންދީނުގެ މީހުނާއި ދޭތެރޭވެް ކަންތައްތައް ކޮށްފައިވާ ގޮތެއްނޫނެވެ.

މިހާރުގެ ބޮޑުވަޒީރު މޯދީޖީ އަކީ ވެރިކަމަށް އައުުމުގެ ކުރިން ދުނިޔެ ދަންނަ ނުރައްކާތެރި ޓެރެރިސްޓް އެކެވެ. ގޫގުލް ސާރޗްކޮށްލުމުންވެސް އިންޑިއާގެ އެންމެ ވޯންޓަޑް 10 ޓެރެރިސްޓުންގެ ލިސްޓްގައި މޯދީޖީ ހިމެނެއެވެ. އޭނާވަނީ އެމެރިކާގެ ޓެރެރިސްޓް ލިސްޓްގައިވެސް ޢިއުލާނުކުރެވި އަދި އެމެރިކާއަށާއި ޔޫރަޕްގެ ގިނަ ގައުމުތަކަށް އެރުން މަނާ ލިސްޓަށްވެސް ލެވިފައެވެ. 

ޓެރެރިސްޓް މޯދީޖީ އިއްޒަތްތެރި އެކްސެލެންސީއަކަަށް ބަދަލުވެފައިވަނީ އޭނާއަށް އިންޑިއާގެ ބޮޑުވަޒީރުކަން ލިބުމަށްފަހުގައެވެ. އެހެނަސް އޭނާ ހިންގާފައިވާ ޓެރެރިސްޓް ޢަމަލުތަކަކީ ހިތުން ފުހެލެވެންނެތް ކާރިސާތަކެއް ކަމުގައި މިއަދުވެސް އިންޑިއާގެ މުސްލިމުން ގޮވަމުން ދެއެވެ. 

މޯދީޖީގެ ޗީފް މިނިސްޓަރުކަމުގެ ދަށުގައި އިންޑިއާގެ އަޔޯދީގައި އޭނާ އިސްވެހުރެ ހިންގި ގަތުލު ޢާންމުގައި އެތަކެއް ހާސް މުސްލިމުންގެ ގެދޮރުގައި ހުޅުޖަހާ އަތުޖެހުނުގޮތަކަށް ކަތިލާ މަރާފައިވެއެވެ. މިއީ މޯދީޖީގެ ހިސްޓްރީއެވެ. 

ދެން މިއަދު އެންމެގެ ގާތް އެކުރިޔެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް އެބޮޑު އިންޑިއާގެ ބޮޑުވަޒީރަކަށް މޯދީޖީ ވުމަށްފަހު އިންޑިއާގެ މުސްލިމުންނަށް އެނާ އާއި އޭނާގެ ޕާޓީގެ އެކްސްޓްރީމިސްޓުން އެ އޮންނަ ނަފްރަތެއްް ފިލާދާގޮތް މިވަނީ ނުވެފައެވެ. 

ދުނިޔޭގެ ޓެރަރިސްޓް ލިސްޓުން އޭނާ ސަލާމަތްވެފައި ވިޔަސް އޭނާގެ ވިސްނުމާއި ފިކުރު ހުރީ އިޒްރޭލުގެ އެކްސްޓްރީމިސް ޒައަނިސްޓް ބޮޑުވަޒީރު ނަތަންޔާހޫގެ ފަނާކުރަނިވި ސިޔާސަތުކަން އާނާ މިދަނީ އަބަދުމެ ޢަމަލުން ދައްކަމުންނެވެ.

މިއަދުގެ ވާހަކައެވެ. އިޑިޔާގެ ބޯޕާލްގެ  މުސްލިމު ޢާއިލާތަކުގެ  268 ގެދޮރު މީނާގެ ފަނާކުރަނިވި ފޯސް ފޮނުވައިގެން މިވަނީ ބުލްޑޯޒަރުން ތަޅާ ބިމާހަމަކޮށްލައިފިއެވެ.

މި ޖަރީމާ ހިންގީ މޯދީޖީގެ 500 ސިފައިން އެޖަރީމާ ރާވާ ހިންގަން ތިބެގެންނެވެ. އެ ނިކަމެތި މުސްލިމުންނަށް ރެކެވޭނެ ގޮތެއްވެސް ނުދައްކައި މަގުތައް ބަންދުކުރުމަށް ފަހުގައެވެ.  އެ ގެތަކުގައި ޒަމާނުންސުރެދިރި އުޅެމުން ދިޔަ  މުސްލިމުން މި ވަގުތު ތިބީ  ބޯހިޔާ ވަހިކަން  ހޯދުމަށްދާނެ ތަނެއް ނެތި ތަކެއްޗާއެކު މަގުމަތި ކޮށްލާފައެވެ.  

އިންޑިޔާގެ މުސްލިމުންނަށް ވެސް، ބީޖޭޕީ އިންޑިއާގެ ވެރިކަމަށް އިސްވިފަހުން ދިމާވެފައިވަނީ ފަލަސްޠީނުގެ ރަޢިއްޔަތުންނަށް ވެސް ދިމާވަމުން ދާކަހަލަ ދާދި އެއްގޮތް  ކަންބޮޑުވާންޖެހޭ ޙާލަތެއް ކަމުގައިއިންޑިއާގެ މުސްލިމުން ބުނެއެވެ.

އިންޑިއާގައި މުޣުލް އެމްޕަޔަރ މުސްލިމުންގެ ވެރިކަން އެތަކެއް ސަތޭކައަހަރު ވެގެންދިޔައިރުވެސް ހިންދޫނާއި ސިކުންނާއި ކްރިސްޓިއަނުންނަށް މިފަދަ އުދަގުލާއި ދުއްތުރާލާއި ޖަރީމާތައް ހިންގައިފާނުވާކަމީ ޙަގީގަތެކެވެ. 

ސުވާލަކީ އިންޑިއާ އަކީ ހިންދޫ ސްޓޭޓެއްކަން ދެއްކުމަށްޓަކައި މޯދީޖީގެ ސަރުކާރުން ޚާއްސަގޮތެއްގައި މުސްލިމުންނަށް އަނިޔާވެރިވެ ޑީގްރޭޑް މިކުރަނީ ކީއްވެބާވައެވެ. އިންޑިއާއަކީ މިހާރުވެސް 204 މިލިއަން މުސްލިމުން ދިރިއުޅޭ ގައުމެކެވެ.

Loading

2 Responses

  1. މުސްލިމުންގެ ބަލިކަށި ކަމަކީ ޝަހާދަތުގެ ފެހި ދިދަ ގެންގުޅޭ ގައުމުގެ ބަލިކަށިކަމެވެ. ޔަޢުނީ އެގައުމުގެ ލީޑަރުންގެ ލޯބި އުންމަތަށް ނެތުމެވެ. ދުނިޔޭގެ އުފަލާއި އަރާމަށްގޮސް ގެއްލުނީމާ ދެން މުސްލިމުގެ ދުޝްމަނުން ބޭނުންގޮތަކަށް މުސްލިމުން މަރާނެތާއެވެ. ވަރަށް ދެރައެވެ. މުސްލިމު ގައުމެއްވިއްޔާ މިއޮންނަނީ އިޒްރޭލުގެ ބައްޕަ އެމެރިކާ އަށް ވިކިފައެވެ. ކާންވެސް ބޯންވެސް ލާންވެސް ބޭނުވަނީ އެމެރިކާގެ ޔަހޫދީ ބްރޭންޑް ތަކެވެ. ދައްކާނީ އުންމަތީ އުންމަތީގެ ވާހަކައެވެ.

  2. Miadhu faranjeen muslimunnah kithamme aniyaaeh dhee gellumeh dhee ebaiganduge aaraai baaru dhekkias Aakhirathugaa muslimunnah maaiy ALLAH dhevvaa nasrakee hithah ves gennan neyngeyne ufaaveri nasreh hiyhamajehumeh maaiy niumatheh,
    Edhuvahun faranjeen saharoaey heevaane, INSHAA,ALLAH,
    Muslimunnah nasraai kaamiyaabu dhedhuniyeygaa ves minvaru kuravvaashi, AAMEEN.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް