އިސްރާއީލާ ދެކޮޅަށް ބެލްޖިއަމުން ފިޔަވަޅުއެޅުމަށް ޑެޕިއުޓީ ބޮޑުވަޒީރު ގޮވާލައްވައިފި

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕުތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރި ކުރައްވައި, ބެލްޖިއަމުން އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ނިންމައި އެ މައްސަލަ ބަލަން ޖެހޭކަމަށް އެ ގައުމުގެ ޑެޕިއުޓީ ބޮޑުވަޒީރު ޕެޓްރާ ޑި ސަޓާ ވިދާޅުވެއްޖެއެވެ.  ”އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. ބޮން އެޅުމަކީ އިންސާނިއްޔަތާ މުޅިން ޚިލާފުކަމެއް. ހަމަލާތައް ހުއްޓާލުމަށް އެދި ބައިނަލްއަޤްވާމީ ގޮވުންތަކަށް އިސްރާއީލުގެ މާބޮޑު ފަރުވާލެއް ނެތްކަން ވަރަށް ސާފު.“ ޑި ސަޓާ ވިދާޅުވިއެވެ.  އިސްރާއީލުން ޣައްޒާއަށް ދެމުން […]

އިންސާނިއްޔަތަށްޓަކައި ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ބާރުއެޅުން : ބޮޑު ޖޯކެއް!

އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އިސްރާއީލާއި ފަލަސްތީން އާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓުވާލުމަށް ބާރު އެޅުމުގެ ގޮތުން ޚާރިޖީވަޒީރު ބްލިންކެން އިސްރާއީލަށް ވަޑައިގެންފި ކަމަށް ބުނެފިއެވެ. ފަލަސްތީނުން ބުނެފައިވަނީ މިއީ ބޮޑު ޖޯކެއްކަމަށެވެ! މިއީ ހަނގުރާމަ ފެށުނުފަހުން ބްލިންކެން އިސްރާއީލަށް ކުރެއްވި ތިންވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ގައްޒާއަށް އިންސާނީ އެހީ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް ރައީސް ބައިޑަން ކުރައްވަމުންގެންދަވާ މަސައްކަތުގެ ހިއްސާއެއްކަމަށް ވައިޓްހައުސް އިން ބުނެއެވެ.  އެހެންނަމަވެސް ހަނގުރާމަ ހުއްޓުވުމަކަށް ވައިޓްހައުސްއިން ބޭނުމެއްނުވެއެވެ.ރައީސް ބައިޑަން ތަކްރާރު ކުރައްވަމުން ގެންދަވާ ޢިބާރާތަކީ ރަހީނުން ނެރުމަށްޓަކައި ހަމަހިމޭން ހިނދުކޮޅެއް އެބަ ބޭނުން ވެއެވެ. އަދި […]

ވަކި ހިސާބަކުން އެކަކުވެސް ސަލާމަތެއް ނުވާނެ – ހޫތީން

ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިގެ ތެރެއަށް ޔަމަނުން ވަދެއްޖެއެވެ. އީރާނުގެ މަދަދު ލިބެމުންދާ ޔަމަނުގެ ހޫތީން ޖަމާޢަތް ނިސްބަތް ކުރެވޭ އެކްސިސް އޮފް ރެޒިސްޓެންސުގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓެލިވިޒަން މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނަށް ކާމިޔާބު ހޯދާދިނުމަށްޓަކައި ހޫތީން އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާދޭނެކަމަށެވެ.  މިހާތަނަށް ދީފައިވާ ބެލިސްޓިކް މިސައިލް ޙަމަލާއަށް ވުރެން އަދި މާގިނަ ޙަމަލާއާއި އިސްރާއީލުން ކުރިމަތިލާން ޖެހޭނޭކަމަށެވެ. ހޫތީންގެ މި ބަޔާނުން ސަޢޫދީ އެރޭބިޔާވެސް މޭކަރުވާލައިފި ކަމަށް ބުނެއެވެ. ޔަމަނު ހަނގުރާމައިގާވެސް ހޫތީން ވަނީ ސަޢޫދީ އެރޭބިޔާގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް މިސައިލް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް […]

އިސްރާއީލު ސިފައިންނަށް ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާ

ބިޒްނަސް އިންސައިޑަރުން މިއަދު ޚަބަރު ދީފައިވާގޮތުގައި އިސްރާއީލުގެ ސިފައިން އެއްގަމުމަގުން ގައްޒާއަށް އަރާގަންނަމުން ދާއިރު އެމީހުންނަށް ކޮންމެހެން ބޭނުން ތަކެތި އިސްރާއީލު ސަރުކާރުން ފޯރުކޮށް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާކަމަށް ރިޕޯރޓްތަކުގައި ބުނެފާވެއެވެ. މިހާރުވެސް އިސްރާއީލު ސިފައިންގެ އެތައް ހާސް ބަޔަކު އިސްރާއީލާއި ގައްޒާ އިންވެފައިވާ ސަރަޙައްދުގައި އޯޑަރުގެ އިންތިޒާރުގައި މަޑުކޮށްގެން އެބަތިއްބެވެ. ގައްޒާއަށް އެއްގަމު މަގުން އަރާގަތުމަށް އަމުރު ނުލިބެނީސް ސިފައިން ތައް އަވަހަށް އެ ސަރަހައްދަށް ޖަމާވާން އެންގިއިރު ތައްޔާރުވާނެ ފުރުސަތުވެސް ނުލިބުނު […]

ޙިޒްބުއްލާ ސިފައިންނާއި އަސްރާއީލް ސިފައިންގެ ކުރިމަތިލުން

އިއްޔެ ހަވީރުގެ ވަގުތެއްގައި ލުބުނާނަށް ނިސްބަތްވާ އެތައްހާސް ހަޒްބުއްލާޖަމާއަތުގެ ސިފައިންނާއި އިސްރާއީލް ސިފައިންގެ ކުރިމަތިލުމެއް ހިންގައި ބަޑީގެވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ. ލުބުނާނުގެ ހަޒްބުﷲ ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުން އެދުވަހުގެ ކުރީގެ ވަގުތުތަކުގައި ދިން ހަމަލާތަކުގައި އެ ޖަމާޢަތަށް ނިސްބަތްވާ ތިން މީހަކު ޝަހީދުކޮށްލާފަ ވާކަމަށާއި، މި ހަމަލާތައް ވަރުގަދަވެ ބޮޑު ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެން ދިޔުމުގެ ބިރު އުފެދިފައި ވާކަމަށެވެ.  ޙިޒްބުﷲ އިން މި ހަމަލާތަކުގެ ރައްދެއްގެ ގޮތުން އިސްރާއީލުގެ ގިނަ އަސްކަރީ ޕޯސްޓުތަކަށް ހަމަލާ އަމާޒުކޮށްފައި ވާއިރު، އިސްރާއީލުގެ ޑެޕިއުޓީ ކޮމާންޑޯއެއްވެސްމަރާލާފައިވެއެވެ.  ދެފަރާތުގެ ހަމަލާތައް އިތުރުވެ ހޫނުވަމުން ދާއިރު، އިސްރާއީލް- ލުބުނާން ބޯޑަރުގައި ޙިޒްބުﷲގެ އަސްކަރީ ސިފައިން ހަރަކާތްތެރިވާ މިންވަރު […]

މިނިވަންކަމާ ދިމާއަށް އެޅުނު ފިޔަވަޅެއް، ހަނގުރާމަ ދާނީ ކުރިއަށް!

ބޭރުގެ އަސްކަރީ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ގޮވާލައި ރެއާއި ދުވާލު މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ދިޔަ ގިނަ ދިވެހިރައްޔިތުންގެ މަސައްކަތަށް ނަޞްރު ލިބިއްޖެއެވެ. އެމީހުން ކުރަމުންދިޔަ އާދޭހާއި، ކުރަމުންދިޔަ ދުޢާތައް ހިންމަވައިދެއްވައިފިއެވެ. އެހެންނަމަވެސް، މިއީ އިންޑިއާގެ އަސްކަރީ ބާރާއި ދެކޮޅަށް ކުރިއަށްދާ ސިޔާސީ އަދި ޤާނޫނީ ހަނގުރާމައިގެ ފެށުމެވެ. މިހާރު ދެން އިންޑިއާ ސަރުކާރުން މަސައްކަތް ކުރާނީ، އެގައުމުގެ ސަރުކާރާއެކުގައި އެމްޑީޕީއާއި އަދާލަތުން ހަދައިގެން އުޅޭ ސިއްރު އެއްބަސްވުންތަކުގައި ހިމަނާފައިވާ މާއްދާތައް ބޭނުންކޮށްގެން ގާނޫނީގޮތުން ދިވެހީންނަށް ގޮންޖަހައި، ދިވެހިރައްޔިތުންގެ […]

ގުޅުނީ ޝަރުތެއްނެތި ބޭނުންވަނީ 2 މިނިސްޓްރީ އާއި އެތަކެއް މަގާމެއް!

އެމް.އެން.ޕީ އިން ޕީ.އެން.ސީ. ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި ދެވަނަ ރައުންޑްގައި ގުޅުނީ ލަދުގަންނަވަރުގެ ބަލިވުމަކުން އެޕާޓީ ރައްޔަތުން ގަބޫލު ނުކޮށް ބަލިކޮށްލުމަށް ފަހުގައެވެ. ރިޔާސީ ރޭހުގައި އެޕާޓީއަށް ލިބިފައިވަނީ 0.86% އެވެ. އެއީ  1879 ވޯޓެވެ. ލަދުން އަވަދިވާވަރުގެ ދަށް ނަތީޖާއެކެވެ. އެހެނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރއެވެ. އަދި ރައީސް ޔާމީނާ ޗެލެންޖް ކުރެއްވުމަށްފަހު އުފެއްދެވި ޕާޓީއެއްވެސް މެއެވެ. ދެން ތިއްބެވީވެސް ހަމަ އެހާމެ ފުންނާބު އުސްކަމަށް ވިދާޅުވި ބައެކެވެ.  މިސާލަކަށް ކުރީގެ ވާނުވާޖެހުމުގެ މާހިރު ސީ.ޕީ ރިޔާޒް […]

ފައްޅީގެ ފާރުގައި ކުރެހި ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ހިންދޫއިންގެ އަތެއް: އޮސްޓްރޭލިއާ ފުލުހުން

އޮސްޓްރޭލިއާގެ ބްރިސްބޭން ސިޓީގައި ހުންނަ ފަށްޅިއެއްގެ ބޭރު ފާރުގައި ކުރަހާފައިވާ ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ”ހިންދޫއިންގެ އަތެއް“ ކަމަށް ކުއީންސްލޭންޑް ފުލުހުން ހިންގި ތަހުގީގު ރިޕޯޓުން ދައްކައިފިއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ރޭގައި، އިންޑިއާ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބޭއަދަބީ ކުރެހުންތަކެއް ނުވަތަ ”ގްރެފިޓީ“ ކުރެހުމުގެ ފަހަތުގައި ވަނީ އޮސްޓްރޭލިއާގެ ”އެންޓި-މޯދީ“ ސިޔާސީ އެކްޓިވިސްޓުންތަކެއްކަމަށް ބުނެ ވާހަކަ ފެތުރުނު ނަމަވެސް، އެ އަމަލުގެ ފަހަތުގައިވަނީ ހިންދޫ ބައެއްކަމަށް ގަބޫލުކުރެވޭކަމަށެވެ. […]

ސަޢޫދީ އެރޭބިޔާގެ ބައެއް ގާނޫނުތަކާމެދު ވަލީއަހްދު ލަދުވެތިވެ ވަޑައިގަނޭ!

ސަޢޫދީ އެރޭބިޔާގައި މުސްކުޅިކުރައްވާފައިވާ ޓީޗަރަކު ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެ އެބޭފުޅާ ގެ ޓްވިޓަރ އެކައުން ބައްލަވާ ދިހަ ވަރަކަށް މީހުންނަށް އަމާޒުކޮށް މީގެ ދުވަސަކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގެ މައްސަލައިގާ ޝަރީއަތް ހިންގައި މަރަށް ޙުކުމްކުރުމާގުޅިގެން ބައިނަލް އަގްވާމީ މީޑިއާއިން ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް ސުވާލު ދެންނެވިއްޖެއެވެ. ޖަވާބުގައި ވިދާޅުވީ ސަޢޫދީ އެރޭބިޔާގެ ބައެއް ހަރުކަށި ގާނޫނާ ދެތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ.  ފޮކްސް ނިއުސް އިން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަލީއަޙްދު ވިދާޅުވެފައިވަނީ އެފަދަ ނިންމުންތަކަކީ އަހަރެން ގަބޫލުކުރާގޮތް ނޫންކަމަށާއި އެކަމާއި ދޭތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ. […]

އެކުވެރި ދައުލަތުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް އަލްޖީރިއާއިން ގޮވާލައިފި

އެކުވެރި ދައުލަތްތަކުގެ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ފުރިހަމައަށް ބައިވެރިކުރުމަށް ފެނޭތޯ ބެލުމަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދް ތައްބޫން އެކުވެރި ދައުލަތްތަކަށް ގޮވާލައްވައިފިއެވެ. އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އެކުވެރި ދައުލަތްތަކުގެ 78 ވަނަ އާންމު ޖަލްސާގައި އަންގާރަ ދުވަހު ދެއްވި ޚިޠާބުގައި ތައްބޫން ވަނީ ދާޚިލީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން، އޭނާވަނީ ފަލަސްތީނުގެ މައްސަލައަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަރަބި ގައުމުތަކުގެ ސުލްޙަވެރިކަމަށް އަލްޖީރިއާއިން ދޭ އެއްބާރުލުމުގެ […]