ޙިޒްބުއްލާ ސިފައިންނާއި އަސްރާއީލް ސިފައިންގެ ކުރިމަތިލުން

Loading

Facebook
Twitter
WhatsApp


އިއްޔެ ހަވީރުގެ ވަގުތެއްގައި ލުބުނާނަށް ނިސްބަތްވާ އެތައްހާސް ހަޒްބުއްލާޖަމާއަތުގެ ސިފައިންނާއި އިސްރާއީލް ސިފައިންގެ ކުރިމަތިލުމެއް ހިންގައި ބަޑީގެވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.

ލުބުނާނުގެ ހަޒްބުﷲ ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުން އެދުވަހުގެ ކުރީގެ ވަގުތުތަކުގައި ދިން ހަމަލާތަކުގައި އެ ޖަމާޢަތަށް ނިސްބަތްވާ ތިން މީހަކު ޝަހީދުކޮށްލާފަ ވާކަމަށާއި، މި ހަމަލާތައް ވަރުގަދަވެ ބޮޑު ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެން ދިޔުމުގެ ބިރު އުފެދިފައި ވާކަމަށެވެ. 

ޙިޒްބުﷲ އިން މި ހަމަލާތަކުގެ ރައްދެއްގެ ގޮތުން އިސްރާއީލުގެ ގިނަ އަސްކަރީ ޕޯސްޓުތަކަށް ހަމަލާ އަމާޒުކޮށްފައި ވާއިރު، އިސްރާއީލުގެ ޑެޕިއުޓީ ކޮމާންޑޯއެއްވެސްމަރާލާފައިވެއެވެ. 

ދެފަރާތުގެ ހަމަލާތައް އިތުރުވެ ހޫނުވަމުން ދާއިރު، އިސްރާއީލް- ލުބުނާން ބޯޑަރުގައި ޙިޒްބުﷲގެ އަސްކަރީ ސިފައިން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ޙިޒްބުﷲއިން މަސައްކަތްވަނީ ފަށާފައެވެ. އެޖަމާޢަތަކީ އީރާނުގެ ފުރިހަމަ އެއްބާރުލުމާއި އެނހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް