އިސްރާއީލު ސިފައިންނަށް ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާ

Loading

Facebook
Twitter
WhatsApp

ބިޒްނަސް އިންސައިޑަރުން މިއަދު ޚަބަރު ދީފައިވާގޮތުގައި އިސްރާއީލުގެ ސިފައިން އެއްގަމުމަގުން ގައްޒާއަށް އަރާގަންނަމުން ދާއިރު އެމީހުންނަށް ކޮންމެހެން ބޭނުން ތަކެތި އިސްރާއީލު ސަރުކާރުން ފޯރުކޮށް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާކަމަށް ރިޕޯރޓްތަކުގައި ބުނެފާވެއެވެ.

މިހާރުވެސް އިސްރާއީލު ސިފައިންގެ އެތައް ހާސް ބަޔަކު އިސްރާއީލާއި ގައްޒާ އިންވެފައިވާ ސަރަޙައްދުގައި އޯޑަރުގެ އިންތިޒާރުގައި މަޑުކޮށްގެން އެބަތިއްބެވެ. ގައްޒާއަށް އެއްގަމު މަގުން އަރާގަތުމަށް އަމުރު ނުލިބެނީސް ސިފައިން ތައް އަވަހަށް އެ ސަރަހައްދަށް ޖަމާވާން އެންގިއިރު ތައްޔާރުވާނެ ފުރުސަތުވެސް ނުލިބުނު ކަމަށާއި  މިހާރު ކޮންމެހެން ބޭނުންވާ ޖަނގިޔާފަދަ އެއްޗެހިވެސް ހޯދަންޖެހެނީ މީހުންގާތު ކިޔައި އާދޭސްކޮށްގެންކަމަށް އެ ރިޕޯރޓުގައި ބުނެފައިވެއެވެ.

އެމީހުންނަށް ބޭނުންވާ އެއްޗެހި ފޯރުކޮށްދޭނެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ޖަމާއަތަކުން ވާހަކަދެއްކި އެޓާއިލާމް ރިމާރ ބުނެފައިވާ ގޮތުގައި އާންމު ގޮތެއްގައި ސިފައިންނާ ހަމަޔަށް ޖަނގިޔާއެއް ނުވަތަ ކޮނޑުކެނޑިއެއް ފޯރުކޮށްދެވޭއިރު އަގު އުޅެނީ 800 ވަރަކަށް ޝެކެލް ( ގާތްގަނޑަކަށް 200 ) ވަރަކަށް އެމެރިކާ ޑޮލަރަށެވެ. 

އެހެން ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ އޭޖެންސީ އެއްގެ ފަރާތުން ވާހަކަދެއްކި މާޔާ އަރްމޯން ބުނިގޮތުގައި ސިފައިން އަތުގައި ކޮނޑުކެނޑިއާއި ޖަނގިޔާއާއި ބޮލުގައި އަޅާތޮތްޕާ ކަކުލުގައި އަޅާބޭންޑު ފަދަ އެއްވެސް އެއްޗެއް ނެތެވެ. 

އިސްރާއީލު ސަރުކާރު ބޮއްސުންލާފައި އޮތް މިންވަރު މިކަމުންވެސް ވަރަށްރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. އަހަރެމެންނަށް ވީ ވަރަކުން ވީގޮތަކުން ސިފައިންނަށް ބޭނުންވާ އަސާސީ އެއްޗެހި ފޮނުވަން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާއީރު ސަރުކާރު އޮތީ ނިދިބުރަކައިފައެވެ. 

އިސްރާއީކުގެ އާންމު ރައްޔިތެއްގެ ޙައިސިއްޔަތުން މިކަމާ ލަދުގަންނަން ޖެހޭ ކަމަށްވެސް އޭނާ ބުންންޏެވެ.  އެހެން ގައުމުތަކުން އަންނަ ފަސިންޖަރުން މެދުވެރިކޮށްގެންވެސް އެފަދަ ތަކެތި ގެނެވޭތޯ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެން. ޕީ. އާރް. ( ނޭޝަނަލް ޕަބްލިކް ރޭޑިއޯ ) ގެ ޕްރޮޑިއުސަރ ލިޒް ބޭކަރ ބުނެފައިވާގޮތުގައި އޭނާ ބޮސްޓަނުން ޓެލް އަވީވަށް ދާންވެގެން އެއަރޕޯރޓަށް އައިއިރު އެތަނުގައިވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެއްޗެހި ފޮނުވުމަށްޓަކައި ފަސިންޖަރުންގެ ކިބައިން އެތައްބަޔަކުގާތު އާދޭސް ކުރަމުން ގެންދިޔައެވެ.                                                       

ހިލޭ ސާބަހަށް މަސައްކަތްކުރާ އޭޖެންސީއެއްގެ ފަރާތުން ވާހަކަދެއްކި މިޝަލް ގޭވާ ކިޔާމީހަކު އެން. ޕީ. އާރް. އަށް ބުނެފައިވާ ގޮތުގައި މައްސަލަ އުޅެނީ ހަމައެކަނި އަހަރެމެންގެ އިންޓެލިޖެންސް އާއި ބޭހޭ އިދާރާތަކުގައި ނޫންކަމަށާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަންތައް ކުރުމުގައި ރަނގަޅު އިންތިޒާމެއް ރޭވިފައި ނެތްކަން މި ހަނގުރާމައިން ވަރަށް ރީތިކޮށް އެނގިގެން ހިނގައްޖެ ކަމަށެވެ.                               

ޖުވިޝް ޓެލިގްރާފިކް އޭޖެންސީން ބުނެފައިވަނީ ހަނގުރާމައިގެ މައިދާނުން ޒަޚަމްވެގެން އަންނަ މީހުންނަށް ލޭ ހަދިޔާ ކުރުމަށާއި އެހެނިހެން އެހީތައް ފޯރުކޮށް ދިނުމަށްޓަކައި އާންމު ރައްޔިތުންގެ ގެތައްވެސް ވަނީ ހުޅުވާލާފައި ކަމަށެވެ.                                                                 

އިސްރާއީލުގެ ޑިފެންސް ފޯސް ( އައި. ޑީ. އެފް. ) އިން ބުނަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި ސިފައިންނަށް ބޭނުންވާ ހުރިހާ ކަމެއް އޮންނާނީ ފުރިހަމަ ކޮށްދީ އަދި އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖައްސާފައި ކަމަށެވެ.

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ރޭގެވަގުތެއްގައި ވަގަށް ގާޒާއަށް ވަދެގަނެ އަތުލައިގެންފާވާ އިސްރޭލުގެ މީހުން ސަލާމަތްކުރަން އުޅުނު އެތަކެއް ސިފައިންވަނީ ޙަމާސްގެ ހަނގުރާމެވެރީން މަރާލައިފައެވެ.                                                                    

Loading

6 Responses

  1. ވަގުތުން ޔަހޫދީން މަރާ ހުސް ކުރަންވީ މާލަސްވެއްޖެ އިރާދަ ކުރެވިއްޔާ ކާމިޔާބުވާނެ . إن شاء الله

    1. ފައިސަލް ލިޔެފާ ހުންނަ އެއްޗެތި ކިޔާބަލަ. ދިވެހި ބަސް ލިޔެކިޔަން ނުދަންނަންޏާ ވާނީ ތިހެނެވެ. ދިވެހި ބަހުން ކޮމެންޓެއްވެސް ކޮށްލާން ނޭގެންޏާވެސް ކިހިނެއް ދިވެހިބަހުން ލިޔެފާ ހުންނަ އެއްޗެއް ފަހުމްވާނީ ؟ ސަންދާނުގެ ބޭރުގެ ޚަބަރުތަކުގެ ލިޔުންތައް އެހެން މީޑިޔާއަށްވުރެ މާ އޮށްޓަރެވެ.

  2. މާތްﷲގެ ނަޞްރަކީ ނުހަނު ގާތުގައިވާ އެއްޗެކެވެ.އާޚިރުގައި ކާމިޔާބު ލިބޭނީ މުސްލިމުންނަށް إن شاء الله ފަލަޞްޠީނުގެ ހިއްވަރުގަދަ މުޖާހިދުންނަށާއި މުސްލިމުއަޚުންނާއި އުޚުތުންނަށް އަވަސް ނަޞްރެއް މިންވަރު ކުރައްވާށި آمين يا رب العالمين

  3. ފައިސަލްގެ ކޮމެންޓާގުޅޭ ގޮތުން ދަންނަވާލަން ބޭނުންވެއެވެ. އަޅުގަނޑަކީވެސް އާންމުކޮށް ސަންދާނުގެ ލިއުންތައް ކިޔާ މީހަކީމެވެ. ފަލަސްތީން އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ޚަބަރުތަކާއި އަދި އެކަމާ ގުޅުންހުރި ޚަބަރުތައްވެސް ސަންދާނުން ކިޔަމެވެ. ސަންދާނުން އެއްވެސް އިރެއްގައި އިސްރާއީލަށް ތާއީދެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އެހެންނަމަވެސް ސަންދާނުން މައުލޫމާތާއި ޚަބަރު ގެނެސްދޭއިރު އެ ޚަބަރުގައި ހިމެނޭ ފަރާތްތަކުން ބުނާ އެއްޗެއްވެސް ގެނެސްދޭނެއެވެ. ސަންދާނުގެ މޮޓޯއަކީވެސް އެއީއެވެ. މައުލޫމާތާއި ޚަބަރު ގެނެސްދިނުމުގައި ދިވެހިން މިހާރަކަށް އައިސް ބުނެއުޅޭ ބަހުރުވައިންނަމަ ދެފުށްފެންނަ ގޮތެއްގައި އެމައުލޫމާތު ގެނެސް ދެވޭތޯ މަސައްކަތް ކުރާތަން ފެނެއެވެ. ހަގީގަތް ހާމަކުރުމަކީ އެއީ އެވެ.
    ފައިސަލްގެ ކޮމެންޓަށް އަޅުގަނޑު ރައްދު ދިނީ ކަމަށް ހީނުކުރެއްވުން އެދެމެވެ. އެހެންނަމަވެސް ސަންދާނު ކިއުއްވުމުގައި ސަންދާނުގެ މޮޓޯ ދެނެގަތުން ރަނގަޅުވާނެއެވެ. ސަންދާނަކީ ހަމަހަމަގޮތެއްގައި ޚަބަރުތައް ގެނެސްދެވޭތޯ މަސައްކަތްކުރާ ނޫހެކެވެ.
    ފައިސަލްގެ ކޮމެންޓާ ގުޅިގެން ސަންދާނުގެ އެޑިޓަރ އިތުރަށް ވިސްނަވާނެކަމަށް އުންމީދު ކުރެވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް