ދެވަނަ ބުރުގައި ސިވިލް ސާވަންޓުންގެ ތާއީދު އޮތީ ޑރ.މުޢިއްޒަށް!

ސަރުކާރުގެ އެކި ވުޒާރާތަކުގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުންތަކަކާއި ދެކެވުނު ވާހަކަތަކުން އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަނީ އަދި 30 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލާނީ ޑރ. މުޙައްމަދު މުއިއްޒަށެވެ. ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، ސިވިލް ސާވިސްގެ އެތައް ހާސް މުވައްޒަފުންނެއް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގުމާއި ހަވާލުވެ އޮތް އެމްޑީޕީއަށް ވޯޓު ދީފައިވެއެވެ. އަދި އެއިރު ދިން ވޯޓަކީ […]

އޯ ޝެއިޚް !

ގުރުއާނާއި ސުންނަތުގެ އަލީގައި އިއްވަވާ ޚުތުބާތަކާއި ލޮލުން ކަރުނަ އައިސް ރޮވޭފަދަ ޙާލުގައި ދެއްވާ ދީނީ ތަގްރީރުތަކަށްފަހު އަޅުގަނޑަށް މިހާރު ދެންނެވެން އޮތީ “ އޯ ޝެއިޚް! އެވެ. ތިފަދަ ނިކަމެތި ފެންވަރަށް ތިބާގެ ޢަމަލު މިދިޔައީ ކީއްވެތޯއެވެ! ދުނިޔޭގެ ކޮންފަދަ މަންފާއެއް ނުލިބިގެންތޯއެވެ. ބޭނުންފުޅުވާކަަމަށް ވިދާޅުވަމުން ގެންދެވީ އާޚިރަތެވެ. އެހެނީ ދުނިޔެއަށްވުރެ އާޚިރަން ރަނގަޅުކަމުގައެވެ. އަޅުގަނޑަށް ގަބޫލު ކުރެވުނީ ތިބާމެން ރައްޔަތުންގެ ބަޔަކަށް ދީނީ ވައުޒު ދެއްވާއިރު އަޑު މަޑުވާ ތަންކޮޅުއައިސް ލޮލުން ފެންކަޅިވާ ބައެއްވަގުތު […]

އެމްޑީޕީ ދިދަ ގިނަ ނަމަވެސް ރައްޔިތުން ތިބީ ޑރ.މުޢިއްޒުގެ ފަހަތުގައި!

އެކި އަތޮޅުތަކުގައި ތިބި ގިނަ އާއިލީ ފަރާތްތަކާއި ރައްޓެހި ރަހުމަތްތެރިންނާއި ބައްދަލުކުރަމުން އަންނައިރު އެންމެންވެސް ފާޅުކުރާ އެއް ޚިޔާލެއްވެއެވެ. ކޮންމެ ރަށެއްގެ ވެސް އާންމުން އުޅޭ ތަންތަނުން ގިނަ އަދަދެއްގެ އެމްޑީޕީ ދިދަ ފެންނަން ހުންނަ ވާހަކައެވެ. އަދި ޚާއްސަކޮށް އެމްޑީޕީ ކައުންސިލްތައް އޮންނަ ރަށްރަށުގައި އެލުވާފައި ހުންނަ ދިދައިގެ އަދަދު ގިނަ ވާހަކައެވެ. ފުރަތަމަ ބުރުގެ ކުރިން ސަރުކާރުން ޕީއާރް މަސައްކަތްކަތަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑު ޚަރަދެއްކޮށްފައިވާ އެއް ކަމަކީ އެމްޑީޕީ […]

ސިކުންގެ ވެރިޔަކު ކެނެޑާ ފަސްގަނޑުގައި މަރާލުމުގެ ތުހުމަތު އިންޑިއާގެ މައްޗަށް ކޮށްފި

ސިކުންގެ ވެރިއެއްކަމަށްވާ ހަރްދީޕް ސިންހް ނިއްޖަރް ކެނެޑާ ފަސްގަނޑުމަތީގައި ހުއްޓާ ޤަތުލުކޮށްލައި މަރާލުމުގެ ފަހަތުގައި އިންޑިއާގެ ”އަތެއްވާކަމަށް ގަބޫލުކުރެވޭނެ ހެކި“ ފެނިފައިވާކަމަށް ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ. ނިއްޖަރް މަރާލާފައިވަނީ ޖޫންމަހުގެ 18 ވަނަ ދުވަހު ކެނެޑާގައި ހުންނަ ސިކުންގެ ފައްޅިއެއްގެ ބޭރުގައި އޭނާ ހުއްޓާ އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. މިގޮތުން އޭނާގެ ގަޔަށް ބަޑި ޖަހާފައިވަނީ ކެނެޑާގައި ގާނޫނާއި ޚިލާފަށް ހަރަކާތްތެރި ވަމުން ގެންދާ އިންޑިއާގެ އިންޓެލިޖެންސް ގްރޫޕަކުން ކަމަށް ގަބޫލުކުރެވެއެވެ. މި […]

ނޭނގި ތިއްބައި ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ވޯޓުދޭ ފަރާތްތަކަށް ނޭނގި އެ ފަރާތްތަކުން ދެވަނަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރަމުންދާ ކަމަށް ބުނާ ގިނަ ބައެއްގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.  އެ ފަރާތްތަކުން ބުނެފައިވަނީ، ދެވަނަ ބުރުގައި ވޯޓުލުމަށް އެހެންތަނަކަށް ރަޖިސްޓްރީވެފައި ނުވިނަމަވެސް، ވޯޓުލާތަން ބަދަލުވެފައިވާ ކަމަށެވެ.  އެހެންކަމުން، ހުރިހާ ބޭފުޅުންވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ކޮން ވޯޓުފޮށްޓަކަށްތޯ ބަލައި ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. ވޯޓުލާންޖެހޭ ފޮށި ބެލުމަށް މެސެޖު ކުރަންޖެހޭނީ ”VR<space><IDnumber>“ ޖެއްސެވުމަށްފަހުގައި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު […]

މުސްލިމް އާއިލާއެއް ޤަތުލުކުރި ކެނެޑާ މީހެއްގެ މައްސަލަ ބަލަނީ

ދޮން މީހަކަށްވުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމަށް ދެކި މުސްލިމުންނާއި ދޭތެރޭގައި އުފެދޭ ނަފްރަތުގެ ސަބަބުން މުސްލިމް އާއިލާއެއްގެ ހަތަރު މެންބަރުން މަރާލައި، ޓެރަރިޒަމްގެ އަމަލެއް ހިންގި ކެނެޑާ ފިރިހެނެއްގެ މައްސަލަ ކެނެޑާގެ ކޯޓެއްގައި ބަލަން ފަށައިފިއެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި މައްސަލައިގެ ސަބަބުން ”ވައިޓް ނޭޝަނަލިސްޓް“ ވިސްނުމުގެ ހަރުކަށި ކަނާއަތުގެ ފިކުރުގެ މީހުން ކުރާ މިފަދަ ކުށްތަކުގައި ކެނެޑާއިން ގެންގުޅޭނެ އިންސާފުގެ މިންގަނޑުތައް ހާމަވެގެންދާނެކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ. އުމުރުން 22 އަހަރުގެ ނެތޭނިއަލް […]

ލީބިޔާގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 5000 އަށް އަރައިފި

ލީބިޔާގެ އިރުމަތީ ސަހަރުގައި އޮންނަ ދެރްނާ ސިޓީގައި ހިނގައިދިޔަ ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި މަރުވި މީހުންގެ އަދަދު 5200 އަށް އަރާފައިވާކަމަށް ކަމާއިބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ. އިރުމަތީ ލީބިޔާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤް އަލް ޚަރަޒްއާއި ހަވާލާދީ އަނާދޮލޫގައި ލިޔެފައިވަނީ ދެރްނާ ސިޓީގައި އެކަނިވެސް 5200 މީހުން މަރުވެފައިވާކަމަށެވެ. އެގޮތުން، އާއިލާތަކުން މަރުވާ މީހުންގެ ހަށިގަނޑު ބަލައި މަރު ސާބިތުކުރުމަށްފަހު 1300 މީހުން ވަޅުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ”މި ބިރުވެރި ކާރިސާގައި އާއިލާތައް މުޅިން ފުހެވިގެން […]

އެމްޑީޕީ ބަލިވެއްޖެނަމަ އިންޑިއާ އޮތީ ދިވެހިރާއްޖެ ހިފަން ތައްޔާރަށްބާ؟

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ވަގު ވޯޓު އަޅުއްވައިގެން ގަދަބާރުން އެއަހަރުގެ އިންތިޚާބު ނާއިންސާފުކަމާއެކު ކާމިޔާބުކުރައްވާނެކަމަށް ތުހުމަތުކޮށް، އެގޮތަށް ކަންތައް ވުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެ ހިފަން ޖެހޭކަމަށް ބުނެ އެމްޑީޕީއިން ދެއްކި ވާހަކަތަކަކީ ސިއްރެއް ނޫނެވެ. ދިވެހިރާއްޖެއަކީ މިނިވަން، އަމިއްލަ ސިޔާދަތީ ބާރެއް ލިބިގެންވާ މުސްލިމް ގައުމެއްކަން ހަނދާންނައްތާލައި، އޭރު އިންޑިއާގެ އެތަކެއް ސިޔާސީ ލީޑަރުންނާއި، ނޫސްވެރިން ވެސް ގެންދިޔައީ […]

ޒެލެންސްކީގެ ވެރިކަން ސްޕޮންސަރ ކުރި ބިލިއަނަރު ހައްޔަރުކޮށްފި

މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކާއެކު, ޔޫކްރޭނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ އަދި ޔޫކްރޭނުގެ މިހާރުގެ ރައީސް ވެރިކަމަށް ގެނައުމުގެ ފަހަތުގައި ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަހުޖަނެއްކަމަށްވާ އިގޯރް ކޮލޮމޮއިސްކީ ހައްޔަރުކޮށްފިއެވެ. 500 މިލިއަން ޔޫކްރޭނު ހަރިވްނިޔާ (13.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަޅު ފައިސާ ހުދުކުރުމަށްފަހު ގައުމުން ބޭރުކޮށްފައިވާކަމަށް ބުނެ ޔޫކްރޭނުގެ ސެކިއުރިޓީ ސާރވިސް (އެސްބީޔޫ) އިން ކޮލޮމޮއިސްކީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ކީވް ޝެވްޗެންކޯ އަވަށުގައި ހުންނަ ކޯޓަކަށް އޭނާ […]

މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ތުރުކީގެ ޚާރިޖީ ވަޒީރު ފިޛާން އިރާނަށް

ރަސްމީ ދަތުރުފުޅެއްގައި، ތުރުކީގެ ޚާރިޖީ ވަޒީރު، ހާކަން ފިޛާން، އިރާނަށް ވަޑައިގެންފިއެވެ. ސެޕްޓެމްބަރު މަހު 3 ވަނަ ދުވަހު ފިޛާން އިރާނަށް ވަޑައިގެންނެވީ އިރާނުގެ ޚާރިޖީ ވަޒީރު، ޙުސައިން އާމިރް އަބްދުﷲއައިންގެ ދައުވަތަކަށް ކަމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ދެގައުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިރާނުގެ ވެރިކަން ކުރާ ތެހްރެއިންގައެވެ. މިނިސްޓަރ ފިޛާން އިރާނުގެ ޚާރިޖީ ވަޒީރާއެކު ތަފާތު އެކި މައުޟޫއުތަކާ ގުޅޭ އެކި މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ސަރަހައްދީ […]