އިބޫއަށް ދެވޭ ކޮންމެ ވޯޓަކީ އިންޑިއާއަށް ދެވޭ ވޯޓެއް!

އިންޑިއާގެ އަސްކަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމުގެ މައުޟޫއުގައި ނޭނގި ނަމަވެސް އަތް ނުޖެހުމަށް ދިވެހި ސަރުކާރުން ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެތައް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކޮށް ރިޔާސީ ގޮނޑި ނެގުމަށް އިންޑިއާއިން ޚަރަދުކޮށް އެހީތެރިވެދީފައިވާ ކަމަކީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. އެހެންވީމާ، އިންޑިއާއާއި އެކުގައި ޚާއްސަ ގުޅުމެއް ވެސް އޮންނާނެތާއެވެ. އެކަމަކު، އެމްޑީޕީއަށް ވޯޓުދިން ފަރާތްތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓުދިނީ […]

އަނެއްކާވެސް ހުޅަނގު އެފްރިކާގެ އެހެން ގައުމެއް ފްރާންސަށް ގެއްލިއްޖެ

ފްރާންސަށް މިފަހަރު ގެއްލިފައިވަނީ ސީއެފްއޭ ފްރާންކް ޒޯން ބޭނުންކުރޭ ގައުމެއް ކަމަށްވާ ގަބޮން އެވެ. ސީއެފްއޭ ފްރާންކް ޒޯން އަކީ ފްރާންސްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް 15 ގައުމެއް އިޤްތިޞާދީ އަދި މާލީ ގޮތުން ގުޅިފައިވާ ސަރަހައްދަކަށް ކިޔައި އުޅޭ ނަމެކެވެ. މިގޮތުން މިގައުމުތަކުގެ އިޤްތިޞާދުގެ ބޮޑުބައެއް މިއަދާއި ހަމައަށްވެސް ކޮންޓްރޯލްކުރަނީ ފްރާންސުންނެވެ. މައިގަނޑުގޮތެއްގައި، ފްރާންސުން މި ގައުމުތަކުގެ އިޤްތިޞާދު ކޮންޓްރޯލްކުރަނީ ފްރާންސްގެ ނުފޫޒުން ހިންގާ ”ޕަޕެޓް“ ސަރުކާރުތައް އޮންނަ ގައުމުތައް ބޭނުންކޮށްގެންނެވެ. މިގޮތުން އެ […]

ކޯވިޑް-19ގެ ވަބާއަށްފަހު ސައުދީގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން މިދިޔަ މަހުގައި!

ކޯވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ތެލުގެ އަގު ވެއްޓުމާއެކު ސައުދީ އަރަބިއާއިން އެމެރިކާގެ ބާޒާރުން ހިއްސާގަތުމަށް އިންވެސްޓްކުރުމަށްފަހު ސައުދީ އަރަބިއާގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން ފެނިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އެގައުމުގެ ބޭރު ފައިސާގެ ރިޒާވުން 16 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދަށަށް ގޮސްފައެވެ. ބޭރު މުދަލުގެ އަގު 1.53 ޓްރިލިއަން ނުވަތަ 407 ބިލިއަން އެމެރިކާ ޑޮލަރު ދަށަށް ގޮސްފައިވީނަމަވެސް މެއި މަހާއި […]

ދުނިޔޭގެ އެންމެ ބޮޑު ނޭވީ އޮތީ ޗައިނާގައި!

ދުނިޔޭގެ އެންމެ ގިނަ ކަނޑުގެ އަސްކަރީ އުޅަނދާއެކު އެންމެ ބޮޑު ނޭވީއެއް އޮތީ ޗައިނާގައެވެ. އެގޮތުން ޗައިނާގައި 340 ހަނގުރާމަމަތީ އުޅަނދު އޮތްއިރު، ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއަށް ފަހަކާ ޖެހެންދެން ނިސްބަތްކުރެވިފައިވަނީ ”ގްރީން-ވޯޓާ ނޭވީ“ގެ ނަމުންނެވެ. އަދި ޗައިނާގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވެފައިވަނީ އެގައުމުގެ ބަނދަރުތަކުގައެވެ. ފަހުގެ އަހަރުތަކުގައި ޗައިނާއިން ބޮޑެތި ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރތަކާއި، ކަނޑުއަޑީގައި ހަރަކާތްތެރިވެވޭ އެސޯލްޓް އުޅަނދުތަކާއި، ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެވޭ ވައިގެ އުޅަނދުތައް ލޯންޗުކޮށްފައިވާއިރު، ބެއިޖިންގްއާއި އެތައް ހާސް މޭލު ދުރުންވެސް ބޭނުންކުރެވޭވަރުގެ […]

ރަޝިއާގައި އިސްލާމީ ބޭންކިންގެ ނިޒާމު ތައާރަފުކުރަނީ

ދެ އަހަރުގެ ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން ރަޝިއާގައި އިސްލާމިކް ބޭންކިންގެ ނިޒާމު ތައާރަފު ކުރަން ނިންމައިފިއެވެ. މި ޕްރޮގްރާމް ފެށީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ. 25 މިލިއަން މީހުންގެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ރަޝިއާގައި، އިސްލާމީ ވުޒާރާތައް ހުރި ނަމަވެސް، އެގައުމުގެ ސަރުކާރުން އިސްނަގައިގެން އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށް ހިންގުމަށް މިފަދަ ވުޒާރާއެއް ހުޅުވުމަށް ބާރުއަޅައި، ރަޝިއާގެ ގާނޫނުގެ ތެރެއިން ފުރުސަތު ދީފައިވާ މިއީ ފުރަތަމަ ފަހަރެވެ. ރަޝިއާގައި އިސްލާމީ ބޭންކިންގެ ނިޒާމެއް ހިނގާނެތޯ […]

ސައުދީ ޓީމުގެ ކޯޗަކަށް ރޮބަރޓޯ މަންޗީނީ އައްޔަންކޮށްފި

އިޓަލީ ޓީމުގެ ކުރީގެ މެނޭޖަރުގެ މަގާމު އަދާކޮށްފައިވާ، ރޮބަރޓޯ މަންޗީނީ، ސައުދީ އަރަބިއާގެ ގައުމީ ޓީމުކަމުގެ ކޯޗުކަމާ މިހާރު ހަވާލުވެފައިވާކަމަށް އަންސާ ނިއުސް އޭޖެންސީއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ. އޭނާގެ އައު މަގާމާއި ހަވާލުވުމަށްފަހު ތައާރަފުކުރުމަށް ބާއްވާ ފުރަތަމަ ހަފްލާގައި ބައިވެރިވުމަށް މަންޗީނީ ރިޔާޟަށް ފުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މަންޗީނީ ސޮއިކުރާނީ 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު 25 މިލިއަން ޔޫރޯ ނުވަތަ 27 […]

ލީބިޔާގެ ބޮޑުވަޒީރު އެ ގައުމުގެ ޚާރިޖީ ވަޒީރު ސަސްޕެންޑުކޮށް އޭނާގެ މައްޗަށް ތަހުގީގު ހުޅުވާލައިފި

ލީީބިޔާގެ ސަރުކާރާ ހަވާލުވެ ވަޑައިގެން ހުންނެވި، އަބްދުލް ޙާމިދް ދީބޭބާ އެގައުމުގެ ޚާރިޖީ ވަޒީރު ނަޖްލާ އަލްމަންގޫޝް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްޗަށް ތަހުގީގު ހުޅުވާލާފައިވާކަމަށް ހޯމަދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ހާމަކުރައްވައިފިއެވެ. ލީބިޔާގެ ޚާރިޖީ ވަޒީރާ އަލަށް ބައްދަލުކޮށްފައިވާކަމަށާއި، އެ ބައްދަލުވުމަކީ ”ތާރީޚީ“ ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އީލައި ކޯހެން އެކަން ހާމަކުރީ އާދީއްދަ ދުވަހުގައެވެ. އިސްރާއީލުގެ ވަޒީރު ބުނެފައިވާގޮތުގައި، ލީބިޔާގެ ޚާރިޖީ ވަޒީރާ އެކުގައި ބޭއްވުނު ބައްދަލުވުމަކީ ”އިސްރާއީލާއި […]

އިބްރާނީ ބަހުން ލިޔެފައިވާ އިންޒާރަކާއެކު، އިސްރާއީލަށް ދަތުރުކުރެވޭ ހަތިޔާރު އެޅި ޑްރޯނެއް އިރާނުން ތައާރަފުކޮށްފި

އިބްރާނީ ބަހުން ހިޔާވެހިކަން ހޯދުމަށް އިންޒާރުދީ ލިޔެފައިވާ މެސެޖަކާއެކު އިސްރާއީލަށް ދަތުރުކުރެވޭ ހަތިޔާރު އެޅި ޑްރޯނެއް އީރާނުން ތައްޔާރުކޮށް ތައާރަފުކޮށްފިއެވެ. އީރާނުން ތައްޔާރުކުރި މިޑްރޯންއަކީ 24،000 ފޫޓު މަތިން، ގަޑިއަކު 210 ކިލޯމީޓަރުގެ ބާރުމިނުގައި ނުވަތަ ގަޑިއަކު 130 މޭލުގެ ބާރު މިނުގައި ދަތުރުކުރެވޭ، 300 ކިލޯ ނުވަތަ 660 ޕައުންޑުގެ ބާރުގަދަ ގޮވާތަކެތިވެސް އުފުލޭނެ އުޅަނދެކެވެ. އޭގެ އިތުރުން، މި ޑްރޯނުގައި ސާވެއިލެންސްކުރުމަށް ބޭނުންކުރާ ސާމާނުވެސް ހުންނާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ. ”މުޙާޖިރް-10“ ނަމަކަށް ކިޔާ މި ޑްރޯންގެ […]

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ހިމާޗަލް ޕްރަދޭޝްގެ އިމާރާތްތަކެއް ސުންނާފަތިވެއްޖެ

އިންޑިއާގެ އުތުރގެ ފަރުބަދަތަކަކުން ބިންގަނޑު ކަނޑައިގެންގޮސް އެސަރަހައްދުގެ އެތައް އިމާރާތެއް ސުންނާފަތިވެއްޖެއެވެ. ހިމާލަޔާސްގައި ހިނގަމުންދާ މި ކާރިސާތަކުގައި އެތައް ބަޔަކުވަނީ މަރުވެސް ވެފައެވެ. ހިމާޗަލް ޕްރަދޭޝްގެ ކުއްލޫ ސަރަހައްދުގައި ބުރާސްފަތި ދުވަހު ހިނގައިދިޔަ ބިންގަނޑު ކެނޑުމުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ރައްކާތެރި ސަރަހައްދުތަކަށް މާކުރީން ބަދަލުކުރެވިފައިވާކަމަށް އެތަނުގައި ހަރަކާތްތެރިވާ އޮފިޝަލުންވަނީ ރިޕޯޓުކޮށްފައެވެ. ”އެ ހިސާބަކީ ނުރައްކާ އޮތް ސަރަހައްދެއްކަން ދެނެގަނެ، ހާދިސާ ހިނގުމުގެ ދެދުވަސްކުރިން ސަރުކާރުން އެ އިމާރާތުގައި […]

ސައުދީ ބޯޑަރު ބަލަހައްޓާ ސިފައިންވަނީ އެތައް ސަތޭކަ އިތިއޯޕިއާ ހިޖުރަވެރިން މަރާލާފައި: ހިއުމަން ރައިޓްސް ވޮޗް

ޔަމަނު މަގުން ގަލްފުގެ ސައުދީ އަރަބިއާއަށް އެތެރެވުމަށްޓަކައި މިދިޔަ އަހަރު އެގައުމުގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރި އިތިއޯޕިއާއަށް ނިސްބަތްވާ އެތައް ސަތޭކަ ހިޖުރަވެރީންގެ ގަޔަށް، ސައުދީ ސިފައިން ”ވާރޭ ފަދައިން“ ވަޒަން އަރުވައި މަރާލާފައިވާކަމަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ، ހިއުމަން ރައިޓްސް ވޮޗްއިން ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ހާމަކޮށްފިއެވެ. ސައުދީ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު މި ވާހަކައަކީ ”އެއްވެސް ހަޤީޤަތެއް ނެތް“ ވާހަކައެއްކަމަށް ވިދާޅުވެފައިވާއިރު މިފަދަ ޚަބަރަކީ ހޯން […]