ލީބިޔާގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 5000 އަށް އަރައިފި

Loading

Facebook
Twitter
WhatsApp

ލީބިޔާގެ އިރުމަތީ ސަހަރުގައި އޮންނަ ދެރްނާ ސިޓީގައި ހިނގައިދިޔަ ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި މަރުވި މީހުންގެ އަދަދު 5200 އަށް އަރާފައިވާކަމަށް ކަމާއިބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ.

އިރުމަތީ ލީބިޔާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤް އަލް ޚަރަޒްއާއި ހަވާލާދީ އަނާދޮލޫގައި ލިޔެފައިވަނީ ދެރްނާ ސިޓީގައި އެކަނިވެސް 5200 މީހުން މަރުވެފައިވާކަމަށެވެ. އެގޮތުން، އާއިލާތަކުން މަރުވާ މީހުންގެ ހަށިގަނޑު ބަލައި މަރު ސާބިތުކުރުމަށްފަހު 1300 މީހުން ވަޅުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

”މި ބިރުވެރި ކާރިސާގައި އާއިލާތައް މުޅިން ފުހެވިގެން ގޮސްފައިވޭ. އަދި މަރު ސާބިތު ނުކުރެވި އެތައް ބަޔަކު ވަޅުނުލެވި އެބަތިބި.“ ޚަރަޒް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް