ޒެލެންސްކީގެ ވެރިކަން ސްޕޮންސަރ ކުރި ބިލިއަނަރު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކާއެކު, ޔޫކްރޭނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ އަދި ޔޫކްރޭނުގެ މިހާރުގެ ރައީސް ވެރިކަމަށް ގެނައުމުގެ ފަހަތުގައި ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަހުޖަނެއްކަމަށްވާ އިގޯރް ކޮލޮމޮއިސްކީ ހައްޔަރުކޮށްފިއެވެ.

500 މިލިއަން ޔޫކްރޭނު ހަރިވްނިޔާ (13.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަޅު ފައިސާ ހުދުކުރުމަށްފަހު ގައުމުން ބޭރުކޮށްފައިވާކަމަށް ބުނެ ޔޫކްރޭނުގެ ސެކިއުރިޓީ ސާރވިސް (އެސްބީޔޫ) އިން ކޮލޮމޮއިސްކީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ކީވް ޝެވްޗެންކޯ އަވަށުގައި ހުންނަ ކޯޓަކަށް އޭނާ ހާޒިރުކޮށްފައިވަނީ ހޮނިހިރު ދުވަހުގައެވެ. ކޮލޮމޮއިސްކީ އެ ފައިސާ ލޯންޑާ ކޮށްފައިވާކަމަށް އެވުޒާރާއިން ބުނަނީ ”އޭނާގެ ނުފޫޒާއި ބާރުގެ ދަށުން ހިންގާ ބޭންކުތަކާއި ފައިސާގެ މުއާމަލާތުތައް ކުރާ ވުޒާރާތަކުގެ އެހީގައި“ ކަމަށެވެ.

ކޯޓުން ކޮލޮމޮއިސްކީގެ ބެއިލް އަކަށް ހަމަޖއްސާފައިވަނީ 509 މިލިއަން ހަރިވްނިޔާއެވެ. މިއީ އޭނާ ލޯންޑާކުރިކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދާ ނިސްބަތުން އެއްހަމަ އަދަދެއްކަމަށް ކޯޓުން ގަބޫލުކުރެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް