ސަޢޫދީ އެރޭބިޔާގެ ބައެއް ގާނޫނުތަކާމެދު ވަލީއަހްދު ލަދުވެތިވެ ވަޑައިގަނޭ!

Loading

Facebook
Twitter
WhatsApp


ސަޢޫދީ އެރޭބިޔާގައި މުސްކުޅިކުރައްވާފައިވާ ޓީޗަރަކު ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެ އެބޭފުޅާ ގެ ޓްވިޓަރ އެކައުން ބައްލަވާ ދިހަ ވަރަކަށް މީހުންނަށް އަމާޒުކޮށް މީގެ ދުވަސަކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގެ މައްސަލައިގާ ޝަރީއަތް ހިންގައި މަރަށް ޙުކުމްކުރުމާގުޅިގެން ބައިނަލް އަގްވާމީ މީޑިއާއިން ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް ސުވާލު ދެންނެވިއްޖެއެވެ.

ޖަވާބުގައި ވިދާޅުވީ ސަޢޫދީ އެރޭބިޔާގެ ބައެއް ހަރުކަށި ގާނޫނާ ދެތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ. 

ފޮކްސް ނިއުސް އިން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަލީއަޙްދު ވިދާޅުވެފައިވަނީ އެފަދަ ނިންމުންތަކަކީ އަހަރެން ގަބޫލުކުރާގޮތް ނޫންކަމަށާއި އެކަމާއި ދޭތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ.

އެހެންނަމަވެސް މިހާރުގެ ގާނޫނުތައް ހުރިގޮތުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް ނުވަތަ ކުރައްވާ ޙުކުމަކަށް އަތްބޭނުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ.  އެސުވާލުގައި އެކަންތައް ބަދަލު ނުކުރައްވަނީ ކީއްވެގެންތޯ އިތުރަށް ފިއްތުން ކުރިމަތި ކުރުމުން ވަލީއަޙްދު ވިދާޅުވީ ސަޢޫދީ އެރޭބިޔާގައި ބަދަލުކުރަންޖެހޭ ގާތްގަނޑަކަށް އެއްހާސް ގާނޫނު އެބަ އޮތްކަމަށާއި  ގައުމުގައި ތިއްބެވި 150 ގާނޫނީ ބޭފުޅުންނާއެކު މެދުކެނޑުމެއްނެތި އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މިހެންވިދާޅުވި ނަމަވެސް އެއްވެސް ރޯޔަލް ބޭފުޅަކަށް އެއްވެސް ޙުކުމެއްކޮށް އެޙުކުމް ތަންފީޒް ކޮށްފައެއް ނުވެއެވެ. އެމްބީއެސް ވިދާޅުވީ ކުރިން ބުނެވިދިޔަ ހަރުކަށި ގާނޫނުތަކުގެ ތެރެއިން ފުރަތަމަ އިސްލާޙު ކުރަންޖެހޭ ގާނޫނުތައް ފާހަގަކޮށް އެކަންތައްވެސް މިގެންދަނީ ކުރަމުންނެވެ.

ވަލީއަޙްދު ދެނެވަޑައިގަންނަވާ ބޭފުޅުންވެސް ގަބޫލުކުރައްވާގޮތުގައި ވަލީއަޙްދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ 2030 ގެ ތަސައްވުރާއެކު ގާނޫނުތައްވެސް އިސްލާޙް ކޮށް ނިންމެވުމަށެވެ.ސަޢޫދީ އެރޭބިޔާގެ ގާނޫނުތައް އިސްލާމީ ގިއުގަނޑުގެ ތެރޭން ޒަމާނަށް ފެތޭގޮތަށް އިސްލާޙު ކުރުމަށްޓަކައި ވަލީއަޙްދު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ސަޢޫދީ އެރޭބިޔާގައި ކުރިން ހުންނެވި އިނގިރޭސި ސަފީރު ސަރ ޖޯން ޖެންކިންސް ތައުރީފް ކުރައްވާފައިވެއެވެ.  

އަދި ސަރ ޖޯން ޖެންކިންސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މަރަން ޙުކުމް ކުރައްވާފައިވާ ކުރީގެ ޓީޗަރ އަލް ޣަމްދީގެ މައްސަލައިގެ ޙުކުމުގެ ތެރެއަށް ބައްޕާފުޅު ވެދެވަޑައިގެން އޭނާއަށް މައާފް ދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާކަމަށާއި އެހެންނަމަވެސް އެއީ މިވަގުތު ތިމަން މަނިކުފާނުގެ އިޚްތިޔާރުން ބޭރުގައިވާ ކަމެއް ކަމަށްވެސް ވަލީއަޙްދު ވިދާޅުވި ކަމަށެވެ.                

ސައޫދީ ސަރުކާރަށް ފާޑުކިއުމަކީ އެންމެ ކުޑަވެގެން ދިގު މުއްދަތުގެ ޖަލު ޙުކުމެއް ލިބިގެންދާނެ ކުށެކެވެ.      

ސަޢޫދީ އެރޭބިޔާގެ ޝާހީ އާއިލާއިން ފާޅުކުރެއްވި މި ވިސްނުންވެގެންގޮސްފައި މިވަނީ މީގެ ފަސް އަހަރުކުރިން ވަލީއަޙްދަށް ވަރަށްބޮޑަށް ފާޑު ކިއުން އަމާޒުވެފައިވާ ޖަމާލަ ޚަޝޯގީ މަރާގުޅިގެން ހުޅަނގުގެ ލީޑަރުންގެ މެދުގައި އުފެދުނު ދެކަފި ވިސްނުންތައް މަޑުމަޑުން ނެތިދަމުންގޮސް އެގައުމުތަކުގެ ސަފުން ވަލީއަޙްދު މުޙައްމަދާ ދޭތެރޭ ރުޙުމުގެ ލޮލަކުން ބަލަމުންގެން ދާކަމަށް ބެލެވޭ ދުވަސްވަރެއްގައެވެ.                                 

ވަލީއަޙްދު މުޙައްމަދަށް ތާއީދުކުރައްވާ ސަޢޫދީ އެރޭބިޔާގެ އެނަލިސްޓް އަލްޝިހާބީ ވިދާޅުވަނީ ސަޢޫދީގެ ޒަމާންވީ ގާނޫނުތައް ބަދަލުކުރުމަކީ އެކަމަށް ދުވަސްނަގާނެ އަދި އުދަނގޫ މަސައްކަތެއް ކަމަށާއި އެހެންނަމަވެސް ވަލީއަޙްދު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިހާރުން މިހާރަށްވެސް ބައެއް ބާވަތްތަކުގެ ޝަރުއީ ޙުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ހުޅުވާލެވިދާނެ ގޮތް ގާއިމްކުރުމަށާއި އަދި އިސްތިއުނާފީ މަރުހަލާގެ ފަނޑިޔާރުންނަކީ ޒަމާނުގެ ޙާލަތަށްވެސް ލޯ ހުޅުވިފައި ތިއްބެވި ގާބިލު ބޭފުޅުން ކަމުގައި ކަށަވަރު ކުރެއްވުމަށެވެ.

އެމެރިކާއިން ބުނެފާވާގޮތުގައި މީގެ ކުރިން ޝާހީ އާއިލާއަށް ފާޑުކިޔައިމީޑިޔާގައި ނުރުހުމުގެ ބަސްތައް ލިޔާކަމަށް ބުނެ ޖާރނަލިސްޓްކަޝޯގީ ތުރުކީއެންބެސީ އަށް ޒިޔާރަތްކުރުމުން އަތުލައިގަނެ މަރާލައި ކޮށާލުމަށްފަހު އެސިޑުން އޭނާގެ ހަށިގަނޑަށް އަޅައި ގެއްލުވާލައިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް