ދެވަނަ ބުރުގައި ސިވިލް ސާވަންޓުންގެ ތާއީދު އޮތީ ޑރ.މުޢިއްޒަށް!

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ އެކި ވުޒާރާތަކުގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުންތަކަކާއި ދެކެވުނު ވާހަކަތަކުން އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަނީ އަދި 30 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލާނީ ޑރ. މުޙައްމަދު މުއިއްޒަށެވެ.

ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، ސިވިލް ސާވިސްގެ އެތައް ހާސް މުވައްޒަފުންނެއް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގުމާއި ހަވާލުވެ އޮތް އެމްޑީޕީއަށް ވޯޓު ދީފައިވެއެވެ. އަދި އެއިރު ދިން ވޯޓަކީ ސަރުކާރު ދެމި އޮންނާނެކަމަށް ގަބޫލުކުރެވޭތީ ވަޒީފާ ގެއްލުމުގެ ބިރަށްޓަކައި ދިން ވޯޓެއްކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ފުރަތަމަ ބުރުގެ ނަތީޖާއަށް ބެލުމަށްފަހު ދެވަނަ ބުރުގައި ސަރުކާރަށް ވޯޓު ދިނުމުގެ ބޭނުމެއް އޮތްކަމަށް އެފަރާތްތަކަށް ނުފެންނާތީ ގައުމީ މަންފާއާއި މަސްލަހަތަށްޓަކައި ދެވަނަ ބުރުގައި މުޢިއްޒަށް ވޯޓުދޭން ނިންމާފައިވާކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

Loading

6 Responses

  1. މުއިއްޒު އަށް ތާއީދު ނުކުރެވޭ އެންމެބޮޑު އެއްސަބަބަކީ،ޔާމީނުގެ ސަރުކާރުގައި،ރައްޔަތުންނަށް، ފެނިގެންދިޔައީ ބިރުވެރި،ނާމާން،އަނިޔާވެރި ސަރުކާރަކަށް ވެފައި ވާތީ، ،،މިފަހަރު،މުއިއްޒުގެ، ކުރިޔަށް،ވައްކަންކުރި،ކަމަށް ސާބިތުވެ ހުކުމްކޮއްފައިވާ، ޔާމީނުގެ ފޮޓޯ އެއް. ޖަހައިގެން ނިކުންނެ ވުމުން، ދެވަނަފަހަރަކަށް ،އެ ބިރުވެރި،ނާމާން،އަނިޔާވެރި ވެރިކަމެއް،ގެނައުމަށް ބޭނުން ނުވުމާއި، ސެންބެއަކީ ސީދާ ރާއްޖޭގައި،ތިބި ހުރިހާބޮޑެތި،ގޭންގު ތަކުގެ ލީޑަރަކަށް ވުމާއި،ސަލަފުޖަމިއްޔާ އަކީ ހަރުކަށި ފިކުރަށް މަސައްކަތް ކުރާ ބަޔަކަށް ވީހިދު، އިސްލާ މިކު މިނިޝްޓަރީއާއި،އެޑުޔުކޭޝަން މިނިޝްޓަރީ،ސަލަފު ޖަމުއިއްޔާ ގެ ބާރުގެ ދަށަށް ދިނުމަށް މުއިއްޒު،އެއްބަސް ވެފައި ވާކަން އެގޭތީ، ކަޑައެޅިގެން،ރާއްޖެ ޢަރަގު ވުމަންނެއެދޭތީ މުއިއްޒުއަށް ތާއީދު ނުކުރަން ގިނަބަޔަކު ނިންމާފި!!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް