ނޭނގި ތިއްބައި ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ

Loading

Facebook
Twitter
WhatsApp

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ވޯޓުދޭ ފަރާތްތަކަށް ނޭނގި އެ ފަރާތްތަކުން ދެވަނަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރަމުންދާ ކަމަށް ބުނާ ގިނަ ބައެއްގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ. 

އެ ފަރާތްތަކުން ބުނެފައިވަނީ، ދެވަނަ ބުރުގައި ވޯޓުލުމަށް އެހެންތަނަކަށް ރަޖިސްޓްރީވެފައި ނުވިނަމަވެސް، ވޯޓުލާތަން ބަދަލުވެފައިވާ ކަމަށެވެ. 

އެހެންކަމުން، ހުރިހާ ބޭފުޅުންވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ކޮން ވޯޓުފޮށްޓަކަށްތޯ ބަލައި ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. ވޯޓުލާންޖެހޭ ފޮށި ބެލުމަށް މެސެޖު ކުރަންޖެހޭނީ ”VR<space><IDnumber>“ ޖެއްސެވުމަށްފަހުގައި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 1414 އަށެވެ. 

އަދި ގާތްތިމާގެ ފަރާތްތަކާއި ރަހުމަތްތެރިން ވެސް ވޯޓުލާން ހަމަޖެހިފައިވާ ތަން ކަށަވަރުކުރުމަށް ނަސޭހަތްތެރިވާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް