އެކުވެރި ދައުލަތުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް އަލްޖީރިއާއިން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

އެކުވެރި ދައުލަތްތަކުގެ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ފުރިހަމައަށް ބައިވެރިކުރުމަށް ފެނޭތޯ ބެލުމަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދް ތައްބޫން އެކުވެރި ދައުލަތްތަކަށް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އެކުވެރި ދައުލަތްތަކުގެ 78 ވަނަ އާންމު ޖަލްސާގައި އަންގާރަ ދުވަހު ދެއްވި ޚިޠާބުގައި ތައްބޫން ވަނީ ދާޚިލީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން، އޭނާވަނީ ފަލަސްތީނުގެ މައްސަލައަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަރަބި ގައުމުތަކުގެ ސުލްޙަވެރިކަމަށް އަލްޖީރިއާއިން ދޭ އެއްބާރުލުމުގެ މައުޟޫއަށް ވާހަކަދައްކަވަމުން ތައްބޫން ވިދާޅުވީ 1967 ބޯޑަރުގެ ތެރެއިން ފަލަސްތީނަކީ ވަކިވެފައި އޮންނަ މިނިވަން ސްޓޭޓަކަށް ހަދައި އެ ދަރަޖަ ދިނުމަށް އަބަދުވެސް ގޮވައިލައްވަމުން އަންނަކަމަށެވެ. އަދި އެ ސަރަހައްދުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލިފައިވަނީ އިސްރާއީލުން ނުހައްގުން ފަލަސްތީނުގެ މައްޗަށް އަތްގަދަކޮށް ވެރިވެގަތުމުގެ ސަބަބުންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް