އެމްޑީޕީ ދިދަ ގިނަ ނަމަވެސް ރައްޔިތުން ތިބީ ޑރ.މުޢިއްޒުގެ ފަހަތުގައި!

Loading

Facebook
Twitter
WhatsApp

އެކި އަތޮޅުތަކުގައި ތިބި ގިނަ އާއިލީ ފަރާތްތަކާއި ރައްޓެހި ރަހުމަތްތެރިންނާއި ބައްދަލުކުރަމުން އަންނައިރު އެންމެންވެސް ފާޅުކުރާ އެއް ޚިޔާލެއްވެއެވެ. ކޮންމެ ރަށެއްގެ ވެސް އާންމުން އުޅޭ ތަންތަނުން ގިނަ އަދަދެއްގެ އެމްޑީޕީ ދިދަ ފެންނަން ހުންނަ ވާހަކައެވެ. އަދި ޚާއްސަކޮށް އެމްޑީޕީ ކައުންސިލްތައް އޮންނަ ރަށްރަށުގައި އެލުވާފައި ހުންނަ ދިދައިގެ އަދަދު ގިނަ ވާހަކައެވެ.

ފުރަތަމަ ބުރުގެ ކުރިން ސަރުކާރުން ޕީއާރް މަސައްކަތްކަތަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑު ޚަރަދެއްކޮށްފައިވާ އެއް ކަމަކީ އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ދިދަތައް އެކި ރަށްރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލުވުމުގެ މަސައްކަތެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޑރ.މުޢިއްޒު ހޮވުމުގެ މަސައްކަތައިގެން އަވަސްވެގަތް އިރުވެސް ރީނދޫ ދިދަތައް ރަށްރަށުގެ ހުރިހާ ހިސާބަކުން ފެންނަން ހުއްޓެވެ. އެހެންނަމަވެސް، ރަށްރަށުގެ ވަކިވަކި ފަރުދުން ނުކުމެ ޑރ. މުޢިއްޒަށް ތާއީދުކޮށް ރެއާއި ދުވާލު މަސައްކަތްކުރަމުން ދިޔައިރު، އެ ފަރާތްތަކަށް އެދިދަތައް ސިފަކުރެވެނީ ގައުމުގެ މަތީގައި ލެވިފައިވާ ކަޅު ވިލާގަނޑެއްގެ ގޮތުގައެވެ. އަދި އެކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގެއްކަމަށް ފެންނަން އޮތީ ދުޢާކުރުމާއި، އާއިލާއާއި ރައްޓެހިންނާއެކު މަޝްވަރާތައްކޮށް އެމީހުންނަށް ވިސްނައިދިނުމެވެ.

ފުރަތަމަ ބުރުގެ ނަތީޖާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެނިގެން ހިނގައްޖެއެވެ. އަދި އެމްޑީޕީ/އަދާލަތް ސަރުކާރު ކޯލިޝަނުން ތިބީ ރައްޔިތުން އެފަރާތަށް ނޫނެކޭ ބުނުމުން ހައިރާންވެ އަންތަރީސްވެފައެވެ. އެމީހުންނަށް ހަގީގަތުގައި ގަބޫލުކުރެވިފައި އޮތީ ފައިސާގެ ދަހިވެތިކަމުގައި ޖެހި ރައްޔިތުން އެމީހުންގެ ގައުމީ ލޯބި ހަނދާން ނައްތާލާނެކަމަށެވެ.

ފުރަތަމަ ބުރުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ބަލިން އެނގިގެންދަނީ ރައްޔިތުންނަށް ސަރުކާރުން ލިއްބައިދޭ މާލީ މަންފާއަކީ ހަމަ ދިވެހި ރައްޔިތުންގެ ޓެކްސްއިން ނަގާ ފައިސާއިން ނުކުންނަ މަންފާކަން ދިވެހީންނަށް އެނގޭކަމެވެ. އެހެންކަމުން، އަދި ދިވެހީން އެ ފައިސާ ގަބޫލުކުރިނަމަވެސް، ގިނަ ޕާޓީތަކަކާއި ފިކުރުތަކެއް އެއް ފިކުރެއްގެ ދަށަށް ގެނެސް އެކުވެރިކޮށްފައިވާ ޑރ. މުޢިއްޒަށް ދެވަނަ ބުރުގައި ބަދަލަކަށްޓަކައި ވޯޓުދޭން ނިންމަނީއެވެ.

އެހެންކަމުން، ރީނދޫ ދިދައިގެ ކަނޑެއްގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ދިދައިގެ މަދު މިންވަރެއް ފެންނަ ކޮންމެ ފަހަރަކު، މިމަންޒަރުން ކިޔައިދެނީ އުންމީދު ގެއްލުވާނުލައި ތިބި ބައެއްގެ ބުރަ މިންނެތް މަސައްކަތުގެ ވާހަތަކަން ހިތަށްގެންނާށެވެ.

ތެދެކެވެ. ދިވެހި ގައުމަށްޓަކައި އޮންނަ ލޯބި އަބަދުވެސް އިސްވާނެއެވެ.

Loading

One Response

  1. މިރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަނީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް